Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އީޝާ ޑިއޯލް

އީޝާ ޑިއޯލް ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!

ފުރަތަމަ ދަރިފުޅު ލިބިފައިވަނީ އޮކްޓޯބަރ 2017 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2019 | އަންގާރަ 20:48
އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީ

އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީ

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީއަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.

ދެވަނަ ދަރިއަކު ލިބޭކަން އިއުލާންކޮށްފައި ވަނީ އެ ދެމަފިރިންގެ އަންހެން ދަރިފުޅު ރާދްޔާގެ ފޮޓޯއަކާއި އެކުއެވެ.

އެ ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އީޝާއާއި ބާރަތަށް އިތުރު ދަރިއެއް ލިބެން އުޅޭތީ އާއިލާ ތިބީ ވަރަށް އުފަލުން ކަމަށެވެ.

އީޝާ ޑިއޯލްއަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ އޮކްޓޯބަރ 2017 ގައެވެ. އެދެމީހުންނަށް ފުރަތަމަ ކުއްޖަކު ލިބުނީ ކައިވެނީގެ 5 އަހަރު ފަހުންނެވެ.

އީޝާ ޑިއޯލް އަކީ ފިލްމީ ތަރި ދަރުމެންދުރާ ސިންގ ޑިއޯލް އަދި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލްގެ އެއްބަފާ ކޮއްކޮވެސްމެއެވެ.

ފިލްމް ކުޅުމުގެ އިތުރުން އީޝާ ޑިއޯލް އަކީ އޭނާގެ މަންމަ ހެމާ މާލިނީ ފަދައިން ކްލެސިކް ޑާންސް ދަސްކޮށްފައިވާ ނެށުންތެރިއެކެވެ. މީގެ އިތުރުން އީޝާ ޑިއޯލްއަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި އަންހެނުންގެ ފުޓްބޯޅަ ކުޅޭ ފުޓްބޯޅަ ކުޅުންތެރިއެއްވެސްމެއެވެ.

އީޝާ ޑިއޯލް އިންޑިއާގެ ފިލްމީ ދާއިރާއަށް ނިކުތީ 2002 ވަނަ އަހަރު ރިލީޒްކުރި 'ކޮއި މޭރޭ ދިލްސޭ ޕޫޗޭ' އިންނެވެ. މިހާތަނަށް ވިއްސަށްވުރެ ގިނަ ފިލްމުގެ މައި ރޯލް ތަކުން އީޝާ ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ފިލްމްގައި އީޝާ އެކު ހަރަކާތްތެރި ވެފައިވަނީ އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރު އަދި އާފްތާބް ސިވްދަސާނީއެވެ.

އީޝާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިޓްވި ފިލްމަކީ 2004 ވަނަ އަހަރު ނިކުތް ދޫމްއެވެ. އޭގެ ފަހުން ނިކުތް ކާލްއަކީވެސް ހިޓްވި ފިލްމެކެވެ.

އީޝާގެ ފިލްމް ތަކުގެ ތެރެއިން އެންމެ ފަހުން ނިކުމެފައިވާ ފިލްމަކީ 2008 ވަނަ އަހަރު ކުރީކޮޅު ނިކުމެފައިވާ ސަންޑޭ އަދި ވަން ޓޫ ތްރީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
އީޝާ ޑިއޯލް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު!

އީޝާ ޑިއޯލް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު!

27 އެޕްރީލު 2017
"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ

"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު