Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއަންތާސް އެއަރލައިން

ކުޑަކުއްޖަކު ލިޔުނު ސިޓީއަކަށް ކުއަންޓާސް އެއަރލައިންގެ ސީއީއޯ ޖަވާބު ފޮނުވުމުން ގިނަ ބައެއްގެ ސަމާލުކަން

13 މާރިޗު 2019 | ބުދަ 03:02

އެ ކުއްޖާ އުފަައްދާ އެއަރލައިނަށް ކިޔަނީ "ޢޯޝޭނިއާ އެކްސްޕްރެސް"

އަމަން ހަލީމް
އަމަން ހަލީމް | 13 މާރިޗު 2019 | ބުދަ 03:02
ކުއަންތާސް އެއަރލައިންގެ ފްލައިޓެއް

ކުއަންތާސް އެއަރލައިންގެ ފްލައިޓެއް

ދިހަ އަހަރުގެ ކުޑަކުއްޖަކު އަމިއްލަ އެއަރލައިނެއް ފަށަން އެހީތެރިވެދިނުމަށް އެދި އޮސްޓްރޭލިއާގެ އެއްމެ ދުވަސްވީ އެއަރލައިން، ކުއަންތާސް އެއަރލައިންގެ ސީއީއޯ އެލެން ޖޮއިސް ފޮނުވި ސިޓީއަށް އޭނާ ޖަވާބުދާރީ ވުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އެލެކްސް ޖަކޯ ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ ފިރިހެން ކުއްޖާ ފޮނުވި ސިޓީގައި އޭނާ ލިޔެފައިވަނީ، އޭނާއަކީ މިހާރު ވެސް "އޯޝޭނިއާ އެކްސްޕްރެސް" ނަމަކަށް ކިޔާ އަލަށް އުފައްދާ އެއަރލައިންގެ ސީއީއޯކަމަށެވެ. އޭނަގެ ވާހަކަ ސީރިއަސްކޮށް ނެގުމަށް އެ ކުއްޖާ ވަނީ ޖޮއިސް ކައިރީ އެދިފައެވެ. ބޭނުން ކުރާނެ ފްލައިޓުގެ ވައްތަރުތަކާއި ނަންބަރުތަކާ އަދި ކޭޓަރިންގެ އިންތިޒާމު ހަމަޖައްސާނެ ގޮތްތައް ބަލަމުންދާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޖަކޯ ބުނީ މިހާރުވެސް އޭނާގެ ކުންފުންޏަށް ސީއެފްއޯއަކާއި އައި.ޓީގެ އިސް މީހަކާއި މެއިންޓެނަންސްގެ އިސް މީހަކު ވެސް ހޯދާފައިވާ ކަމަށެވެ. އޭނާ ޖޮއިސް ކައިރީ އަހަން ބޭނުންވީ މެލްބަރންއިން ލަންޑަނަށް ކުރާ 25 ގަޑި އިރުގެ ދަތުރުގައި މީހުންނަށް ހަމަޖެހިލައިގެން ނިދޭނެ ކަހަލަ އިންތިޒާމަކާއި ބެހޭގޮތުން ކަމަށް ޖަކޯ ލިޔެފައިވެއެވެ. އަދި މި ދަތުރަށް ކުއަންތާސް އެއަރލައިން ފަދައިން އޭނާ ވެސް ބޭނުންކުރަން ނިންމާފައި ވަނީ އެއަރބަސްގެ A350 މަރުކާގެ މަތިންދާ ބޯޓު ކަމަށް ވެސް ޖަކޯ ބުނެފައިވެއެވެ.

މި ސިޓީގެ ޖަވާބުގައި ކުއަންތާސްގެ ސީއީއޯ ޖޮއިސް ބުނީ ވާދަވެރި ކުންފުނިތަކަށް އާއްމު ގޮތެއްގައި އެހީތެރިވެ ނުދިނަސް، މި ފަހަރު އެއަރލައިންގެ ލީޑަރު ނަސޭހަތް ދޭން އެދުމުން އެކަން ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި ޖޮއިސްއަކީ އެއް އިރެއްގައި ހަމަ ތިހެން ހުވަފެން ބެލި ކުޑަކުއްޖެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެއަރލައިނެއް އޮޕަރޭޓް ކުރާ އިރު އެއްމެ މުހިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ކުއަންތާސްއިން ވެސް މިހާރު އެ 25 ގަޑި އިރުގެ ފްލައިޓްގައި ދަތުރުކުރާ މީހުން އަރާމުކޮށްލާނެ ގޮތެއް ހޯދަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޮއިސް ވަނީ އޭނާއާއި އެކު ކުއަންތާސް އެއަރލައިންސްގެ އޮޕަރޭޝަންސް ސެންޓަރަށް އައިސް ހިޔާލު ބަދަލުކުރަމަށް ޖަކޯއަށް ދައުވަތު ދީފައެވެ. ޖަކޯއާ ޖޮއިސްއަށް މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ. ހާއްސަކޮށް ކުޑަކުޑަ ޖަކޯގެ ތަސައްވުރަށް ގިނަ ބަޔަކު ވަނީ ތައުރީފް އޮއްސާލާފައެވެ.

ކުއަންތާސް އެއަރލައިނަކީ އޮސްޓްރޭލިޔާގެ އެއްމެ ދުވަސްވީ އެއަރލައިނެވެ. އަންނަ އަހަރު ސަތޭކަ އަހަރު ފުރޭ އެއަރލައިނަކީ ދުނިޔޭގެ ތިންވަނައަށް އެއްމެ ދުވަސްވީ އެއަރލައިނެވެ. އަދި އެއީ އޮސްޓްރޭލިއާގެ އެއަރލައިންތަކުގެ ތެރެއިން އެއްމެ ގިނަ ފްލައިޓް އޮފަރޭޓް ކުރާ އެއަރލައިނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2017

ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް އިތުރަށް ބޭނުން ވަނީ 180 މީހުން: މެންބަރު ނަޝީދު

13 ނޮވެމްބަރު 2017
ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް އިތުރަށް ބޭނުން ވަނީ 180 މީހުން: މެންބަރު ނަޝީދު
18 އޮކްޓޯބަރު 2017

ވިލާ ކޮލެޖަށް 10 އަހަރު: ހުވަފެނަކީ ވިލާ ކޮލެޖަކީ ފޯޖީ ޔުނިވަސިޓީއަކަށް ވުން

18 އޮކްޓޯބަރު 2017
ވިލާ ކޮލެޖަށް 10 އަހަރު: ހުވަފެނަކީ ވިލާ ކޮލެޖަކީ ފޯޖީ ޔުނިވަސިޓީއަކަށް ވުން
05 އޮކްޓޯބަރު 2017

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި
08 އޯގަސްޓު 2017

ދަންޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެ

08 އޯގަސްޓު 2017
ދަންޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެ
05 އޯގަސްޓު 2017

އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!

05 އޯގަސްޓު 2017
އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!
16 ޖުލައި 2017

ރައީސް ނަޝީދަށް އިއްވީ ފަނޑިޔާރަކު ލިޔުއްވި ހުކުމެއް ނޫން، ހުކުމް ލިޔުނު މީހާ އެނގޭ: އަދީބު

16 ޖުލައި 2017
ރައީސް ނަޝީދަށް އިއްވީ ފަނޑިޔާރަކު ލިޔުއްވި ހުކުމެއް ނޫން، ހުކުމް ލިޔުނު މީހާ އެނގޭ: އަދީބު
08 ޖޫން 2017

ހުޅުދެލީގައި ކުޑަކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ

08 ޖޫން 2017
ހުޅުދެލީގައި ކުޑަކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
19 އެޕްރީލު 2017

ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ

19 އެޕްރީލު 2017
ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ
20 މާރިޗު 2017

މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ

20 މާރިޗު 2017
މިހާރު ނޫހުގައި ލިޔުނު ދެ ރިޕޯޓެއްގެ މައްސަލަ ފުލުހުން ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް