Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮއްޓޯ ވޮމްބިއަރގެ މަރު

ކިމް އަށް ޓްރަމްޕް ތައުރީފް ކުރެއްވުމުން ވޮމްބިއަރގެ އާއިލާއިން ފާޑުކިޔައިފި

2 މާރިޗު 2019 | ހޮނިހިރު 06:40

އުތުރު ކޮރެއާއިން ބުނެފައިވަނީ ވޮމްބިއަރގެ މަރަކީ ގޮތްނޭނގޭ މަރެއް ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 މާރިޗު 2019 | ހޮނިހިރު 06:40
އުތުރު ކޮރެއާއިން ވޮމްބިއަރ ހައްޔަރުކުރީ 2016 ވަނަ އަހަރު ޖެނުއަރީމަހު

އުތުރު ކޮރެއާއިން ވޮމްބިއަރ ހައްޔަރުކުރީ 2016 ވަނަ އަހަރު ޖެނުއަރީމަހު

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށް ތައުރީފް ކުރުމުން، އުތުރު ކޮރެއާއިން ހައްޔަރުކޮށްފައި ބެހެެއްޓުމަށްފަހު ދޫކޮށްލުމުން އެނބުރި ގައުމަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވި އެމެރިކާގެ ދަރިވަރު، އޮއްޓޯ ވެމްބިއާގެ އާއިލާ އިން ކުށްވެރިކޮށްފިއެވެ.

ވޮމްބިއަރގެ އާއިލާއިން ބުނީ ކުރާ ތައުރީފަކުން ނުވަތަ ދައްކާ ބަހަނާއަކުން، ވޮމްބިއަރ މަރާލީ "ކިމް އާއި އޭނާގެ ޝައިތާނީ ސަރުކާރުން" ނޫން ކަމަކަށް ނުހެދޭނެ ކަމަށެވެ.

ރައީސް ޓްރަމްޕްއާ ކިމްގެ ދެވަނަ ބައްދަލުވުން ފެބްރުއަރީ މަހުގެ 27-28 ގައި ވިއެޓްނާމްގެ ހެނޯއީގައި ބާއްވާފައިވާއިރު އެއްވެސް އެއްބަސްވުމެއް އެކުލަވާނުލެވެއެވެ.

ވޮމްބިއަރގެ އާއިލާއިން ނުރުހުން ފާޅުކުރުމާ އެކު ރައީސް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ ވާހަކަ ނުބައިކޮށް ތަރުޖަމާ ކުރައްވާފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރައްވަމުން ގެނދަވާ ކަމަށެވެ. މީގެ އިތުރުން ޓްރަމްޕްވަނީ ވޮމްބިއާގެ މަތިން ހަނދުމަފުޅުވާކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގެ ދަރިވަރެއްގެ ގޮތުގައި ހުރި ވޮމްބިއަރ ޕިޔޯންގަޔަންގ އިން ހައްޔަރު ކޮށްފައި ވަނީ ހޮޓަލުގެ ސައިން ބޯޑެއް ނެގުމުން 2016 ވަނަ އަހަރުއެވެ.

ސިއްހީ ހާލަތު ހުރިގޮތުން 2018 ވަނަ އަހަރުގެ ޖޫން މަހު އޭނާ ދޫކޮށްލާފައިވާއިރު އެނބުރި ގައުމަށް ދިޔައިރު އޭނާގެ ހާލު ސީރިއަސްވެ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ.

ވޮމްބިއަރއާ މެދު ގޯހުން ކަންކަން ކޮށްފައިވާ ކަމަށް ބުނާ ބުނުން އުތުރު ކޮރެއާއިން އަބަދުވެސް ދަނީ ދޮގުކުރަމުންނެވެ. އެ ގައުމުން ބުނަމުން ދަނީ އޭނާ ޖަލުގައި ހުރިއިރު އޭނާއަށް ބޮޗުލިސަމް (ނާރުތަކަށް ވިހައިގެ އަސަރުކުރުން) ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ޑޮކްޓަރުންނަށް އެފަދަ ކަމެއް ފެނިފައެއް ނުވެއެވެ.

ވޮމްބިއަރގެ އާއިލާއިން ބުނީ އެމީހުންނަށް އޭނާ ފެނުނުއިރު އޮތީ ބޯބާލައިފައިކަމަށާއި އޭނާގެ ލޯ އަނދިރިވެ ކަންފަތް ބީރުވެ ހަތަރެެސްފައި އަނބުރާލާފައިވާ ކަމަށެވެ. އަދި އޭނާގެ ފައިތިލައިގައި ބޮޑު ލަކުނެއް އިން ކަމަށެވެ.

https://www.bbc.com/news/world-us-canada-47418956

https://raajje.mv/news/47152

https://raajje.mv/news/18435

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް