Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދެ ނައިބު ރައީސުން މަގާމުން ދުރުކުރީ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާނުކުރާތީ: މެމްބަރު އަބްދުލްގަފޫރު

25 ފެބުރުއަރީ 2019 | ހޯމަ 07:36

ޓެކްސްގެ ފައިސާއިން އިނާޔަތްތައް ހަމަޖައްސާއިރު، ހަރަދު ކުރެވޭނީ ވަކި މިންގަނޑަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2019 | ހޯމަ 07:36
މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުން ދެ ނައިބު ރައީސުން މަގާމުން ދުރުކުރީ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާނުކުރައްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވައިފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ހުޅަހެޅުމުން ބަހުސް ކުރައްވަމުން މެންބަރު އަބްދުލްގަފޫރު ވިދާޅުވީ ނައިބުންނަށް އިނާއަތާއި ރައްކާތެރިކަން ދިނުމަށް މަޖިލީހަށް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުލްގަފޫރު ވިދާޅުވީ ފަސް އަހަރުގެ ޓާމެއްގެ ތެރެއިން ތިން އަހަރު ދުވަހު އެމަގާމުގައި ހުންނަވައިފިނަމަ ދައުލަތުން އިނާއަތާއި ރައްކާތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ފަސް އަހަރު ނައިބް ރައީސްކަން ކުރެއްވި ތިން ބޭފުޅުން އެބަތިއްބެވި ކަމަށާއި، މިހުރިހާ ބޭފުޅުންނަށް ދައުލަތުން އިނާޔަތާ ރައްކާތެރިކަން ދެވޭނެތޯ މިއީ އުފެދޭ ސުވާލެއް ކަމަށެވެ.

އަބްދުލްގަފޫރު ވިދާޅުވީ ދެނައިބު ރައީސުން މަޖިލީހުން މަގާމުން ދުރުކުރީ ހަވާލުކުރެވޭ ޒިންމާއާ ވާޖިބު އަދާ ނުކުރެވޭތީ ކަމަށާއި، އެބޭފުޅުންނަށް އިތުރު އިނާއަތް ދިނުމަށް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސްގެ ފައިސާއިން އިނާއަތްތައް ހަމަޖައްސާއިރު، ހަރަދުކުރެވޭނީ ވަކި މިންގަނޑަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިހިނެތްތޯ އުމުރަށް މާލީ ރައްކާތެރިކަމާއި، މާލީ އިނާއަތާއި، މިހުރިހާ ކަމެއްދީގެން އަޅުގަނޑުމެން މިހުރިހާ ބޭފުޅުން ގެންގުޅޭނީ. ފަސް އަހަރު ދުވަހުގެ ޓާމެއްގެ ތެރޭގައި އިނާއަތް ދޭންޖެހޭ ހަތަރު ބޭފުޅުން އެބަތިބި. މިހާރު ވެސް އަހަރެއްގެ މައްޗަށް 15 މިލިއަން 20 މިލިއަން ރުފިޔާ ދައުލަތުގެ ފައިސާއިން އެބަ ހަރަދުވޭ. މިދައްކަނީ ތިން ލައްކަ މީހުން ދިރިއުޅޭ ގައުމެއްގެ ވާހަކަ. މިއީ މިގައުމަށް ކުރެވޭނެ ކަމައްތޯ މިއީ ކުރެވޭނެ ސުވާލެއް." އަބްދުލްގަފޫރު ވިދާޅުވިއެވެ.

އަބްދުލްގަފޫރު ވިދާޅުވީ ގައުމަށް ޚިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ އިނާއަތާ ރައްކާތެރިކަން ދިނުން އެއީ ގޯހެއް ނޫން ކަމަށާއި، ނަމަވެސް ވަކި އުސޫލުތަކެއް ހުންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކަމެއް ހުށަހެޅިގެން ކަމެއް ފާސް ކުރާއިރުގައި އެއީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"ނައިބް ރައީސްއަށް ވުރެ މަތިން ރައީސުލްޖުމްހޫރިއްޔާ މިހުންނަވަނީ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވެސް ތިން އަހަރު ދުވަހު ފަސް އަހަރުގެ ޓާމެއްގެ ތެރެއިން ތިން އަހަރު ފުރިހަމަ ނުކުރާ ކަމަށްވަންޏާ އެއްވެސް އިނާއަތެއް ނޯވޭ މަޖިލީހުގައި. އެއްވެސް މާލީ އިނާއަތެއް ނޯވޭ. އެއްވެސް ރައްކާތެރިކަމެއް ނޯވޭ. އެހެންވީމަ މިހުރިހާ ކަމަކަށް އަޅުގަނޑުމެން ރިޔާއަތް ކުރަންޖެހޭ އެބަޖެހޭ މިކަން ފާސް ކުރާއިރު." އަބްދުލްގަފޫރު ވިދާޅުވިއެވެ.

ބައެއް ނައިބު ރައީސުން ނިކަމެތިހާލުގައި ދިރިއުޅުމުން ގެންދާ ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވައިފައިވާތީ އެކަމަށް އިޝާރަތް ކުރައްވާ އަބްދުލްގަފޫރު ވިދާޅުވީ ނިކަމެތިކަމާއި، އަރާމުގައި ދިރިއުޅެމުންގެންދާ މީހުން އޮޅިފައިނުވާ ކަމަށެވެ.

އަބްދުލްގަފޫރު ވިދާޅުވީ ބައެއް ރައްޔިތުން ދިރިއުޅެމުން ގެންދަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި، ރައްޔިތުންނަށް ނުދޭ އެއްޗެއް ރައްޔިތުން ހޮވާ ވެރިންނަށް ދިނުމާމެދު އިތުރު ވިސްނުމަކަށްދާން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ހުޅަހަޅާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން ނައިބު ރައީސްއަކު ވަނީ އައްޔަން ކުރައްވާފައެވެ. ޔާމީން ވެރިކަމުގެ ފުރަތަމަ ނައިބް ރައީސްއަކީ މުހައްމަދު ޖަމީލު އަހުމަދުއެވެ. އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި ވަކިކުރެއްވީ 22 ޖުލައި 2015 ގައެވެ. އެއަށް ފަހު ނައިބް ރައީސް ކަމަށް އައްޔަން ކުރެއްވި އަހުމަދު އަދީބު މަގާމުން ދުރުކުރެއްވީ 5 ނޮވެންބަރު 2015 ގައެވެ. އަދީބަކީ ރާއްޖޭގައި އެންމެ ކުރު މުއްދަތަކަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅާ އަށެވެ. އެއީ 107 ދުވަހެވެ. އަދި އެންމެފަހުން އައްޔަން ނައިބް ރައީސް ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދެވެ. ޔާމީންގެ ވެރިކަން ނިމެންދެން ޖިހާދު ނައިބުގެ މަގާމުގައި ހުންނެވިއެވެ.

އޭގެތެރެއިން އަދީބަކީ ޖަލު ހުކުމެއް ތަންފީޒް ކުރައްވާ ބޭފުޅެއްކަމުން، އެމަނިކުފާނަށް މި ބިލްގެ ތެރެއިން އިނާޔަތެއް ލިބިވަޑައެއްނުގަންނަވާނެ އެވެ. ޔާމީންގެ ދައުރުގެ ތިން ނައިބު ރައީސްގެ އިތުރުން އެއީ ކުރީގެ ނައިބް ރައީސް އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، މުހައްމަދު ވަހީދުއްދީން ވަނީ ނައިބް ރައީސްކަން ކުރައްވާފައެވެ. މިހާރު ނައިބް ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމުއާއެކު ޖުމްލަ ރާއްޖޭގައި 6 ނައިބު ރައީސުން އެބަތިއްބެވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް