Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން ހަނގުރާމަ

ޔަމަނުގެ ހަނގުރާމައިގައި އާއްމުންނަށް ދިން ހަމަލާތަކުގައި ޔޫރަޕާއި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވޭ: ރިޕޯޓް

2015 އިން އޭޕްރީލް 2018 އަށް ގާނޫނުތަކާ ޚިލާފަށް 27 ހަމަލާއެއް ދީފައިވޭ: ރިޕޯޓް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2019 | ބުރާސްފަތި 15:57
27 ހަަމަލާގެ ތެރެއިން 22 ހަަމަލާއެެއްގައި، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައިވޭ: ރިޕޯޓް

27 ހަަމަލާގެ ތެރެއިން 22 ހަަމަލާއެެއްގައި، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައިވޭ: ރިޕޯޓް

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި އެތައް ސަތޭކަ އާއްމުން މަރުވެފައިވާއިރު އެ ހަނގުރާމައިގައި އެމެރިކާ އަދި ޔޫރަޕްގެ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ޔަމަނުގައި ގާއިމްވެފައިވާ މްވާތަނާ ފޮރ ހިއުމަން ރައިޓްސް (އެމްއެޗްއާރް) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އޭޕްރީލް 2015 އިން އޭޕްރީލް 2018އަށް ގާނޫނުތަކާ ޚިލާފަށް 27 ހަމަލާއެއް ދީފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކުގައި އާއްމުންގެ 203 މީހުން މަރުވެ 749 މީހުން ޒަޚްމްވެފައިވާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައިވާ ގޮތުން 27 ހަަމަލާގެ ތެރެއިން 22 ހަަމަލާއެެއްގައި، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބެލެވޭއިރު އިނގިރޭސިވިލާތުގައި އުފައްދާފައިވާ ހަތިޔާރު އޭގެ ތެރެއިން ދެ ހަމަލާއެއްގައި ބޭނުންކޮށްފައި ވެއެވެ. އަދި ތިން ހަމަލާއެެއްގައި އެމެރިކާގައި އެއްބައި އަދި ބައެއް ބައިތައް އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައި ވެއެވެ.

އެ ކޯލިޝަނުން ދިން ހަމަލާތަކުގައި އާއްމުންނަށާއި ގެދޮރަށާއި ސްކޫލްތަކަށާއި، ވިޔަފާރިތަކާިއ، ދަނޑުބިންތަކާއި، ސިއްހީ ފަރުވާދޭ ތަންތަނާއި، ސަރުކާރު އޮފީސްތަކާއި، އެކި ހަފްލާތައް ބާއްވާ ހޯލްތައް ހިމެނޭއިރު މިއީ ހަނގުރާމައިގެ ޖަރީމާއެވެ.

"ޑޭ އޮފް ޖަޖްމެންޓް"ގެ ނަމުގައި ރިޕޯޓް ނެރެފައި ވަނީ ބުދަ ދުވަހުއެވެ. މި ރިޕޯޓްގައި ބަލާފައި ވަނީ އާއްމުންގެ މަރުތަކާއި، ތަންތަނަށް ދެވުނު ގެއްލުމާއި ޔަމަނުގެ ބިރުވެރިކަމުގައި އެމެރިކާ އާއި ޔޫރަޕްގެ ދައުރަށެވެ. ހަމަލާތަކުގައި މަދުވެގެން 122 ކުއްޖަކު މަރުވެ އަދި ޒަޚަމްވެފައިވާކަން ވަކިން ފާހަގަކޮށްފައި ވެއެވެ.

"އާއްމުންނަށް ގެއްލުންވާ މިންވަރު ކުޑަކުރާނެކަމަށް ސައުދީއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވެފައިވާ ވައުދަކީ ހުސް ވާހަކައެެއްކަން ސާފު" އެމްއެޗްއާރުގެ ޗެއަރޕަރސަން ރާދްޔާ އަލް މުތަވައްކިލް ވިދާޅުވިއެވެ.

ހައްޖާ ގަވަރނަރޭޓްގައި 2018ގެ އޭޕްރީލްގައި ބޭއްވި ކައިވެނި ހަފްލާއަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 21 މީހުން މަރުވެފައިވާއިރު އެ ހަމަލާގައި ބޭނުންކޮށްފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ބޮމެއް ކަމަށް އެމްއެޗްއާރުގެ ރިޕޯޓުގައި ވެއެވެ. އެ ހަމަލާގައި މަރުވި މީހުންގެ އިތުރުން 97 މީހަކު ޒަޚަމްވެފައި ވެއެވެ.

އެމްއެޗްއާރުން ވަނީ 2018 ވަނަ އަަހަރު ހަނގުރާމަވެރި ހޫޘީ ޖަމާއަތުން ހަނގުރާމައިގެ ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށް ފާހަގަވެފައިވާ ކަންކަމުގެ ރެކޯޑް ވެސް ބަލަހައްޓާފައެވެ.

މައިން ވަޅުލުމާއި، އާއްމުން ތިބޭ ތަންތަނަށް ހަމަލާ ދިނުމާއި އުސޫލުތަކާއި ޚިލާފަށް މީހުން ހައްޔަރުކުރުން ފަދަ ކަންކަން އެ ޖަމާއަތުން ވެސް ހިންގާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު