Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރާ ސުވާލުކުރުން

ބޭނުމަކީ ދިވެހި އަސްކަރިއްޔާއަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނުފޫޒުގަދަ އަސްކަރިއްޔާއަކަށް ހެދުން: މާރިޔާ

4 މާރިޗު 2019 | ހޯމަ 05:26

އިންޓަރވިއުގެ އެންމެ ފަސް ސިކުންތު ބޭނުން ގޮތަކަށް ބަދަލުކޮށްލައިގެން ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 މާރިޗު 2019 | ހޯމަ 05:26
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

އެންމެ އިސްކަމެއް ދެއްވަނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނުފޫޒުގަދަ އަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާ ހެއްދެވުމަށް ކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަރވިއުއެއްގައި "އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް" ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ މެމްބަރު މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހޯމަދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް މިނިސްޓަރ ހާޒިރުކޮށް ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ތޯރިގް ހުށަހެޅުއްވި މައްސަލައިގައި ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، ހިމާޔަތް ކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި ރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، މާރިޔާ މިނިސްޓަރުގެ މަގާމުގައި ހުންނަވާ ފާޅުކުރައްވަމުން ގެންދަވާ ސިޔާސަތުތަކުން ނުވަތަ ވާހަކަތަކުން ޒިންމާތައް އަދާކުރެއްވޭތޯ، ތޯރިގް ވަނީ މިނިސްޓަރާއި ސުވާލު ކޮށްފައެވެ.

މިނިސްޓަރާއި މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ، އެކަމަނާގެ ޑިފެންސް މިނިސްޓަރު ކަމުގެ ދަށުގައި ބޭނުންފުޅުވަނީ ދިވެހި އަސްކަރިއްޔާއަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ހެއްދެވުން ކަމަށެވެ. ދިވެހި އަސްކަރިއްޔާ އަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނުފޫޒުގަދަ އަސްކަރިއްޔާއެއްގެ ގޮތުގައި ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ބޭނުންވަނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނުފޫޒުގަދަ އަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާ ބޭއްވުން. ގާބިލްކަން ހުރި ވަރުގަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުން. ޑިފެންސް މިނިސްޓަރަކީ ކޮންމެހެން ބަޑިޖަހަން އިނގެންޖެހޭ މީހެއް ނޫން. ޑިފެންސް މިނިސްޓަރުގެ މަސްއޫލިއްޔަތަކީ ދިވެހި އަސްކަރިއްޔާ ނުފޫޒުގަދަ ބާރުގަދަ ބަޔަކަށް އަސްކަރިއްޔާއަކަށް ހެދުން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ މަގާމު އެ ކަމަނާ ފުރުއްވަމުން އަންނައިރު އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ސިފައިންގެ ފަރާތުން ކަމަށާއި، އެގޮތުން ސިފައިންގެ ލަފާދޭ މަޖިލިސްގެ އެއްބާރުލުން އެކަމަނާއަށް ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އިންޑިޔާގެ "އެސްއެންއައި" ނިއުސްއަށް އެކަމަނާ ދެއްވި އިންޓަރވިއުއާއި ގުޅިގެން ސިފައިންގެ ލަފާދޭ ކައުންސިލަށް ހާޒިރުކޮށް ސުވާލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. ސިފައިންގެ ލަފާދޭ ކައުންސިލްގައި ތިއްބަވަނީ ވަރަށް ޕްރޮފެޝަނަލް ބޭފުޅުން ކަމަށާއި، ބާރުގަދަ ގައުމުތަކާއި ގުޅިގެން އުޅެން އެ މީހުން ދަންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

" ބަޔަކު ދައްކާ ވާހަކައަކުން ސިފައިންގޭގައި ތިއްބެވި ޕްރޮފެޝަނަލް ބޭފުޅުން ކަންބޮޑުނުވޭ. އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދާ ވާހަކައެއް. ކުރު މުއްދަތުގެ ސިޔާސީ މަންފާ ހާސިލްކުރަން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކަމަނާ އިންޑިޔާގެ ނިއުސް ޗެނަލް އަކަށް ދެއްވި އިންޓަރވިއުގެ އެންމެ ފަސް ސިކުންތު ބަޔަކު ބޭނުންވާ ވަކި މަގްސަދެއް ހާސިލްކުރަން ވަކި ގޮތަކަށް ބަދަލުކޮށްގެން އެ ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. އެކަމަނާގެ މުޅި އިންޓަރވިއު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ގައުމުގެ އަސްކަރިއްޔާގެ ކުރިމަތީގައިވެސް ފައިތިލަ ސާބިތުކޮށްލެވޭ ފަދަ ގާބިލްކަން ހުރި އަސްކަރިއްޔާއެއްކަން ހާމަކޮށްދިނުން ކަމަށެވެ. މާރިޔާ ވަނީ އެ އިންޓަރވިއުގައި ދެކެވުނު ވާހަކަ އެހެން ގޮތަކަށް މާނަކުރެވޭނަމަ، އެ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރު މަގާމު ލިބިވަޑައިގެންނެވިއިރު، މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި ހަތަރު ދައުރު ވަންދެން ފުރުއްވާފައެވެ.

އިންޑިޔާގެ "އެސްއެންއައި" ޗެނަލް ދެއްވި އިންޓަރވިއުއާއި ގުޅިގެން މާރިޔާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ 26 ފެބްރުއަރީގައި މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރު ކޯލިޝަނުން ބުނެފައި ވަނީ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާނެ ކަމަށެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު 14 މެމްބަރުންގެ ސޮއާ އެކު، ހުށަހަޅާފައި ވާތީ، އެ މައްސަލައިގެ ސައްހަކަމާ މެދު ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އަދި ފޮނުއްވާފައި ނުވާނެ ކަމަށާއި މަޖިލީހުން ބަލަމުންދަނީ އެ މައްސަލަ ގަވާއިދަށް ފެތޭތޯ ކަމަށެވެ. މައްސަލައެއް ހުށަހެޅުމުން އަބަދުވެސް އެ މައްސަލައެއް ގަވާއިދަށް ފެތޭތޯ މަޖިލީހުން ބަލާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް