Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ބަހުން ކިޔަވައިދިނުން

ގްރޭޑް 1-3 ގެ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭން މަޝްވަރާ ކުރަނީ

މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2019 | އަންގާރަ 07:50
ޕްރައިމަރީގައި ކިޔަވާ ދަރިވަރުންތަކެއް

ޕްރައިމަރީގައި ކިޔަވާ ދަރިވަރުންތަކެއް

ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް 1 އިން ފެށިގެން 3 ގެ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭ ގޮތަށް މަންހަޖަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައި ވާތީ، އެކަމާ ގުޅޭ ދިރާސާތައް ހަދައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން، އެހެނިހެން ގްރޭޑްތަކުގެ ދަރިވަރުންނަށް "ސޯޝަލް ސްޓަޑީޒް" ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، މަންޙަޖުތަކުގައި ހުރި ކަންތައްތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ އެކަމެއް ދިރާސާކޮށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށާއި، މި މަސައްކަތުގެ ދަށުން ދިވެހި ބަހަށް ލިބިގެންދާނެ ކުރިއެރުންތަކާއި، ދަރިވަރުންގެ ކުރިއެރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް މިސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ޕަސެންޓެއް ހޭދަކުރަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެވަރު ބޮޮޑު ބަޖެޓެއް ތައުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު