Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ - އިންޑިއާ

ސައުދީގެ ޖަލުތަކުން އިންޑިއާގެ 850 ރައްޔިތުން މިނިވަންކުރަނީ

22 ފެބުރުއަރީ 2019 | ހުކުރު 00:01

ސައުދީގެ ޖަލުތަކުގައި އިންޑިއަގެ 2224 ރައްޔިތުން އެބަތިބި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ފެބުރުއަރީ 2019 | ހުކުރު 00:01
ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވަނީ

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވަނީ

ސައުދީ އަރަބިއާގެ ޖަލުތަކުގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 850 މީހުން މިނިވަން ކުރުމަށް އެޤައުމުން ނިންމައިފިއެވެ.

ސައުދީއިން މިގޮތަށް ނިންމީ އެ ޤައުމުގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި ހަފްތާގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެފަދައިން އެދިވަޑައިގަތުމުންނެވެ.

ސައުދީ އަރަބިއާއަކީ އިންޑިއާއިން ބޭރުގައި އިންޑިއާގެ އެންމެ ގިނަ ރައްޔިތުން ޖަލަށް ލެވިފައިވާ ޤައުމެވެ. މީހުން މެރުމާއި، މީހުން ވަގަށް ނެގުމާއި، ރިޝްވަތު ދިނުމާއި، ރަލާއި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އިންޑިއާގެ 2224 ރައްޔިތަކު ވަނީ ސައުދީގެ ޖަލުތަކަށް ލެވިފައެވެ.

ސައުދީ އަރަބިއާގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީވެސް އިންޑިއާގެ ރައްޔިތުންނެވެ. އެގޮތުން ސައުދީގައި އިންޑިއާގެ 2.7 މިލިއަން ރައްޔިތުން ދިރިއުޅެމުންދާއިރު މީގެ ތެރޭގައި ގިނައިން ހިމެނެނީ އިމާރާތް ކުރުމާއި، ގެވެށި ޚިދުމަތްތަކާއި، އަދި އެކި ވިޔަފާރިތަކުގައި ލޭބަރުންގެ ވަޒީފާ އަދާކުރާ މީހުންނެވެ.

ސައުދީގެ ޖަލުތަކުން އިންޑިއާގެ 850 ރައްޔިތުން މިނިވަން ކުރަން ނިންމިއިރު، އޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާނަށް ވަޑައިގެން، ނިމިގެންދިޔަ ހަފްތާގެ ހޯމަ ދުވަހު ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ސައުދީ ޖަލުތަކުގައި ތިބި ޕާކިސްތާނަށް ނިސްބަތްވާ 2100 ގައިދީން މިނިވަން ކުރުމަށްވެސް ނިންމަވާފައެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނާއި އެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، ވަލީ އަހުދު މުޙައްމަދު ވަނީ އިންޑިއާ އާއި އެކު 100 ބިލިއަން އެމެރިކަ ޑޮލަރުގެ ވިޔަފާރި ޤާއިމްކުރެއްވުމުގެ ނިޔަތް ހާމަކުރައްވާފައެވެ.

ސައުދީ ސަރުކާރުން މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ގެ މަރާއި، ޔަމަނުގައި ސައުދީން ހިންގަމުންދާ ޖަރީމަތަކުގެ ފޯކަސް ގެއްލުވާލުމަށް ވަލީ އަޙުދު ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މި ދަތުރުފުޅުގައި ވަލީ އަޙުދު މުޙައްމަދު ވަނީ ޗައިނާއަށްވެސް ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް