Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ ޑެލްރޭ

ކޮޕާ ޑެލްރޭ: ރެއާލް ދަނޑުގައި ހޯދި ބޮޑު މޮޅާއެކު ބާސާ ފައިނަލަށް

ރެއާލްގެ މައްޗަށް ބާސާ ކުރިހޯދީ 1-4 ގެ އެގްރިގޭޓް ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 28 ފެބުރުއަރީ 2019 | ބުރާސްފަތި 00:42
ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ކޮޕާ ޑެލްރޭގައި ރެއާލް މެޑްރިޑް ދަނޑުގައި ހޯދި ބޮޑު މޮޅާއެކު ބާސެލޯނާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ރެއާލްއާ ވާދަކޮށް ބާސާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-1 އެއްވަރުވެފައިވާއިރު، ރެއާލްގެ މައްޗަށް ބާސާއިން ކުރިހޯދީ 1-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މި ހާފްގައި ރެއާލްއަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރޭގައި ކަރިމް ބެންޒެމާ އާއި ވިނީސިއަސް ޖޫނިއާސްއަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓު ތެރޭގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އުސްމާނޭ ޑެމްބެލޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ.

މި ލަނޑަށްފަހުވެސް ބާސާއަށް ވަނީ ލީޑު ފުޅާކުރުމަށް ފުލުފުލުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ރެއާލްއަށްވެސް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ބާސާއިން ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އުސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން ރެއާލްގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޑެމްބެލޭ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ބާސާގެ ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސުއަރޭޒްއެވެ. މި ލަނޑަކީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސުއަރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފަހު 15 މިނެޓު ތެރޭގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް ކަޓުވާލުމަށްފަހު ބާސާ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ މި މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ބާސާ ފުރުސަތު ތަނަވަސްކުރި ހަވަނަ ފަހަރެވެ. އެޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށްވާއިރު، މިހާތަނަށް ވަނީ 30 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 10 ފަހަރެއްގެ މަތިން އެޓީމު ވަނީ ދެވަނަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު