Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެެޖެންޑާ 19

އައްޑޫ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މަޝްުރޫއެއް އެކުލަވާލައި ނިމިއްޖެ: ރައީސް

8 މާރިޗު 2019 | ހުކުރު 19:21

އައްޑޫސިޓީގައި 200 މީހުންގެ ޖާގައިގެ އިސްލާމިކް ސެންޓަރެއް އަޅުއްވަދެއްވާނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 މާރިޗު 2019 | ހުކުރު 19:21
އައްޑޫ ސިޓީ އެޖެންޑާ 19 ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީ އެޖެންޑާ 19 ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީގެ ތަރައްގީގެ 5.3 ބިލިޔަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެއް އެކުލަވާލައި ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެކުލަވާލާފައިވާ ބިޔަ ބޮޑު މަޝްރޫއަކީ ފަސް އަހަރަށް ދިގު ދެމިގެންދާނެ ބިޔަ ބޮޑު މަޝްރޫއެއް ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް "އެޖެންޑާ 19 އައްޑޫ ސިޓީ"ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީ ތަރައްގީގެ ބިޔަ ބޮޑު 5.3 ބިލިޔަން ރުފިޔާގެ މަޝްރޫއުގައި ހިމެނޭ ކަންތައްތައް އިއުލާން ކުރައްވާފައެވެ.

އެގޮތުން މަގު ހެދުމާއި، މަސް ބަނދަރު ހެދުމާއި،ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ހޯދުން ހިމެނޭ. މީގެ އިތުރުން ސްވިމިން ޕޫލެއް އެޅުމާއި،ސްޓޭޑިއަމެއް އެޅުންވެސް ހިމެނޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫސިޓީއަކީ ވަރަށް ޚާއްސަ ތަނެއް ކަމަށާއި، މާލެ ސިޓީއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތީ އައްޑޫ ސިޓީގައި ކަމަށެވެ. އައްޑޫއަކީ ތަރައްގީ ކުރެވެން އޮތް، ތަރައްގީ ކުރެވޭނެ ސިޓީއެއް ކަމަށާއި، އައްޑޫ ސިޓީގެ ތަރައްގީގެ ގިނަ ތަސައްވުރުތަކެއް އެބަ އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީއަކީ ޑްރަގުގެ ވަބާ އިންތިހާއަށް ފޯރާފައިވާ ސިޓީއެއް ކަމަށާއި، މި ކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މިހާތަނަށް ރާއްޖޭގައި އިމާރާތް ކުރެވޭނެ އެންމެ ބޮޑު ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު އައްޑޫ ސިޓީގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގައި އިސްލާމިކް ސެންޓަރެއް ގާއިމު ކުރައްވާނެ ކަމަށާއި، އެއީ 200 މީހުންގެ ޖާގައިގެ ސެންޓަރެއް ކަމަށާއި، އެ ސެންޓަރުގައި ލައިބްރަރީއެއްގެ އިތުރުން ކޮންފަރެސް ހޯލެއް ހިމެނޭނެ ކަމަށެވެ.

އައްޑޫ ސިޓީ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލަށް މަންފާ ލިބޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން ކައުންސިލްތަކަށް މަންފާ ލިބޭނެ ގޮތްތަށް ހެދުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާ އިސްލާހުތައް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަށެއް މާރޗަކީ ބައިނަލް އަގްވާމީ ގޮތުން ފާހަނގަކުރާ އަންހެނުންގެ ދުވަސް ކަމަށް ވާތީ، އަންހެނުންގެ ދުވަހުގެ ތަހްނިޔާ ރައީސް ވަނީ ހުރިހާ އަންހެން ކަނބަލުންނައް ދަންނަވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކައުންސިލްތަކުގައި އަންހެނުނަށް ވަކި މިންވަރަކަށް ގޮނޑި ޚާއްސަ ކުރެވޭ ގޮތަށް ބަދަލުގެންނަވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރުން 100 ދުވަހުގެ ވައުދުގެ ތެރޭގައި ރައްޔިތުންނަށް ވެ ވަޑައިގެންނެވި ގިނަ ވައުދުތައް މިހާރުވެސް ފުއްދަވައިދެއްވާފައިވާ ކަން ރައީސް ވަނީ ފާހަނގަކުރައްވާފައެވެ.

"ދެވަނަ ޓާރމް ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލަކުން ހެނދުނުގެ ނާސްތާ ލިބިގެންދާނެ. މީގެ އިތުރުންކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ދޭން ނިންމާފައިވާ އެސްއެމްއީ ލޯން ކުރިއަށް އޮތް ހަފްތާގައި ދޭން ފަށާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ 19އަކީ ރައްޔިތުންގެ މަޖިލިސް ހިނގަންޖެހޭ ގޮތަށް ތައްޔާރުކޮށްފައި އޮތް ދެލި ކޮޕީއެއް ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ ތިލަފަތަށް ވޯޓެއް ދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް