Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސެނެޓު

ވަލީއަހުދު ސަލްމާނަކީ ސީދާ ގޭންގްސްޓާރެއް: އެމެރިކާގެ ސެނެޓަރުން

7 މާރިޗު 2019 | ބުރާސްފަތި 18:57

ސެނެޓަރުން މިހެން ވިދާޅުވީ އެމެރިކާއިން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް އައްޔަން ކުރަން ހުށައެޅުއްވި އަބީޒޭދްއާއި ސުވާލުކުރައްވަމުން

އަމަން ހަލީމް
އަމަން ހަލީމް | 7 މާރިޗު 2019 | ބުރާސްފަތި 18:57
ސެނެޓުގެ އަޑު އެހުމުގައި އަބީޒޭދް ސެނެޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްްވަނީ

ސެނެޓުގެ އަޑު އެހުމުގައި އަބީޒޭދް ސެނެޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްްވަނީ

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމަލުތައް ހުރީ ސީދާ ގޭންގްސްޓާރެއް ކަންތައް ކުރާ ގޮތައް ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ސައުދީ އަރަބިއާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަގާމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައެޅުއްވި ބޭފުޅާ ކަމުގައިވާ، ކުރީގެ އަސްކަރިއްޔާގެ ޖެނެރަލް ޖޯމް އަބީޒޭދްއާއި ސުވާލުކުރައްވަމުން ސެނެޓަރުން ވަނީ ވަލީއަހުދުގެ މައްސަލައިގައި މިހާރަށް ވުރެ ހަރުކަށިވާން ބާރު އަޅުއްވާފައެވެ. އަދި ސައުދީން އިންސާނީ ހައްގުތަކަށް އަރައިގަނެ ކުރާ މަސައްކަތްތަކާއި، ހާއްސަކޮށް ނޫސްވެރިޔާ ޖަމާލް ޙަޝޯގީގެ މައްސަލައާއި ޔަމަނުގެ ހަނގުރާމައިގެ މައްސަލައިގައި، ސައުދީ ޖަވާބުދާރީ ކުރުވަން ކެރިވަޑައިގަންނަވާނެތޯވެސް އަބީޒޭދްއާއި ސެނެޓަރުން ސުވާލުކުރައްވާފައިވެއެވެ.

އެގޮތުން ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ ޖޯން ރިޝްކް ވިދާޅުވީ ސައުދީއާ އެކު ގުޅުން ބޭއްވުން މުހިއްމު ނަމަވެސް، އެ ގުޅުން ގާއިމުކުރަން ޖެހޭނީ އެމެރިކާއިން ގަބޫލުކުރާ އުސޫލުތަކާ ހަމަތަކުގެ މަތިން ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން އަބީޒޭދް ވިދާޅުވީ ސައުދީއާ އެކު އޮތް ގުޅުމަކީ ދޫކޮށްލެވޭ ވަރުގެ ގުޅުމެއް ނޫން ކަމަށެވެ. ނަމަވެސް މަގާމު ލިބިވަޑައިގެންފި ނަމަ މަޝްވަރާކޮށްގެން ސައުދީ ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބީޒޭދްއާއި ސެނެޓުން ސުވާލުކޮށްފައިވަނީ ޙަޝޯގީގެ މަރުގެ މައްސަލައިގައި ސަރުކާރުގެ އިދާރާތަކުން ބްރީފިންއެއް ދިންތާ ދެ ދުވަސް ނުވަނީހެވެ. އެ ދުވަހުގެ ބްރީފިންއަށް ފަހުވެސް ސެނެޓަރުން ވިދާޅުވީ ޙަޝޯގީ މަރާލަން އަމުރު ކުރީ ވަލީއަހުދު ކަމާއި މެދެ ޝައްކެއް ވެސް ނެތް ކަމަށެވެ. މީގެ ތެރޭގައި ޑިމޮކްރެޓު ސެނެޓަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖަމާލް ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ޖާސޫސޫ އިދާރާއިން ވަނީ މި ކަމުގައި ވަލީއަހުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް