Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބިޒްނަސް ކޮންވެންޝަން 2019

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި

ކޮންވެންޝަންގައި 150 ފަރާތަކުން ބައިވެރިވާން ހަމަޖެހިފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 26 ފެބުރުއަރީ 2019 | އަންގާރަ 07:13
ބިޒްނަސް ކޮންވެންޝަން 2019 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބިޒްނަސް ކޮންވެންޝަން 2019 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވޭ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ކޮންވެންޝަންގެ މި ފަހަރުގެ ޝިއާރަކަށް ހަމަޖައްސާފައި ވަނީ "ދެމެހެއްޓެނިވި ނޫ އިގްތިސާދަކަށް އަމާޒުކުރުން" މިއެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ، މި ކޮންވެންޝަންގެ މަގްސަދަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލަތަކަށް ހޯދޭނެ ހައްލެއް ވިޔަފާރިވެރިންގެ ތެރޭގައި މަޝްވަރާކުރެވި އެކަންކަން ސަރުކާރާއި ހިއްސާކުރުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ކޮންފަރެންސްތަކުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވާ މަައްސަލަތައް ސަރުކާރާ ހިއްސާކުރެވި، ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގެ އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރަން ފުރުސަތު ލިބިގެންދާނެކަމަށް" ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮންވެންޝަންގައި 150 ފަރާތަކުން ބައިވެރިވާން ހަމަޖެހިފައިވާ އިރު، ވާޗުއަލް ކެމްޕަސް ފެސިލިޓީ މެދުވެރިކޮށް އަތޮޅުތެރޭގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ވެސް މި ކޮންވެންޝަންގައި ބައިވެރިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

މި ކޮންވެންޝަންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުގެ އިދާރާތަކާއި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަދި ބޭންކިން އާއި އިންޝޫރެންސް ފޯރުވައިދޭ ފަރާތްތަކުން ފޯރުވައިދޭ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަދާފައިވާ ނޮލެޖް ހަބް ވެސް ހުޅުއްވައިދެއްވާފައެވެ. ނޮލެޖް ހަބްގެ ބޭނުމަކީ މި ކޮންވެންޝަންގެ ތެރެއިން އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ވިޔަފާރިތަކަށް ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވަން ހަމަޖެހިފައިވާ ކޮންވެންޝަންގެ ފުރަތަމަ ދުުވަހު މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަރުދާސްތަކަކީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކާއި، ވިޔަފާރި ތައުލީމު އަދި ޓެކްނޮލޮޖީއާއި، އައިސީޓީ ދާއިރާގެ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް އަދި ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަލަތައް ކަމަށް ވިސާމް ވިދާޅުވިއެވެ.

މި ކަރުދާސްތައް ހުށައަޅަައި ނިމުމުން ވިޔަފާރިވެރިންގެ މެދުގައި މަޝްވަރާ ކުރަން ގްރޫޕް ޑިސްކަޝަންތަކެއް ބޭއްވުމަށް ފަހު، ކޮންވެންޝަންގެ ފުރަތަމަ ދުވަހުގެ ސެޝަން ނިންމަން ހަމަޖެހިފައިވަނީ އެ މަޝްވަރާތަކުގެ ކުރު ހުލާސާއަކާއި އެކު ކުރިމަގަށް ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލާ ބާއްވާ ޕްރެޒެންޓޭޝަންއަކުންނެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2018

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ދައްކާލައިފި

02 އޯގަސްޓު 2018
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ދައްކާލައިފި
25 ޖުލައި 2018

ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

25 ޖުލައި 2018
ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
02 ޖުލައި 2018

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

02 ޖުލައި 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ
27 މެއި 2018

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

27 މެއި 2018
ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި
08 މާރިޗު 2018

މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

08 މާރިޗު 2018
މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި
07 ޑިސެމްބަރު 2017

އިއްތިޙާދުން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުކުރަނީ

07 ޑިސެމްބަރު 2017
އިއްތިޙާދުން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުކުރަނީ
17 އޯގަސްޓު 2017

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި

17 އޯގަސްޓު 2017
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި
05 ޖުލައި 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
14 މެއި 2017

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި

14 މެއި 2017
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު