Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް މިނިސްޓަރު އިމްރާން

އުނގެނޭ އެއްޗެއް ހަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް ޢިމްރާން އިލްޠިމާސް ކުރައްވައިފި

ޒުވާނުންނަށް ބާރު އެޅުއްވީ ދަސްވި ހުރިހާ އެއްޗެއް ހަޔާތުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރުމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 ފެބުރުއަރީ 2019 | އާދީއްތަ 04:20
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ

އެއްޗެއް އުނގެނުމަށް ފަހު އެއެއްޗެއް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭންގުމަކީ އެ އުނގެނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ހއ.އަތޮޅުގެ ރަށްތަކުން އަށްޑިހައަށް ވުރެ ގިނަ ޒުވާނުންނާއެކު ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ އިލްމަކާ ނުލާ އަމަލަކީ ނުވާއެއްޗެއް ކަމަށެވެ. އަދި އެއްވެސްކަމެއް ކުރަން ބޭނުމިއްޔާ އެކަމެއްގެ ޢިލްމް ފުރިހަމައަށް ނުލިބޭނަމަ އެކަމަކުން ދުރުހެލިވުމަށް އެ މަނިކުފާން އިލްތިމާސް ކުރެއްވިއެވެ.

ކޮންމެ ކަމެއް ކުރަން ބޭނުންވާ މީހާވެސް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެކަމެއްގެ ޢިލްމް ހޯދުންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަމަލުނުކުރެވޭ އިލްމެއް މީހަކަށް ލިބުމަކީ ދުނިޔޭގައި އެއަށްވުރެ ބޮޑު މޮޔަކަމެއް ނުވާކަމެއް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑު ބޭކާރުކަމެއް ނުވާނެ ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޒުވާނުންނަށް ބާރު އެޅުއްވީ ދަސްވި ހުރިހާ އެއްޗެއް ހަޔާތުގެ ހުރިހާ މައިދާނެއްގައި ބޭނުން ކުރުމަށެވެ.

" އަޅުގަނޑުގެ އެދުމަކީ ދަސްވި ހުރިހާ އެއްޗަކީ ހަޔާތުގެ އަމަލީ މައިދާނުގައި އަބަދުވެސް ބޭނުންކުރާނެ އެއްޗަކަށް ހެދުން " މިނިސްޓަރ ވިދާޅުވިއެވެ.

ބަހާއި، ޘަޤާފަތަށް ޒުވާނުން ޝައުޤުވެރިވުމުގެ މުޙިއްމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤައުމިއްޔަތުދެކެ ލޯބިވާ ދިވެހި ޒުވާނުންގެ ވަރުގަދަ ޖީލެއް ބިނާކުރުމަކީ މުޙިއްމުކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދިވެހި ބަހަށް، ޤައުމިއްޔަތަށް، ޘަޤާފަތަށް، ތަރިކަ ރައްކާތެރިކޮށްގެން ތިބެ، މިބަވަނަ ވެފައިވާ ދުނިޔޭގައި ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މިނިސްޓްރީއަށާއި ސަރުކާރަށް އިންތިޚާއަށް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!

26 މެއި 2017
އެމްޕީއެލް އިން ހިންގާ ނޯތު ޕޯޓް ކެފޭ ބަންދު ކޮށްފި، މުވައްޒަފުން ވަކި އެއްޗެއް އަންގާނީ ރަމްޟާން މަހަށް ފަހު!
17 މެއި 2017

ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް

17 މެއި 2017
ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ފިކުރަށް އަންނަ އެއްޗެއް:ހަސަން ލަތީފް
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
16 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން

16 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު