Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނަޝީދު

ސަރުކާރުގެ ކެންޑިޑޭޓެކޭ ބުނަން ލަދުފުޅު ގަނޭ، މިއީ ރައްޔިތުންގެ ކެންޑިޑޭޓެއް: ރައީސް ނަޝީދު

12 މާރިޗު 2019 | އަންގާރަ 08:16

އއ އަތޮޅަށް ރައީސް ނަޝީދު ވަޑައިގެންނެވީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 މާރިޗު 2019 | އަންގާރަ 08:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އއ. މަތިވެރީގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އއ. މަތިވެރީގައި ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގެ ކެންޑިޑޭޓުންނޭ ވިދާޅުވަން ލަދުފުޅުގަންނަ ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރި ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން ޒަރީރުގެ ކެމްޕެއިންގައި މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1990 ގެ އަހަރުތަކުގެ ތެރޭގައި މަޖިލީހަށް އިންތިޚާބުވާ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓަކަށް ވާތީ އެ މީހަކަށް ވޯޓު ދޭންޖެހޭ ކަމަށް ބުނެ އެޓޯލްސް މިނިސްޓަރ އެރަށަކަށް ވަޑައިގެން ވިދާޅުވާ ކަމަށާއި އަދި އެމެމްބަރަކަށް ގަނޑުކޮށް އެ އަތޮޅެއްގެ ރައްޔިތުން ވޯޓު ދޭ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫން ކަމަށާއި އެ ކެންޑިޑޭޓަކީ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނޭ ބުނެ މަޖިލީހަށް ވޯޓު ހޯދި ދުވަސް މާޒީވެ ގޮސްފި ކަމަށާއި މަޖިލީހަށް އިންތިޚާބުވާ ކޮންމެ ކެންޑިޑޭޓަކީ ވެސް ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން "އަޅުގަނޑުމެންނަކީ ސަރުކާރު" ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެވާހަކަ ދެއްކީ އަރިއަތޮޅުގެ ރަށްތަކަށް 1980 އާއި 90 ގެ އަހަރުތަކުގައި އެޓޯލް މިނިސްޓަރ ވަޑައިގެން މިއީ ވަރަށް ރަނގަޅު ކުއްޖެކޭ ސަރުކާރުގެ ކެންޑިޑޭޓޭ ވިދާޅުވޭ. އޭރުން ޖެހެނީ އެ މީހަކަށް ގަނޑުކޮށް ވޯޓު ދޭން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށްޓަކައި އެމްޑީޕީއަށް ވޯޓު ދެއްވުން މުހިއްމު ކަމަށާއި

ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް ވެގެން ދާނީ ވަސީލަތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިކުންނަވާ އެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު ދިނީމާ އިންތިޚާބު ވެފައިވާ އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ. އެއީ އަދި ތިބޭފުޅުން އިތުރަށް ބައްލަވަންޏާ އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ރައީސް، ހިންވަރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ފައުންޑަ މެމްބަރެއް. ދެން މިސަރުކާރު އެހެން ބައެއްގެ ސަރުކާރަކަށް ވާނޭ އެއްވެސް ގޮތެއް ނެތް. ދެން ތިމަންނާއަކީ ސަރުކާރުގެ ކެންޑިޑޭޓޭ.. އަޅުގަނޑު ލަދުގަނޭ އެހެން ބުނަން،" ރައީސް ނަޝީދު ވިދާޅިވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު މެމްބަރަކަށް އިންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނާ އެކީ މަސައްކަތް ކޮށްދެއްވާނެ މެމްބަރުން އެމްޑީޕީގެ ތެރެއިން ހޯދައިދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

އއ. އަތޮޅަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު މަތިވެރިއަށެވެ. އެ އަށް ފަހު ބޮޑުފުޅަދޫ، އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

އއ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޕެއިން ކުރައްވަން ވަޑައިގަންނަވާ ދަތުރުފުޅެކެވެ. އަންގާރަ ދުވަހުގެރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ތޮއްޑޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް