Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ބާ ކޮމިޝަން ބިލު މަޑުޖައްސާލީ ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް އޮތުމުން: ރިޔާޒު

8 މާރިޗު 2019 | ހުކުރު 08:49

ބިލު އަލުން ކޮމެޓީއަށް ފޮނުވީ މަޝްވަރާކޮށްފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 މާރިޗު 2019 | ހުކުރު 08:49
ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމް

ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމް

ބާ ކޮމިޝަން އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ހިދުމަތުގެ ބިލު މިހާރު އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެއްގެ މަގާމު ގެއްލޭ ގޮތަށް ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު ވިދާޅުވީ ގާނޫނީ ހިދުމަތުގެ ބިލު އޮތް ގޮތުން ޖޭއެސްސީން މަގާމު ގެއްލެނީ ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެމްބަރު ލަތީފާ ގާސިމްގެ ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުން އެ ކޮމިޝަންގެ މެމްބަރު ކަމަށް ލަތީފާ އައްޔަން ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

ރިޔާޒު ވިދާޅުވީ އޭނާގެ މަގާމު ގެއްލޭ ގޮތަށް ބާ ކޮމިޝަންގެ ބިލު އޮތުމުން، އެ މައްސަލަ ލަތީފާ މަޖިލީހަށް ހުށަހެޅުއްވުމުން، ކޯލިޝަން ޕާޓީތައް ހިމެނޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރި ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު، ފާސްކުރުމަށް އެޖެންޑާކޮށްފައިވާ ގާނޫނީ ހިދުމަތުގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

"ގާނޫނުއަސާސީގައި ޓާމް ކަނޑައެޅިފައި ހުރި މަގާމެއްގައި ހުންނެވި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަގާމު ގެއްލޭ. އެއީ ހަމަ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް އިންތިހާބުކޮށްފައި ހުންނަވާ ބޭފުޅެއްގެ މަގާމު. އެބޭފުޅާ އެ ކޮންސާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި އޮތް. ހުށަހެޅުއްވީމަ މަޖިލީހުގެ ރިޔާސަތުން އެކަން ޕާލަމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް ފޮނުއްވެވި. އަޅުގަނޑުމެން ބެލިން. އަޅުގަނޑުމެން ބަހުސް ކުރިން. ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގައި އަޅުގަނޑުމެން އެ މަޝްވަރާ ކުރިން. މަޝްވަރާ ކުރީމަ އަޅުގަނޑުމެންނަށް ވެސް ގަބޫލު ކުރެވުނު އަސްލު ކޮންސްޓިޓިއުޝަނަލް މައްސަލައެއް އެބަ އުޅޭކަން،" ރިޔާޒު ވިދާޅުވިއެވެ.

ޖޭއެސްސީއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމާއި ގާޒީ މުހައްމަދު އީސާފުޅާއި ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހުމަދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމުނާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އާއި ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި ގާނޫނީ ވަކީލު ލަތީފާ ގާސިމްގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް