Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓްް

އަނިޔާވެރިންނަށް އަލުން ބާރުތައް ދޭންވީ ހެއްޔެވެ؟

9 މާރިޗު 2019 | ހޮނިހިރު 14:11

އަނިޔާވެރިންނަށް އަލުން ބާރު ދިނުމަކީ ކުރެވޭނެ އެންމެ މޮޔަކަންތައް

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 9 މާރިޗު 2019 | ހޮނިހިރު 14:11
ރައްޔިތުންގެ ބަޔަކު އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލަނީ

ރައްޔިތުންގެ ބަޔަކު އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލަނީ

އަޅުގަނޑުމެން މިތިބީ ފަސް އަހަރަށް ސަރުކާރެއް ހިންގާނެ ވެރިޔަކު އިންތިހާބު ކޮށްގެނެވެ. އެތައް ބައެއް ގުޅިގެންނެވެ. އެއީ ގައުމު ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ވަގުތު ކޮޅަކަށް ބޭނުންވުމުންނެވެ. ގައުމުގައި ރައްޔިތުންގެ ބާރުވެރިކަމާއި، އުފާވެރި ދިރިއުޅުމަކަށް މަގު ފަހިކޮށްލުމުގެ ބޭނުމުގައެވެ.

އެންމެ ފަހުން ސަރުކާރުން ހާމަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މި މަހު ލޯނު ދޫކުރަން ފަށާނެ ކަމަށާއި އެލޯނުގެ 20 އިންސައްތަ ޚާއްޞަކުރަނީ އަންހެނުންނާއި ޒުވާނުންނަށް ކަމަށާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތައް ތަރައްގީ ކުރެވެމުންދާއިރު އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު އިކޮނޮމިކް ސެންޓަރަށް ހަދާނެ ކަމަށް ސަރުކާރުން އާންމު ކޮށްފައި ވެއެވެ.

ވިހެއުމުން އަންހެނުންނަށް މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީ މިހާރު ލިބޭނެ ކަމަށާއި އަދި ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ސަރުކާރުން އެވަނީ ހަދައިދީފައެވެ.

ބޯހިޔާވަހިކަމުގެ އުފާވެރި ޚަބަރުތައް ވެސް އޮތީއެވެ. މި ފަސް އަހަރު ނިމޭ އިރު ބޯހިޔާވަހިކަމެއް ނެތް މީހަކު ނުހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިހުރީ ރައްޔިތުންނަށް ގައިމު ވެސް އުފާވެރި ޚަބަރުތަކެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާނެ ކަންކަމެވެ.

ތެދުފުޅެކެވެ. އެންމެން އެކީގައި ދަތުރުކޮށްގެން ނޫނީ ކުރިއަށް އޮތްތަނުގައި ރަގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ. ވައްކަމާއި ހިޔާނާތުގެ މައްސަލަތަކާއި، މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދިނުމާ ދެކޮޅުހަދައި، އަނިޔާވެރިން ޖަރީމާ ހިންގަން މަގުމަށްޗަށް އަލުން ދޫކޮށްލައިގެން މި ގައުމު ކުރިޔަކަށް ނުގެންދެވޭނެއެވެ. މިކަން ޖެހޭނީ ގާސިމް އިބުރާހިމަކަސް، މައުމޫނަކަސް އަދި އެހެން ބޭފުޅަކު ކަމުގައި ވިޔަސް ހެޔޮހިތުން ގަބޫލު ކުރައްވާށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި މިހާރު ވިދާޅުވާ އެއްވާހަކައެއް އެބައޮތެވެ. ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުހޯދިއްޖެ ނަމަ ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އަދި މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަން ބަޔަކަށް ފުރުޝަތު ލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ދެކޮޅުހަދާ މީހުން އެކަން އެގޮތަށް ކުރާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ސަރުކާރެއް އައިތާ 1 އަހަރު ނުވަނީސް ހިވެމުންދާ ވާހަކަތަކެވެ. އަޑު އަހާލަން ފަސޭހަ ވާހަކަތަކަށް ނުވެއެވެ.

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބަދަލުވެގެން ދިޔަ ސަރުކާރާއި އެ ސަރުކާރުގެ ގިނަ ވެރިންގެ ކަންކަން ހުރި ގޮތް ސަރުކާރުގެ ކޯލިޝަނުގައި ނަގާ ކިޔާ ބައެއް ބޭފުޅުންނަށް މިހާރު ހަނދާން ނައްތާލަން އެހާ ފަސޭހަފުޅު ހެއްޔެވެ؟ މި ސަރުކާރު ހަމަ އޯގާތެރިކަމުގެ ތޮފި އަޅައިގެން އަނިޔާވެރިކަން އިސްކުރިކަމަށް ވިދާޅުވާއިރު ހަމަ އެގޮތަށް އެކަން ހިނގަނީ ހެއްޔެވެ؟ އެ ބޭފުޅަކު އެހެން އެވިދާޅުވަނީ އެފަދަ ކަމަކަށް މިވަގުތު ހެކި ލިބިގެންތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކޯލިޝަނުން ހަމަހަމައަށް ވާދަކުރަން އެމްޑީޕީ އިން އެޅި ހުރަހެއް އޮތް ކަމަށް ދެކި ވާހަކަތައް ބަދަލުކޮށް ކުރިން އަނިޔާވެރިކަން އިސްކުރި ބަޔަކަށް އަލުން ބާރުތައް ލިބޭނެ ގޮތަކަށް މަގު ފަހި ކުރުމަކީ ގޯހެކެވެ. އެގޮތަށް ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ އެކަކު ވެސް މަސައްކަތްކުރުމަކީ މި ސަރުކާރު ގެނައުމަށް ވޯޓު ދިން އާންމު ރައްޔިތުން ހަމަޔަގީނުން ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.

މިއަދު އަލުން ވިސްނާލަން ޖެހެއެވެ. ތިމާއާ ތިމާގެ އަނބިދަރިންނާއި ތިމާގެ ވިޔަފާރި އާއި ގާތް ރަހުމަތްތެރިންނަށް ވެސް ހައްގުން ކަމަކާ ނުލާ އަނިޔާ ދިން ބަޔަކަށް ދެވަނަ ފަހަރަށް ބާރެއް ދިނުމަށް މަގުފަހި ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެދުވަހު އަނިޔާވެރިން ތިމާއާ މެދު ކަންކޮށްފައިވާ ގޮތާ މެދު ކުޑަ ހިނދުކޮޅަކަށް ވިޔަސް ވިސްނާލަންޖެހެއެވެ. ބުއްދިވެރިންނަކީ އެއީއެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
16 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
13 މެއި 2017

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް