Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެމްޑިޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހުއްޓޭނެ: ރައީސް ނަޝީދު

9 މާރިޗު 2019 | ހޮނިހިރު 02:57

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައީސް ސޯލިހުގެ ސަރުކާރަށް އެކިކަހަލަ ހުރަސްތައް ކުރިމަތި ކުރާނެ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 9 މާރިޗު 2019 | ހޮނިހިރު 02:57
އެމްޑީޕީގެ އެޖެންޑާ 19 އައްޑޫ ބޮޑު ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދަައްކަވަނީ

އެމްޑީޕީގެ އެޖެންޑާ 19 އައްޑޫ ބޮޑު ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދަައްކަވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑު އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ، ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަވެސް ކުރައްވާ ނަޝިދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ސަރުކާރަށް އެކި ކަހަލަ ހުރަސްތައް ކުރިމަތި ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement
"ރައީސް ވިދާޅުވި ފަދައިން އެމްޑިޕީގެ އަޣުލަބިއްޔަތެއް މަޖިލީހުގައި ނެތިއްޖެނަމަ، ސަރުކާރު ހުއްޓޭނެ. ވަޒީރުން ވަކިކުރާނެ، ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާއަށް ދަތިކުރާނެ. ސަރުކާރު ބަލިކަށިކުރާނެ. އެހެންވީމާ، ސަރުކާރު ބަލިކަށިވެގެން ދިޔައިމާ، ސަރުކާރުގެ މުއައްސަސާތައް ސަރުކާރަށް އިތުބާރުކުރުން ކުޑަވެގެން ދާނެ. ސަރުކާރުގެ މުއައްސަސާތައް ސަރުކާރަށް އިތުބާރުކުރުން ކުޑަވެގެން ދިޔުމާ އެކުގާ، ފަނޑިޔާރުގެތަކުގެ އިތުބާރު ސަރުކާރަށް ގެއްލިގެންދާނެ. ފަނޑިޔާރު ގެތަކާއި އެކުގައި، އެހެންވީމާ ދެން، ފިތުނަވެރި ފަރާތްތަކަށް ސަރުކާރު ވައްޓާލާ ބަޣާވާތް ކުރަން އެދޭ ފަރާތްތަކަށް މަގު ފަހިވެގެން އެބަދޭ. މީ އަޅުގަނޑުމެން ދެކިފައިވާ ތަރުތީބެއް،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ބަޣާވާތަކުން ނިމުމަކަށް ގެނެވުނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޭރު ސަރުކާރަށް ނެތުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އޭރުގެ މަޖިލީހުން ސަރުކާރުގެ މިނިސްޓަރުން މަގާމުން ދުރުކޮށް، ޕްރޮޖެކްޓްތައް ހުއްޓުވަން ފެށުމާއި ގުޅިގެން ދައުލަތުގެ މުއްސަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ގެއްލި، ފަނޑިޔާރުން ވެސް ސަރުކާރާ ދުރުވާން ފެށި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިކަން ތަކުރާރުކުރަން ނުކުރޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއް ހޮރަކުން، މޫމިނުން ގަޔަކަށް، ދެ ފަހަރަކު އިރާދަކުރެއްވިއްޔާ ކައްޓެއް ނުޖެހޭނެ. މިފަހަރު އަޅުގަނޑުމެން ނިކުމެ މިތިބީ މި ރާއްޖޭގެ ސިޔާސީ ހަގީގަތްތައް ވަރަށް ރަނގަޅަށް އެނގިތިބީ ތީވެ" ނަޝީދު ވިދާޅުވިއެވެ

ހުކުރު ދުވަހު އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީއަށް ކޮށްދޭން ނިންމަވާފައިވާ ކަންކަން ހަގީގަތަކަށް ހެދޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ހާލަތެއްގައި މި ސަރުކާރުން އައްޑޫއަށް އޮތް ތަސައްވަރު ފުރިހަމަ ވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަސައްވުރު އިއުލާން ކުރަން ބޭއްވި ހަފުލާގައި އެ މަނިކުފާނު ވިދާޅުވީ އެ ތަސައްވުރުގައިވާ ކަންކަން ދެ އަހަރުގެ ތެރޭގައި ނިންމޭ ވަރު ވާނެ ކަމަށެވެ.

އައްޑޫ ސިޓީއަށް މި ސަރުކާރުން އޮތް ތަސައްވުރުގައިވާ ކަންކަމަށް ސަރުކާރުން 5.6 ބިލިއަން ރުފިޔާގެ ހަރަދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫގެ އެއަރޕޯޓާއި ބަނދަރު ތަރައްގީ ކޮށް، ރައްޔިތުން މިހާރު އެދުމުންދާ ކަންކަމަށް ހައްލު ގެނެސް، މި ސަރުކާރުގެ އަމާޒަކީ އައްޑޫގެ އާބާދީ އަނބުރާ އައްޑޫ ސިޓީއަށް ދިރިއުޅުން ބަދަލުކުރުން ކަމަށް ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް