Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޕާކިސްތާން

އަސްކަރީ ތޮފި އެޅި މައްސަލައިގައި އިންޑިއާއަށް ފިޔަވަޅު އަަޅަން ޕާކިސްތާނުންް އެދެފި

ޕުލްވަމާގައި ދިން ހަމަލާއަށްފަހު ދެ ގައުމުގެ ގުޅުންވަނީ ގޯސްވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 މާރިޗު 2019 | ހޯމަ 03:38
އިންޑިއާއިން އަސްކަރީ ތޮފި ބޭނުންކޮށްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު އޮސްޓްރޭލިއާ އާ ބައްދަލުކުރި މެޗުގައި

އިންޑިއާއިން އަސްކަރީ ތޮފި ބޭނުންކޮށްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު އޮސްޓްރޭލިއާ އާ ބައްދަލުކުރި މެޗުގައި

އޮސްޓްރޭލިއާ އާއެކު ކުޅު ކްރިކެޓް މެޗެއްގައި އިންޑިއާގެ ޓީމުން އަސްކަރީ ތޮފި ބޭނުން ކޮށްފައިވާތީ އެ ކަމަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުން ކަމަށް ބުނެ އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކަައުންސިލް(އައިސީސީ)އަށް ޕާކިސްތާނުން ގޮވާލައިފިއެެވެ.

އިންޑިއާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ރަންޗީގައި ހުކުރު ދުވަހު އޮސްޓްރޭލިއާއާ ބައްދަލުކޮށް ބަލިވި ވަންޑޭ އިންޓަރނޭޝަނަލް މެޗުގައި އިންޑިއާގެ ޓީމް ތިބީ އަސްކަރީ ކެމަފްލާޖް ސްޓައިލުގެ ތޮފިއަޅައިގެންނެވެ.

އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައިއިން ވަނީ، އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި ޕެރަމިލިޓަރީ ސިފައިންގެ 42 މީހުންނާ އެކުގައި ތިބި ކަމުގެ ރަމްޒެއްގެ ގޮތުން އެ ގައުމުން އެ މެޗުގައި ބޭނުން ކުރާނީ އެ ޓީމު އާއްމުކޮށް ބޭނުންކުރާ ނޫ ކުލައިގެ ހެޑްގިއަރގެ ބަދަލުގައި އެ ތޮފި ކަން އިއުލާނު ކޮށްފައެވެ.

އިންޑިއާއިން އެ ހަމަލާގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށްކުރާއިރު އެ ގައުމުން އެކަން ދޮގުކުރެއެވެ.

"ދުނިޔެއަށް ފެނިއްޖެ އިންޑިއާގެ ކްރިކެޓް ޓީމުން އެމީހުންގެ އަމިއްލަ ތޮފީގެ ބަދަލުގައި އަސްކަރީ ތޮފި އަޅައިގެން ތިބިތަން.އައިސީސީއަށް މިތަނެއް ނުފެނޭތޯ؟" ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހުމޫދު ޤްރައިޝީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މިކަން ޕާކިސްތާނުގެ ކްރިކެޓް ބޯޑު(ޕީސީބީ)ން ފެންމަތިކުރުމުގެކުރިން އައިސީސީން ފާހަގަކުރުމަކީ އެތަނުގެ ޒިންމާއެއް" މިނިސްޓަރ ވިދާޅުވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު