Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ އޮންއެއަރ ވަގުތު ވިއްކުން

ކެނޑިޑޭޓުންނާއި ޕާޓީތަކަށް ވަގުތު ދިނުމުގެ އުސޫލު ރާއްޖެޓީވީން އާންމުކޮށްފި

7 މާރިޗު 2019 | ބުރާސްފަތި 04:14

ރާއްޖެޓީވީ ވަގުތު ވިއްކުމަށް 3 ޕެކޭޖެއް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2019 | ބުރާސްފަތި 04:14
ރާއްޖެޓީވީ އޮންއެއަރ ވަގުތު ވިއްކުން

ރާއްޖެޓީވީ އޮންއެއަރ ވަގުތު ވިއްކުން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ޕާޓީތަކަށް ރާއްޖެޓީވީގެ "އޮންއެއަރ" ވަގުތު ވިއްކުމުގެ އުސޫލު އާންމުކޮށްފިއެވެ.

ބުދަ ދުވަހު ރާއްޖެޓީވީން އާންމުކުރި އުސޫލުގައި، ރާއްޖެޓީވީގެ އާންމު ޚަބަރު ގަޑިތަކާއި ޝެޑިއުލް ކޮށްފައިވާ ޕްރޮގްރާމް ތަކަށް ބުރޫ ނާރާނެހެން، އިންތިހާބާބެހޭ އާންމު ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ފަދައިން ބްރޯޑްކާސްޓް ކޮމިޝަނުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ރާއްޖެޓީވީން އެފަރާތްތަކަށް ފުރުޝަތު ދޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ކެނޑިޑޭޓުން ނުވަތަ ޕާޓީތަކުން ރާއްޖެޓީވީ މެދުވެރިކޮށް ދައްކަން ބޭނުންވާ ކޮންޓެންޓުތައް ދެއްކުމަށް ތާވަލުކުރާ ދުވަހުގެ މަދުވެގެން 7 ދުވަސް ކުރިން ބްރޯޑްކާސްޓް ކުރެވޭ ފޯރމެޓެއްގައި ހަވާލުކުރަންޖެހޭއިރު، އޭގެ ތެރެއިން ކޮންޓެންޓެއް ނުދެއްކުމަށް ރާއްޖެޓީވީން ނިންމައިފިނަމަ އެކަން އެފާރަތަކަށް އަންގާނެ ކަމަށް ވެސް އުސޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި އުސޫލުން ވަގުތު ވިއްކާއިރު، ދައްކާ ކޮންޓެންޓްތަކަށް، އެފަރާތަކުން ފުރިހަމައަށް ޒިންމާވާން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ރާއްޖެޓީވީ ވަގުތު ވިއްކުމަށް 3 ޕެކޭޖެއް ތައްޔާރުކޮށްފައިވާއިރު، "ރައްޔިތުންގެ ޕެކޭޖް" ގެ އަގަކީ 125،000 ރުފިޔާއެވެ. އަދި "ރިޔާސަތު ޕެކޭޖް" 95،000 ރުފިޔާއަށް ވިއްކާއިރު، "ބަރުލަމާނު ޕެކޭޖް" ވިއްކުމަށް ހަމަޖެހިފައިވަނީ 65،000 ރުފިޔާއަށެވެ. އެގޮތުން މީގެ ކޮންމެ ޕެކޭޖެއްގެ ދަށުން ވެސް ކެނޑިޑޭޓުންނާއި ޕާޓީތަކުން ހުށައަޅާ ކޮންޓެންޓުތައް ގެނެސްދެވޭނެ ގޮތްތައް އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

މި ޕެކޭޖްތަކުގެ އިތުރުން ރާއްޖެޓީވީއާއި އެ ފަރާތަކާމެދު ވިޔަފާރީގެ ގޮތުން އެއްބަސްވެވޭ ގޮތެއްގެ މަތިން ޕެކޭޖް ހެދުމަށް ވެސް ފުރުޝަތު ހުޅުވާލެވިފައިވެއެވެ.

އޭގެ އިތުރުން، ހަމަހަމަ ފުރުޝަތުތައް ދިނުމާއި، ކެނޑިޑޭޓަކަށް ދީފައިވާ ވަގުތު ކެންސަލް ކުރެވޭނެ ގޮތްތަކާއި، މެދުކަނޑާލަން ޖެހޭނެ ހާލަތްތައް ވެސް އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް