Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިމް - ޓްރަމްޕް

ކިމް ޓްރަމްޕް އާއި ބައްދަލުކުރަން ދަތުރުކުރަނީ ރޭލަކުން: ރިޕޯޓް

ކިމްގެ ދަތުރު ފަށާފައި ވަނީ ހޮނިހިރު ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 24 ފެބުރުއަރީ 2019 | އާދީއްތަ 02:18
ކިމް އާއި ޓްރަމްޕަށް މަރުހަބާ ކިޔުމަށް ހަނޯއީގެ ރެސްޓޯރެންޓެއްގައި ހިއްޕާފައިވާ ފޯސްޓަރެއް

ކިމް އާއި ޓްރަމްޕަށް މަރުހަބާ ކިޔުމަށް ހަނޯއީގެ ރެސްޓޯރެންޓެއްގައި ހިއްޕާފައިވާ ފޯސްޓަރެއް

އުތުރު ކޮރެއާގެ ލީޑަރު ކިމް-ޖޮން އުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލު ކުރުމަށް ވިއެޓްނާމް އަށް ދަތުރު ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ބައްދަލުން ވެގެންދާނީ ކިމް އާއި ޓްރަމްޕްގެ ދެ ވަނަ ބައްދަލުވުމަށެވެ. މި ދެބޭފުޅުންގެ ތާރީހީ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ.

މި މަހުގެ 27–28 އަށް ވިއެޓާންމްގެ ވެރިރަށް ހަނޯއީގައި ބާއްވާ ބައްދަލުވުމަށް ކިމް ދަތުރު ކުރަނީ ރޭލްގައެވެ. ހޮނިހިރު ދުވަހު ކިމްގެ ރޭލް އުތުރު ކޮރެއާގެ ޕިއޮންގްޔަންގް އިން ޗައިނާގެ ސިނޯ-ކޮރިއަން ފްރެންޑްޝިޕް ބުރިޖް ހުރަސްކޮށް ދަތުރުކޮށްފައި ދިޔަ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ސިނޯ-ކޮރިއަން ފްރެންޑްޝިޕް ބުރިޖް/ ފޮޓޯ - ރޮއިޓާސް

ކިމްއަށް ވިއެޓްނާމް އަށް ފްލައިޓްގައި ދަތުރު ކުރެވެން އޮތަސް ވިއެޓްނާމްއިން ވަނީ ކިމް ދަތުރުކުރުމަށްޓަކައި ހާއްސަ ރޭލެއް އުތުރު ކޮރެޔާ އަށް ފޮނުވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކިމް ދަތުރު ކުރާ ރޭލް މިހާރު ވަނީ ޗައިނާގެ ޑަންޑޮންގަށް ގޮސްފައެވެ. ކިމް ވިއެޓްނާމް އަށް ވަޑައިގަތުމުގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރޮއިޓާސް އިން ރިޕޯޓްކުރެއެވެ. އެއަށްފަހު ކިމް ޗައިނާ އިން ވިއެޓްނާމް އަށް ދަތުކުރާނީ 170 ކިލޯމީޓަރު ކަނޑަތުކޮށް ކާރުގައެވެ.

ކިމް ވަޑައިގަންނަވާއިރަށް ވިއެޓްނާމްގެ ބޯޑަރު ކައިރީ ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާއިރު، ޗައިނާ އިން ވިއެޓްނާމް އަށް ދަތުރު ކުރާ މަގު ބަންދު ކުރާންވަނީ ހަމަޖެހިފައެވެ.

ޓްރަމްޕް އާއި ކިމްގެ ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ ވެރިރަށް ހަނޯއީގެ ހޯން ކިއެމް ޑިސްޓްރިކްޓްގައި ހުންނަ އާސާރީ ގެސްޓް ހައުސްއެއްގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިމް-ޓްރަމްޕް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް

ވިއެޓްނާމްގެ ރައީސްގެ ގުއެންހޫ ޓްރަންގެ ދައުވަތަކަށް ކިމް ވިއެޓްނާމްއަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. ކިމްއާއި ޓްރަމްޕްގެ ބައްދަލުވުމާއި ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިފަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވާރާ ކުރަން ހަމަޖެހިފައި ވަނީ އުތުރު ކޮރެޔާ އިން ނިއުކުލިޔާ ހަތިޔާރު ނައްތާލުމާއި ބެހޭ ގޮތުންނެވެ. މިދިޔަ އަހަރު ޖޫން މަހު ކިމްއާއި ޓްރަމްޕް ބޭއްވި ބައްދަލުވުމުގައި އުތުރު ކޮރެޔާ އިން ނިއުކުލިޔާ ހަތިޔާރު އުފެއްދުން ހުއްޓަލާނެ ކަމަށް ކިމް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް ކޮރެޔާއިން ނިއުކުލިޔާ ހަތިޔާރު އުފެއްދުން އެއްކޮށް ހުއްޓަލާފައިއެއް ނުވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު