Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ނަޝީދު މިނިވަންކުރުން

ސުޕްރީމް ކޯޓު ކައިރިން ފެނުނު ހިތާއި ހިތުގެ ހަޤީޤީ ގުޅުން

26 ނޮވެމްބަރު 2018 | ހޯމަ 13:37

ރައްޔިތުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔަ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 ނޮވެމްބަރު 2018 | ހޯމަ 13:37
ރައީސް މުހައްމަދު ނަޝީދުގެ ގައިގައި ބައްދާލައިގެން އެ މަނިކުފާނުގެ ސަޕޯޓަރަކު ރޮނީ

ރައީސް މުހައްމަދު ނަޝީދުގެ ގައިގައި ބައްދާލައިގެން އެ މަނިކުފާނުގެ ސަޕޯޓަރަކު ރޮނީ

މިއަދު އަޅުގަނޑު ސުޕްރީމްކޯޓް ސަރަހައްދަށް ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައި އޮތުމާއެކު އެ މައްސަލަ ކަވަރު ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. އަޅުގަނޑު ސުޕްރީމްކޯޓް ސަރަހައްދަށް ދިޔައިރު ފެނުނީ ރައީސް ނަޝީދަށް ސަޕޯޓް ކުރާ، އެ މަނިކުފާނަށް ތާޢީދްކުރާ އެތަށް ބަޔަކު ސުޕްރީމް ކޯޓް ދޮށުގައި މަޑުކޮށްލައިގެން ތިބި މަންޒަރެއެވެ. ކޮންމެ މީހެއްގެ އަތުގައި ރައީސް ނަޝީދުގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރެއް އޮތެއެވެ. އެ ޕޯސްޓަރުގައި ލިޔެފައި އޮތީ "ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް ބާތިލް ކުރޭ"، "ރައީސް ނަޝީދަށް ކޮށްފައިވާ ޖަލު ހުކުމްކޮށްފައިވަނީ ގާނޫނޫ އަސާސީ އާއި ޚިލާފަށް ހުކުމް ބާތިލްކުރޭ" މިހެންނެވެ. ސުޕްރީމްކޯޓްގައި ރައީސް ނަޝީދުގެ ޝަރީއަތް ފެށުނީ 10:45 ގައެވެ. ޝަރީއަތް ނިމުނީ މެންދުރު 12 ޖަހާކަންހާއިރުއެވެ.

ސުޕްރީމްކޯޓް ސަރަހައްދަށް އެއްވެ ތިބި ރައީސް ނަޝީދަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ އެ މަނިކުފާނު މިނިވަންވާނެ ވަގުތަކަށެވެ. ޝަކުވާއެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ އެންމެން އައިސް ސުޕްރީމް ކޯޓް ކައިރީގައި މެންދުރުގެ އެންމެ ހޫނު ވަގުތު އިންތިޒާރު ކުރަމުންދިޔައީ އެ މީހުންގެ ލީޑަރު މިނިވަންވާނެ ވަގުތަކަށެވެ.

މީހުން ބުނާތީ އަޑުއަހަމެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ތާއީދް ބޮޑު ލީޑަރެވެ. އަދި ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓްޓަރުންނާއި އޮންނަނީ ހިތާ ހިތުގެ ގުޅުމެކެއެވެ. އެއީ ވަކި މީހަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫންކަން އެނގިގެންދިޔައީ ސުޕްރީމް ކޯޓް ކައިރީގައި ތިބި މީހުން ފެނުމުންނެވެ.

އެންމެންގެ މޫނުމަތިންވެސް މާޔޫސްކަމުގެ ބަދަލުގައި ފެނިގެންދިޔައީ އުންމީދުން ފުރިފައިވާ މަންޒަރެވެ. ތިން އަހަރުދުވަސްވަންދެން އެ މީހުންގެ ލޯބިވާ ރައީސް މިނިވަންވާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދިޔަކަން އެ މީހުންގެ މޫނުމަތިން ވަރަށް ރަނގަޅަށްވެސް ފެންނަން ހުއްޓެވެ. އަދި އެ އިންތިޒާރަށް ނިމުން އަންނާނެކަން އެ މީހުންގެ މޫނުތަކަށް އަރާ ފައިބަމުންދިޔަ އުއްމީދީ ކުލަވަރުން އެންގި ހާމަވަމުންދިޔައެވެ. ރައީސް ނަޝީދަށް ކުރެވުނު ހުކުމްގެ ސަބަބުން ފާއިތުވެގެން ދިޔަ ތިން އަހަރު ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އެތައް މަންފާއަކާއި ކުރިއެރުމެއް ގެއްލިގެން ދިޔަ ކަމަށް އެމީހުން ދިޔައީ ސުޕްރީމްކޯޓް ދޮށުގައި ތިބެ ބުނަމުންނެވެ.

އެ ސަރައްހަދުގައި ތިއްބާ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ ސުޕްރީމް ކޯޓް ސަރަހައްދުގައި އެއްވެ ތިބި މީހުން ސްޕްރީމް ކޯޓް ދޮރުމައްޗަށް ބޮނޑިވެގަތް މަންޒަރެވެ. އަޅުގަނޑުވެސް ވީ ކީއްތޯ އަހާލުމުން އަޑުއިވުނީ ރައީސް ނަޝީދު މިނިވަންވެއްޖެ ކަމުގެ ޚަބަރެވެ.

ދެން މުޅި އެ ސަރަހައްދު އެއް އަޑަކުން ގުގުމައިގެން ދިޔައީ "މަރްހަބާ، މަރްހަބާ" މި އަޑުންނެވެ. އެކަކު އަނެކަކަށް ބައްދާލާ ސަލާން ގަލާންކޮށް މަރްހަބާ ކިޔަން ފެށި މަންޒަރު ފެނިގެންދިޔައެވެ. އެންމެންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމުގެ މަންޒަރެއެވެ. އެންމެންވެސް ބުނަމުން ދިޔައީ ވަރަށް އުފާވެއްޖެ ކަމަށާއި، މިވަރުގެ އުފަލެއް ދުވަހަކުވެސް އަދި ލިބިފައި ނުވާ ކަމަށެވެ.

އަޅުގަނޑުވީ ހައިރާނެއެވެ. އާންމުކޮށް އަޅުގަނޑަށް އިވެނީ ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތްތަކަށް ފާޑުކިޔާ މަންޒަރެވެ. ނަމަވެސް ސުޕްރީމް ކޯޓް ދޮށުން ފެނިގެން ދިޔައީ އެޔާއި މުޅިން ތަފާތު މަންޒަރެކެއެވެ. ލޯބިން ފުރިގެންވާ ކަމުގެ އިހްސާސްތަށް ބަންޑުންކޮށްލާ މަންޒަރެއެވެ.

ކޮންމެއަކަސް އެއްވެފައި ތިބީ މީހުންގެ ތެރެއިން މީޑީއާތަކަށް ސުޕްރީމް ކޯޓް ދޮރު ކައިރިއަށް ދެވުނީވެސް ވަރަށް ހާލުންނެވެ. އެންމެންވެސް އިންތިޒާރުކުރަމުންދިޔައީ ރައީސް ނަޝީދު ފުރިހަމަ މިނިވަނެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވާނެ ވަގުތަކަށެވެ. ސުޕްރީމް ކޯޓު ކައިރީގައި އެއްވެފައިތިބި މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އެތާންގައި އޭރު ހުރީ 'މިނިވަން ރައީސް މީހާ' އާއި ސަލާންކޮށްލުމުގެ ޝަރަފު ލިބިގަތުމުގެ ބޭނުމުގައެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓް ދޮރު ކައިރީގައި ތިބޭތާ 10 ވަރަކަށް މިނިޓް ފަހުން ރައީސް ނަޝީދު ނިކުމެވަޑައިގެންފިއެވެ. އެ މަނިކުފާނު މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ބޭރަށް ނިކުމެވަޑައިގަތުމާއެކު އެއްވެފައި ތިބި އެންމެން "ހޭއި" ކިޔާފައި ހަޅޭއްލަވައިގަތެވެ.

ރައީސް ނަޝީދު ސުޕްރީމް ކޯޓުން ބޭރަށް ނިކުމެވަޑައިގެން އެންމެ ފުރަތަމެވެސް އެ މަނިކުފާނުގެ އާދަކާދައިގެ މަތިން މީޑިއާތަކާއި ބައްދަލުކުރައްވާ، އެ މަނިކުފާނުގެ ޝަރީއަތް ހިނގައިދިޔަ ގޮތް މީޑިއާތަކާއި ހިއްސާކުރެއްވިއެވެ.

ދެންވެސް ފެނިގެންދިޔައީ އެ މަނިކުފާނުގެ އާދަޔާ ހިލާފު މަންޒަރެކެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު މިނިވަންވެފައިވަނީ ރައްޔިތުންގެ ނުގުޑާފަދަ އަޒުމާއި ހިތްވަރުން ކަމަށެވެ. ރައްޔިތުންނަށް ޝުކުރުއަދާކުރެއްވުމަށްފަހު ރައީސް ނަޝީދުވަނީ އެ މަނިކުފާނުގެ އާއިލާއާއި، އެއްވެސް އުޖޫރައަކާއި ނުލައި އެ މަނިކުފާނު މިނިވަންކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ގާނޫނީ ޓީމާއި، އެ މަނިކުފާނުގެ ޕާޓީ އާއި ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކުން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.

މީޑިއާތަކަށް އިންޓަރވިއު ދެއްވުމަށް އެ މަނިކުފާނު ހިންގަވާފައި ވަޑައިގަންނަވަން ފެށުމުން ދެން ފެނުނީ ވަރަށްވެސް އާދަޔާ ހިލާފު މަންޒަރެކެވެ. މި ދިވެހި ފަސްގަނޑުން ވެރިއަކަށް ރައްޔިތުންގެ ފަރާތުން އެ ވަރަށް ލޯބި އޮހިގެން ދިޔަ މަންޒަރެއް އަޅުގަނޑު ނުދެކެމެވެ. އާއިލީ މީހަކު ނޫނީ ގާތްތިމާގެ މީހަކު މިނިވަންވުމުގެ އިހްސާސް އެ ފަރާތްތަކަށް ވެގެން ދިޔަ ފަދަ މަންޒަރުތަކެއް ފެނިގެންދިޔައެވެ. ރައީސް ނަޝީދުގެ ގައިކޮޅުގައި ބައްދާލާ އެ މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔަ މަންޒަރު ފެނުނެވެ. ގެއްލި ބީވެގެންގޮސްފައިވާ އާއިލާ މީހަކު އެ މީހުންނާއި އަލުން ބައްދަލުވި ކަހަލައެވެ. ވަރަށް އުފާވެއްޖެ ކަމަށާއި، މިވަރުގެ އުފަލެއް ދުވަހަކުވެސް ނުވާ ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ހަގީގަތުގައިވެސް މިއަދު ސުޕްރީމްކޯޓު ކައިރިން އެ ފެނުނު ލޯތްބަކީ ވެރިކަން ކޮށްފައިވާ ފަރާތަކަށް މި ފަސްގަނޑުން ފެނިގެންގޮސްފައިވާ ފަދަ ލޯތްބެއް ނޫނެވެ. އެ މަނިކުފާނާއި ރައްޔިތުންނާއި އޮންނަނީ "ހިތާ ހިތުގެ" ގުޅުމެއްކަން ސުޕްރީމްކޯޓް ބޭރުން ފެނިގެން ދިޔަ މަންޒަރުން އެނގިގެން ހިނގައްޖެއެވެ. ހަގީގަތުގައިވެސް ރައްޔިތުން ރައީސް ނަޝީދުދެކެ ވަނީ ނުގުޑާފަދަ ލޯތްބެކެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
02 ޖެނުއަރީ 2018

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!
13 ސެޕްޓެމްބަރު 2017

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް