Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19 އައްޑޫ ބޮޑު ޖަލްސާ

ދެ ހެލިކޮޕްޓަރާ ޖެހިގެން ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަން ދާކަށް ބޭނުމެއް ނޫން: އިބްރާހިމް މުހައްމަދު ދީދީ

9 މާރިޗު 2019 | ހޮނިހިރު 05:45

ވެރިކަން ކުރަން ފުރުސަތު ދެއްވުމަށް އިދިކޮޅަށް ވެސް ގޮވާލެއްވި

އަމަން ހަލީމް
އަމަން ހަލީމް | 9 މާރިޗު 2019 | ހޮނިހިރު 05:45
އިބްރާހިމް މުހައްމަދު ދީދީ މަޖިލިހުގައި ވާހަކަފުޅު ދައްކަވަނީ: މި ފަހަރު ޓިކެޓް ލިބިވަޑައިގެންފައެއް ނުވޭ

އިބްރާހިމް މުހައްމަދު ދީދީ މަޖިލިހުގައި ވާހަކަފުޅު ދައްކަވަނީ: މި ފަހަރު ޓިކެޓް ލިބިވަޑައިގެންފައެއް ނުވޭ

ދެ ހެލިކޮޕްޓަރާ ޖެހިގެން ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަންދާން ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި "އެޖެންޑާ 19 އައްޑޫ ސިޓީ" ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ރައީސް ސޯލިހަށް ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުޝަތު ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ކުރީގެ ސަރުކާރުގެ ބޭފުޅުން ވެސް މަގުފަހިކޮށްދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު މި ފެންނަނީ، ރައީސް ސޯލިހުގެ ސަރުކާރަށް ތިން މަސް ވެސް ނުވަނީސް އެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު މަސައްކަތް ކުރާތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން ރައީސް ކަންތައް ކުރައްވާހާ ހިނދަކު، ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް އެ ފުރުޝަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެ މަނިކުފާނު (ރައީސް ސޯލިހު) މި ގައުމުގެ ވަލިއްޔުލްއަމުރަކަށް ވެވަޑައިގެން ފަހުން އަދި ކިރިޔާ މިވީ ތިން މަސް ދުވަސް. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އަޑު އަހަމުން މިދަނީ އަނެއްކާވެސް މީގެ ހަތް އަހަރު ކުރިން އަޅުގަނޑުމެން ދެކުނު ނާމާން ދުވަސްތަކަށް މަގުފަހި ވެގެން ދާކަހަލަ ފާޑު ފާޑުގެ އަޑުތައް" އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، އޭރު ދީނާ ގައުމޭ ކިޔައިގެން އުޅުނު މީހުން މި އުޅެނީ އަނެއްކާވެސް މަސައްކަތް ކުރަމުން މިދަނީ ދެ ހެލިކޮޕްޓަރޭ ކިޔައިގެން ވެރިކަން ނިގުޅައިގަތުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން އެހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ބަދަހި ކުރުމުގެ ބާރު ރައީސްއަށް ދެއްވީ، ގައުމަށް ނުރައްކާ ވާނީ ކޮންކޮން ކަންތައްތަކެއްތޯ ނިންމެވުމުގެ ގާބިލުކަން ހުންނެވީމާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގައި ގައުމީ ސަލާމަތަށް އަސްލު ނުރައްކާވާ ކަމަކީ، ދެތިން މީހަކު ބޭނުންވާ ގޮތަށް ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ އެ ސިޔާސަތުތައް ބައްޓަން ކުރަން އުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބުރާހިމް މުހައްމަދު ދީދީ ވިދާޅުވީ މަޖިލިސް ހޮވިފައި ވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށް މަސައްކަތް ކުރާ ސަރުކާރެއް ދިފާއުކުރަން ކަމަށާއި، ސަރުކާރު ނުހިންގޭ ހިސާބަށް ކަންކަން ދޫކޮށްލުމަށް ނޫންކަމަށެވެ. އޭނާ ވަނީ ރައީސްއަށް ވެރިކަން ކުރެވޭ ގޮތަށް ހުރިހާ ރައްޔިތުން ވެސް ވޯޓުދެއްވަން އެދިވަޑައިގެންފައެވެ.

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ހިންގޭނެ، ރައީސުލްޖުމްހޫރިއްޔާ ތާއިދުކުރައްވާނެ ރައްޔިތުންގެ މަޖިލިހެއް އޮތުން. އަޅުގަނޑު ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މިދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ވެރިިކަން ކުރެއްވޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތައް، އެ މަނިކުފާނަށް އިތުބާރު ކުރެވޭ ގޮތަށް، ގާނޫނާ ގަވައިދުގެ ތެރެއިން ވެރިކަން ކުރެއްވޭނެ ގޮތަށް މަޖިލިސް ހޮވައިދެއްވާށޭ" އިބުރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.

ދީދީގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ހެލިކޮޕްޓަރެކެވެ. އަދި އަނެއް ހެލިކޮޕްޓަރަކީ ރައީސް ޔާމިން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ހެލިކޮޕްޓަރެކެވެ. އަދި ފުރަތަމަ ގެނައި ހެލިކޮޕްޓަރުގެ އެއްބަސްވުން ރައީސް ވަހީދާއި ރައީސް ޔާމިން ވެސް އާކުރައްވާފައިވާ ހާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ބޭނުންނުހިފޭ ކަމަށް ބުނެ މި ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ޔާމީން ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި ވެސް ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް