Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ކޮލެޖު

ވިލާ ކޮލެޖަށް 10 އަހަރު: ހުވަފެނަކީ ވިލާ ކޮލެޖަކީ ފޯޖީ ޔުނިވަސިޓީއަކަށް ވުން

18 އޮކްޓޯބަރު 2017 | ބުދަ 02:36

ވިލާ ކޮލެޖުން މި ރަސްމިޔާތުގައި  ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓެޓްރިޖިކް ޕްލޭން ނެރެފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 އޮކްޓޯބަރު 2017 | ބުދަ 02:36
ވިލާކޮލެޖުގެ ލޯގޯ، އެ ކޮލެޖުން މި އަހަރު އެ ކޮލެޖަށް 10 އަހަރުވަނީ ފުރިފަ

ވިލާކޮލެޖުގެ ލޯގޯ، އެ ކޮލެޖުން މި އަހަރު އެ ކޮލެޖަށް 10 އަހަރުވަނީ ފުރިފަ

ދެކޭ ހުވަފެނަކީ ވިލާ ކޮލެޖް ކުރިއަށް އޮތް 10 އަހަރުގެ ދުވަސް ތެރޭގައި ފޯރތް ޖެނަރޭޝަން (ފޯޖީ) ޔުނިވަސިޓީއަކަށްވުން ކަމަށް އެ ކޮލެޖްގެ ރެކްޓާރ ޑރ އަހުމަދު އަންވަރު ވިދާޅުވެއްޖެ އެވެ.

ވިލާކޮލެޖް އަހަރީ ދުވަސް ފާހަގަ ކުރުމަށް އަންގާރަ ދުވަހުގެ ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިޔާތުގައި ޑރ. އަންވަރު ވިދާޅުވީ ފޯރތު ޖެނަރޭޝަން ޔުނިވަސިޓީއަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި އެ ކޮލެޖްގެ އިސްވެރިންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހަމައެކަނި ހިއުމަން ރިސޯސް އާއި ބިޒްނަސް ސްޑަޑީސް ފަދަ ޕްރޮގުރާމްތައް ހިންގުމުގެ ބަދަލުގައި ގައުމެއްގެ ތަރައްގީއަށް ބޭނުންވާނެ އެހެނިހެން އާ ޕްރޮގުރާމްތަކާ މެދު ވިސްނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

Advertisement - newsAdvertisement

މީގެ އިތުރުން ޑރ. އަންވަރު ވިދާޅުވީ ވިލާކޮލެޖުން ކާމިޔާބުތަކެއް ހާސިލްކޮށްފި ކަމަށާއި އެހެން ނަމަވެސް ވިލާ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ގެންދަވަން ބޭނުންފުޅުވާ ފެންވަރުގައި އަދިވެސް ނުހިންގެވޭ ކަމަށެވެ.

" އެ ބޭފުޅާ ބޭނުންފުޅުވާ ވަރަށް އަދިވެސް ނުގެންދެވޭ. އެ ވިދާޅުވެފައިވަނީ ޕްރޮފެސަރުން، ބޭރު ގައުމުތަކުގެ ޔުނިވަސިޓީގެ ޕްރޮފެސަރުން ގެނެސް މިތާގައި ބައިތިއްބައިގެން ކިޔަވާދިނުމުގެ ކަންތައް ގެންދާށޭ، އަދިވެސް އެކަން އަޅުގަނޑުމެނަށް ވަނީ ފުރިހަމަ ނުކުރެވި. އެހެންވީމަ އަދިވެސް އެ ބޭފުޅާ ( ގާސިމް) ބޭނުންވާ ވަރަށް ގެންދެވުނު ކަމަށް ނުބެލެވޭނެ،" ޑރ. އަންވަރު ވިދާޅުވި އެވެ.

މި ރަސްމިޔާތުގައި އެ ކޮލެޖްގެ ވައިސް ރެކްޓާރ އަލީ ނަޖީބު ވިދާޅުވީ ފާއިތުވި 10 އަހަރުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ކޮލެޖުން ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކުރެވިފައިވުމާއި ޒަމާނީ ތައުލީމަށް ރާއްޖެއަށް އާ ކަންތައްތަކެއް ތައާރަފުކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވިލާ ކޮލެޖު އެންމެ ފުރަތަމަ ފަށައިގެންއިރު އަމިއްލަ ކޮލެޖަކަށް ޑިގްރީއަށް ކިޔަވާދެވިދާނެ ކަމަށް ގަބޫލުކުރަމުންދިޔަ މީހުން ވަރަށް މަދު. އަޅުގަނޑުމެން އެކަން ބަދަލުކޮށްލީ. އަޅުގަނޑުމެން ޔަގީންކޮށްދީފިން ވިލާކޮލެޖް ފަދަ އެހެން މުވައްސަސާތަކަށް ވެސް ހަމަ ޑިގްރީ ހިންގިދާނެކަން އަދި ހާއްސަކޮން އިންޓަނޭޝަނަލް ޑިގްރީ ހިންގިދާނެ ކަމަށް ވަރަށް ގަބޫލު ނުކުރައްވާނެ. އަޅުގަނޑުމެން އެކަންކޮށްފައި އެކަން ވަރަށް ބޮޑަށް މި އޮތީ އެސްޑަބްލިޝް ކޮށްދީފަ،" އޭނާ ވިދާޅުވި އެވެ.

ވިލާކޮލެޖު ހިންގުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ސިޔާސީ އަދި އިގުތިސާދީ ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވިލާ ކޮލެޖު ހުޅުވާފައިވަނީ 2007 ވަނަ އަހަރެވެ. އަދި މި އަހަރު ފާހަގަ ކުރަމުންދަނީ އެ ކޮލެޖުގެ 10 ވަނަ އަހަރީ ދުވަހެވެ. އެންމެ ޕްރޮގުމާއަކާ އެކު ފެށި އެ ކޮލެޖުން މިހާރު އެކި ލެވެލްތަކުގެ ތަފާތު 60 އަށްވުރެ ގިނަ ޕްރޮގުރާމް ހިންގަމުންދާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

ވިލާ ކޮލެޖުން މި ރަސްމިޔާތުގައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓެޓްރިޖިކް ޕްލޭނެއް ވެސް ނެރެފަ އެވެ. އަދި އަހަރީ ކޭ ކްވެސް ފާޅާފައި ވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް