Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19 ބޯހިޔާވަހިކަމުގެ ސިޔާސަތު

މުއިއްޒުގެ މައްޗަށް ތަހުޤީޤު ހިންގުމަށް ފުލުހުންނަށް ރައީސް ނަޝީދު ގޮވާލައްވައިފި

ހައްޤުވެރިން ތިބި ނަމަ އެ ފަރާތްތަކަށް ފްލެޓް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2019 | ބުރާސްފަތި 10:49
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ "ހިޔާ މަޝްރޫ" އާއި "ގެދޮރުވެރިކުރުވުގެ" މަޝްރޫއާ ގުޅޭ ގޮޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތަހުޤީޤު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފްލެޓު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުން ހިންގާފައި ވަނީ ބޮޑު ޖަރީމާއެއް ކަމަށާއި، އެ ވައްކަމާއި ޖަރީމާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ

Advertisement - newsAdvertisement
"މިއަދު އަޅުގަނޑު ފުލުސް އޮފީހުގައި ދަންނަވަން ބޭނުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އަދި ޚާއްސަކޮށް މާލޭގެ ވަރަށްގިނަ ރައްޔިތުން އެބައެދޭ މި ފްލެޓު ބެހުމުގައި ކަންކަން، ޖަރީމާ ހިންގައި ނާޖާއިޒް އެކިއެކި ފައިދާ ނަންގަވާފައިވާ ފަރާތްތައް ބަލައި ތަޙުޤީޤުކޮށް، އެކަމާގުޅޭ ރަނގަޅު ޝަރީއަތާއި، އަދި އެހެންވެސް ގޮޮތްގޮތުން އަޅަން ހުރި ފިޔަވަޅުތައް މިކަމުގައި ފުރިހަމައަށް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިކަމުގައި މިނިސްޓަރ މިވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަންކަމަކީ ރާއްޖޭގައި ބޯހިިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، އެކަން ސާފުކޮށް ބަލަމުންދާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ މި މައްސަލަަތައް ބެލުމަށް މިހާރު ސަރުކާރުން އެދަނީ މަސައްކަތް ކުރިއަށް ގެންދަމުން. މި ފްލެޓު ބެހުމުގައި އެންމެ ބޮޑަށް އިހުމާލުވަނީ އޭރުގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު. އަޅުގަނޑުމެން ދެކޭ ގޮތުގައި ޑރ.މުއިއްޒުގެ މައްޗަށް ތަޙުޤީޤެއް ހިންގެން ޖެހޭނެ. އަދި އެ ފްލެޓުތައް ދެވުނު ފަރާތްތައް މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ މެމްބަރަކާ ގުޅުންހުރި 37 ފަރާތަކަށް ފްލެޓު ދެވިފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަލިބޭ. މިހާރު އަޅުގަނޑުމެން މި ގެންދަނީ އެ ފްލެޓް ލިސްޓުގެ ތެރެއިން އެކިއެކި ދާއިރާތަކަށް ފްލެޓް ދޫކުރެވިފައިހުރީ ކޮންކޮން ބޭފުޅުންނަކަށްތޯ ބޮޑަށް ސާފުކޮށް ބަލަމުން. އިރާދުކުރެއްވިއްޔާ ޕާޓީގެ ފަރާތުން ވެސް މި މަސައްކަތް ކުރިއަށްގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ނުހައްޤުން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށާއި، ގާތްގަނޑަކަށް 169 މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތް ސާފުނުވާ ކަމަށެވެ.

"ރައީސް ޔާމީނުގެ ސަރުކާރުން 7000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމުގައި މިވަނީ ވަރަށް ގިނަ ޖަރީމާ ހިންގާފައި. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި 169 މީހުންނަށް އެބައޮތް ޕޮއިންޓް ލިބުނުގޮތް އެއްގޮތަކަށްވެސް ނޭނގި އެހެން ނަމަވެސް އެމީހުންނަށް ފްލެޓު ދެވިފައި. ދަފްތަރުން ފްލެޓް ދޭން އޮތް މީހުންގެ ތެރެއިން އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން، އެމީހުންގެ ތެރެއިން 300 މީހުންނަށް އެބަ އޮތް ހައްޤުނުވާ މީހުންނަށް ދީފައި. އެއީ ދަފްތަރުގައި ނެތް މީހުންނަށް. އަދި ޚާއްސަ އެހީއަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތަކަށް ދޭން ހުރި ފްލެޓުތަކުން ވެސް ބޮޑު ބައެއް މި އޮންނަނީ ގޮތް ނޭނގޭ ގޮތަށް ދީފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގިނަ ފަރާތްތަކަށް ނުހައްޤުން ފްލެޓްތައް ދޫކޮށްފައިވީ ނަމަވެސް، ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި އެކަމުގެ ހައްޤުވެރިން ތިބި ނަމަ އެފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށާއި، އެ ހުރިހާ ކަމެއް ފުރިހަމަ އަށް ބަލާ ތަހުޤީޤު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެމްޑީޕީން ގިނަ ސިޔާސަތުތަކެއް އެކުލަވާލާފައިވާއިރު، އެ ޕާޓީގެ އެޖެންޑާ 19ގައި ހިމެނޭ "ފަހުރުވެރި އާއިލާގެ" ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހިއްކާފައިވާ ބިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ގޮތުގެ އުސޫލުުތައް ކަނޑައެޅޭނެ ކަމަށާއި، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެ ގޮތްތައް ޤާނޫނުގެ ދަށުން ސާފުކޮށް ބަޔާންކޮށް، އެއްވެސް ރައްޔިތަކު ބާކީ ނުވާނެހެން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ފަދަ ކަންކަން ވަނީ ހުށައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު