Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

މަޖިލިސް އިންތިހާބު ފަސްކޮށްދޭން ޕްރޮގްރެސިވް ކޯލިޝަނުން އެދެފި

އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އީސީން ވަނީ ބުނެފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2019 | ހޮނިހިރު 13:00
ޕީޕީއެމް އާއި ޕީއެންސީ އިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

ޕީޕީއެމް އާއި ޕީއެންސީ އިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށް ދޭން ޕްރޮގްރެސިވް ކޯލީޝަނުން އިލެކްޝަންސް ކޮމިޝަނުގައި އެދެފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ބޭއްވޭ މާހައުލެއް ނެތް ކަމަށް ބުނެ އިލެކްޝަނަށް ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާނެ އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކޮށްފައި ހުރުން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ މި ގައުމުގައި ރައްޔިތުންގެ ތާއީދު އެންމެ ބޮޑު ބޭފުޅަކީ ރައީސް ޔާމީން.އެހެންވީމަ އެމަނިކުފާނު އަޅުގަނޑުމެންނާއެކީ ނެތި ޖަލުގައި އެކަނިވެރިކާއެކު އޮންނަވަން ޖެހިވަޑައިގަތުމަކީ އަޅުގަނޑުމެން ޕާޓީ އަށް، އަޅުގަނޑުމެންގެ ކޯލިޝަނަށް ލިބޭ ނިކަމެތި ކަމެއް. އަޅުގަނޑުމެންގެ މެމްބަރުންގެ ކެމްޕެއިނަށް ވެސް އޭގެއިން ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމެއް، އެއީ އެއްކަންތައް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރަން ޖެހޭ އަނެއް ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސާއި މިހާރު ޖިނާއީ ދެ ދައުވާއެއް ރައްދުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމާއި ބައެއް އެހެން މީހުންގެ ޕާސްޕޯޓް ހިފަހައްޓަން އުޅޭ ކަމުގެ އަޑުއެތައް ފެތުރިފައިވުން ކަމަށެވެ.

ޕީޕީއެންސީ އަދި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އެމްޑީޕީން ބިރު ދައްކަމުން ދިއުން ވެސް އިންތިހާބު ފަސްކޮށްދޭން އެދުނު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ޖަލަށް ލާނެ ކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ބުނަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރޭގައި ނިހާން ޕޮލިހަށް ހާޒިރުކުރީ ބަޔާނެއް ނަގަން. ހާޒިރުކުރީމަ އެ ދާއިރާގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓާއި އެ ކެންޑިޑޭޓަށް ތާއިދުކުރާ ސަޕޯޓަރުން އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ގޭގެއަށް ޒިޔާރަތްކޮށް، މަގުމަތިން ބައްދަލުކޮށް، ނިހާންގެ ދުވަސް ދިޔައީ އޭ، ނިހާނަށް ދެން ޖަހާނީ ވާނުވާއޭ، އިންތިހާބު އަންނަންވާއިރު ނިހާންގެ ނަމެއް ނޯންނާނެ އޭ ބުނެ އަޑު ފެތުރުން އެއީ ބިރުދެއްކުން. އަދި ހަމަ އެކަނި ތިނަދޫ ދެކުނު ދާއިރާގައި އެކަންޏެއް ނޫން އެކަން ހިނގަމުން ދަނީ. އަޅުގަނޑުމެންގެ ވަރަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައި ތިބި ދާއިރާތަކުގައި އެކަން އެބަ ކުރިއަށް ދޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކޮށްދޭން ޕްރޮގްރޮސިވް ކޯލިޝަނުން އެދުނު ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހް ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު