Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވާދޫގައި ފިނިހަކަ އާލާވުން

ފިނިހަކައިން ދަނޑުވެރިން މާޔޫސްކަމުގެ ތެރޭގައި!

ގިނަ ދަނޑުތަކަށް ވަނީ ގެއްލުން ލިބިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 މާރިޗު 2019 | އަންގާރަ 21:07
ވާދޫގައި ބޭއްވި ފިނިހަކައިގެ މުބާރާތުގެ ތެރެއިން

ވާދޫގައި ބޭއްވި ފިނިހަކައިގެ މުބާރާތުގެ ތެރެއިން

ގދ.ވާދޫގެ 90 އިންސައްތަ މީހުންނަކީ ދަނޑުވެރިކަމުން ނަފާ ހޯދައިގެން ދިރިއުޅެމުން އަންނަ ބައެކެވެ. ހުވަޅުއަތޮޅުގެ ގިނަ ރިސޯޓުތަކަށް ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް ފޮނުވާ އެއްހިއްސާދާރީ ވެސް ވާދޫއެވެ. ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުތައް ހައްދަމުން އަންނައިރު، އެރަށުގެ ދަނޑުވެރިން ތިބީ މާޔޫސްކަމުގެ ތެރޭގައެވެ.

މީގެ 8 މަސްކުރިން އެރަށުގައި ވަނީ ފިނިހަކަ އާލާވާން ފަށާފައެވެ. މިހާރު ހިނިހަކަތައް ގިނަވެ، އާންމުންނަށް އެކަމުގެ އުދަނގުލާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. ރެއާ ދުވާހު ދަނޑުވެރިން ހައްދާ ދަނޑުތައް ދަނީ ފިނިހަކައިގެ ސަބަބުން ހަލާކުވަމުންނެވެ. ދަނޑުތަކުގެ އިތުރުން ގެތަކުގައި ހައްދާފައިވާ މާބަގީޗާތާކާއި، ޖަބުރޯލު، ގަންބު ގަސްތަކުގައި ވެސް ފިނިހަކައެވެ. ގެތަކުގެ ކުޑަދޮރުގައި އާއި ފާރުތަކުގައި ވެސް ފިނިހަކައެވެ.

ވާދޫގައި ފިނިހަކަ އާލާވާން ފެށުމުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ފިޒަރީޝް މިނިސްޓްރީގެ އޮފިޝަލުން ތަކެއް އެރަށް ގޮސް ފިނިހަކަ ނައްތާލުމަށް ފަނިތަކެއް ދޫކުރިއެވެ. ނަމަވެސް އެކަމުން މާބޮޑު ހައްލެއް ނުލިބެއެވެ.

އޭގެފަހުން ކައުންސިލުން ވަނީ ފިނިހަކަ ނައްތާލުމަށް ހާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ. އެގޮތުން ފެށި މަސައްކަތުގައި އެރަށުގެ ގިނަ އަދަދެއްގެ ހަރު މީހުންނާއި، ޒުވާނުންނާއި، ކުޑަ ކުދިން ބައިވެރިވެގެން އެކި ޓީމްތަކަށް ބާހާލައިގެން މުޅި ރަށުން ފިނިހަކަ ނެގުމުގެ މުބާރާތެއް ބޭއްވިއެވެ. މިމުބާރާތުގައި އެންމެ ގިނައިން ފިނިހަކަ ނެގި ޓީމަށް 5،000 ރުފިޔާ ވަނީ ދީފައެވެ.

މިމުބާރާތުގައި ބައިލައްކައަށްވުރެ ގިނަ ފިނިހަކަ ނައްތާލާފައިވާއިރު، އަދިވެސް އެރަށުން ފިނިހަކަ ކޮންޓްރޯލުނުވެއެވެ. ދަނޑުތަކާއި، ގެތަކުގައި ހައްދާފައިވާ ގަސްތައް ފިނިހަކަތައް ދަނީ ކަމުންނެވެ. ފިނިހަކަ އެރަށުން މަދުވާ ކަހަލަ އިހުސާސެއްވެސް ނުކުރެވޭ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމް ވިދާޅުވީ, ފިނިހަކަ ކޮންޓްރޯލް ނުވާ ކަމަށާއި، އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށެވެ. ފިނިހަކަ ނައްތާމަށް ކުރާ މަސައްކަތުގެ ތެރެއިން ފިނިހަކަ ނެގުމުގެ އިތުރު މުބާރާތްތައް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއެއްގެ ތެރޭގައި ހުރި ފިނިހަކަތަކެއް

ދަނޑުވެރިކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ, ދަނޑުވެރިކަމަށް ހައްދާ ގިނަ ދަނޑުތަކަށް މިހާރު ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި، ދަނޑުވެރިންނަށް ފައިދާއެއް ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ, އެރަށުން މިފަރު ސަޕްލައި ކުރެވޭ ބާވަތްތައް މަދުވާނެ ކަމަށެވެ.

ރަމަޟާން މަހަށް ހާއްސަކޮށް ދަނޑުތައް ހައްދާއިރު، ކޮޕީފަތް، ލެޓިއުސް، ކުއްޅަފިލާފަތްތައް ފިނިހަކަތައް ކެއުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

''ފިނިހަކަ މިކަނީ ފަތްތައް. ލެޓިއުސްގަސްގަނޑުގެ ތެރޭގަ ފިނިހަކަތައް ހުރޭ. ދަނޑުވެރިންނަށް ނުލިބޭނެ ފަތްޕިލާވެލީގެ އެއްވެސް ދަނޑަކުން ފައިދާއެއް. ވަރަށް ހީނުވޭ'' އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރަމަޟާން މަހު ކޮންމެ ކަރާ ދަނޑަކުން އެންމެ މަދުން ފަސް ޓަނު އަދި ގިނަވެގެން 12 ޓަނު ކަރާ އެރަށުން ބޭރުކުރި ކަމަށާއި، ނަމަވެސް މިއަހަރުގެ ރަމަޟާން މަހު އެންމެ ދަނޑަކުންވެސް ފަސް ޓަނު ކަރާ ނެރުމަކީ ނާދިރު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކަރާ ހައްދާ ދަނޑުބިމުގައި ވެސް ފިނިހަކަގެ އުނދަގޫ ކުރިމަތިވެފައިވާ ކަމަށެވެ.

މިރުސް، ބަރަބޯ، ބަށި، ފަޅޯ، ޓޮމާޓޯ، ޗިޗަންޑާ، ކިޔުކަންބާ، ތޮރާގެ އިތުރުން ގިނަ ފަތްޕިލާވެލި ހައްދާ ވާދޫގެ ރައްޔިތުން އެދެނީ ފިނިހަލަ އެރަށުން ނައްތާލެވޭނެ ގޮތެކެވެ. ފިނިހަކަ ނައްތާލުމަށް ސަރުކާރުގެ އެހީތެރިކަމެކެވެ.

"މިހާރު ވާނީ ސަރުކާރުގެ ސަމާލުކަން މިކަން ގެނެސްފަ. ފިޝަރީޒް މިނިސްޓްރީން ވަރަށް އަވަހަށް އެޓެންޑްވާނެ ކަމަށް މައުލޫމާތު ލިބޭ. އުންމީދު ކުރަނީ ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް.'' އިބްރާހިމް ވިދާޅުވިއެވެ.

1400 މީހުންގެ އާބާދީއެއް އޮންނަ ވާދޫއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ފިނިހަކައިގެ އުނގުލުން އެރަށުގެ ރައްޔިތުން މިއަދު މިވަނީ މާޔޫސްކަމާ ކުރިމަތިލާންޖެހިފައެވެ. ރަމަޟާންމަހަށް ހައްދާ ބާވަތްތައް އިތުރުކޮށް، ހައްދާ މިންވަރު އިތުރުކުރި ނަމަވެސް އާމްދަނީގެ ގޮތުގައި ފައިދާއެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު