ްއައްޑޫގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި
25 ފެބުރުއަރީ 2019 | ހޯމަ 06:01ހަމަލާ ދީފައިވަނީ އިންޑިއާ ފިރިހެނަކަށް

ދާނިޝް ނިޡާމް | 25 ފެބުރުއަރީ 2019 | ހޯމަ 06:01
އައްޑޫ ސިޓީ
އައްޑޫސިޓީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދިޔަ އިންޑިޔާ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފެބްރުއަަރީ 25 ވަނަ ދުވަހުގެ ފަތިހު 4:00 ގައި ކަމަށާއި ތޫނު އެއްޗަކުން އެމީހާގެ މޫނުމައްޗަށް ހަމަލާ ދީފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން ދާ ކަމަށާއި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.







