Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާހާނާއަކުން މަގަށް ފެން ފޭބުން

ފާހާނާގައި ފެންބޮޑުވާތީ ފާރުން ލޯވަޅެއް އަޅައި މަގަށް ފެން ދޫކުރި މީހަކު ޖޫރިމަނާކޮށްފި

މިކަން ކުރިފަރާތަށް ވަނީ އެކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2024 | ހޮނިހިރު 17:27
ގަލޮޅު ދޮންފެހި ގޭގެ ދެވަނަ ފަންގި ފިލާގެ ފާހާނާއިން ފެން ފައިބަނީ

ގަލޮޅު ދޮންފެހި ގޭގެ ދެވަނަ ފަންގި ފިލާގެ ފާހާނާއިން ފެން ފައިބަނީ

ގަލޮޅު ދޮންފެހި ގޭގެ ދެވަނަ ފަންގި ފިލާގެ ފާހާނާއެއްގައި ފެންބޮޑުވާތީ ފާރުން ލޯވަޅެއް އަޅައި މަގަށް ފެން ދޫކުރި މީހަކު ޖޫރިމަނާކޮށްފިއެވެ.

ސިޓީ ކައުންސިލުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ ގ. ދޮންފެހި ގޭގެ ދެވަނަ ފަންގި ފިލާގެ ކަންމައްޗަށް އިން އެޕާޓްމަންޓުގެ ފާރުގައި ތޮރުފާފައި އިން ލޯވަޅަކުން ފެންނަ ފައިބާތަނެވެ. އަދި އެ ސަރަހައްދުން ދާ މީހުންގެ ގަޔަށް އެ ފެންތައް ފައިބައެވެ. އަދި ފެން ބައިބާތާ ދުވަސްވުމުގެ ސަބަބުން އެ ލޯވަޅާ ދިމާލުން ފާރުގައި ހުރީ ފެހިވެސް ޖަހާފައެވެ.

ސިޓީ ކައުންސިލުން ބުނީ މަގުމައްޗަށް ފެންފައިބާތީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައި ކަމަށެވެ. އަދި އެހެން ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މި ކަހަލަ ކަންތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ މިކަން ކުރިފަރާތަށް ވަނީ އެކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައި ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އެންގިފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް