Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޓްޒޯން

ފިޓްޒޯންއިން އަންހެނުންގެ ދުވަހަށް ޚާއްސަ ޕްރޮގްރާމްތަކެއް!

2 މާރިޗު 2019 | ހޮނިހިރު 13:41

މިއީ މުޅިން ހިލޭ ކުރިއަށްދާ ޕްރޮގްރާމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 މާރިޗު 2019 | ހޮނިހިރު 13:41
ފިޓްޒޯނުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ތެރެއިން

ފިޓްޒޯނުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ތެރެއިން

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ފިޓްޒޯންއިން އަންހެނުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ބާއްވަން ނިންމައިފިއެވެ.

ފިޓްޒޯންގެ ގުރޫޕު ފިޓްނަސް މެނޭޖަރ ޝަފްރާ ޒަރީރު ވިދާޅުވީ މިއީ އަންހެނުންގެ ދުވަހާއި ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެެވެ.

Advertisement - newsAdvertisement

އެގޮތުން މިޕްރޮގްރާމްތައް ކުރިއަށްގެންދާނީ މާރޗްމަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އިން ފެށިގެން 21:30 އާއި ހަމައަށް ކުރިއަށްގެންދާ ތަފާތު ތިން ޕްރޮގްރާމްގައެވެ.

އެހެންކަމުން މިޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށާއި މިފަރާތްތަކުން ފިޓްޒޯންއަށް ގުޅައިގެން ނަން ނޯޓް ކުރުމުގެ ފުރުޞަތު އެބަ އޮތް ކަމަށް ޝަފްރާ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލު މިޑްޓާމް ބަންދާއި ދިމާކޮށް ގްރޭޑް 7 އިން ފެށިގެން ގްރޭޑް 12އާއި ހަމައަށް ކިޔަވާ ކުދިންނަށް ހިލޭ ބައިވެރިވެވޭ ކްލާސްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް ޝަފްރާ ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމެއް ސްކޫލު ކުދިންނަށް ކުރިއަށް ގެންދަން ނިންމީ ފުރާވަރުގެ ކުދިން ދުޅަހެޔޮ ސިއްޙަތަކަށް ލޯބި ޖެއްސުމާއި ކަސްރަތު ކުރުމަކީ މުހިއްމު ކަމެއް ކަން އެކުދިންނަށް ވެސް މިކަމުގެ ތެރެއިން އަންގައި ދިނުމުގެ ބޭނުމުގައި ކަމަށް ޝަފްރާ ވިދާޅުވިއެވެ.

މާރޗް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާރޗް 14 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 17:00 އިން ފެށިގެން 18:00 އަށް މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހާއްސަ ކްލާހެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ސްކޫލު ކުދިންނަށް އެފުރުޞަތު ހުޅުވާލާފައިވާއިރު، ސްކޫލު ކުދިންނަށް ހާއްސަ ޕެކޭޖެއް ޕިޓްޒޯންއިން މިހާރުވެސް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޓް ޒޯނުން ކުރިއަށްގެންދާ ގުރޫޕު ފިޓް މިކްސްގައި، ސްޓީލް ކޮމްބެޓް، ސްޓީލް ޓްރެއިނިން، ސްޓީލް ޓޮނިކް، ސްޓްރޯންގ ބައި ޒުންބާ، ޒުންބާ، ފިޓްމިކްސް ހިމެނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ހުޅުވި ފިޓްޒޯން އަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދާ ތަނަކަށް ވާއިރު އެ ޖިމުން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން ފިޓްޒޯނުން ބުންޏެވެ.

އަދި މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި ތަފާތު ގިނަ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި ރާއްޖެޓީވީއާ ގުޅިގެން ހިންގާ "ސައްތަކިލޯ" ޕްރޮގްރާމާއި ބޫޓް ކޭމްޕްތަކުގެ އިތުރުން "މިސްޓަ ފިޓްޒޯން" ގެ ނަމުގައި ބޮޑީ ބިލްޑިން މުބާރާތްތެއް ވެސް ވަނީ ފަށައިފަ އެވެ. މި އަހަރު އަލަށް ފެށި މި މުބާރާތް 2019 ގައި ވެސް އޮންނާނެ ކަމަށް ފިޓްޒޯނުން ބުނެ އެވެ.

މީގެ އިތުރުންވެސް އެކި އެކި ޕްރޮމޯޝަންތައް ކުރިއަށްގެންދިއުމަށް ފިޓްޒޯނުން ދަނީ ތައްޔާރުވަމުންނެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް