Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާދަރީ ބަހުގެ ދުވަސް

ދިވެހިބަސް ދިރުވުމަށްޓަކައި ޤައުމީ ސިޔާސަތެއް ކަނޑައަޅަންޖެހޭ: ރައީސް ސޯލިހް

ދިވެހިބަހުގެ ޤާނޫނެއް އޮންނަ އިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2019 | ބުރާސްފަތި 17:04
ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދިވެހި ބަސް ދިރުވައި އާލާކުރެވޭނެ ގިނަ ގޮތްތަކެއް ރައީސް ސޯލިހް ހިއްސާކުރެއްވެވި އެވެ. އެގޮތުން ތަޢުލީމީ މަރުޙަލާތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް ވިދާޅުވީ ދިވެހިބަހުގެ ޤާނޫނެއް އޮންނަ އިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އެ ގޮތުން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ދިރާސާތަކަށާއި ބަހުގެ ޢިލްމު ކުރިއަރުވާން ބޭނުންވާ މަޢުލޫމާތުތައް، ފަސޭހައިން ލިބިދިނުމަށްޓަކައި، ޤައުމީ ބަސްމާފާނެއް ނުވަތަ ލޭންގުއޭޖު ކޯޕަސްއެއް، ޤާއިމުކުރުމުގެ މަސައްކަތް ވެސް ބަހުގެ އެކެޑަމީން މިހާރު ވަނީ ފައްޓަވައިފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި، ކުޑަކުދީންނަށް ޚާއްޞަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިނިސްޓްރީ އޮފް އާޓްސް އިން މިހާރު ވެސް ކުރެވިދާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޑަކުދީންނާއި ފުރާވަރު ކުދީންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ބަހުގެ އަދަބުގެ ޢިލްމު އުނގެނޭނެ ފޮތްތައް އުފެއްދުމާއި، ރާއްޖޭގެ އެކި ބަހުރުވަތަކުގެ އަދަބީ ބަސްފޮތްތައްވެސް އެކުލަވައިލުން ވަރަށް މުހިންމު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށް ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިން ކަމަށްވާތީ، ހުރިހާ ނޫސްވެރިން ވެސް، މިކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފަންކުރުވާ އެއްޗަކަށްވާއިރު، ތަރައްޤީގެ ވިސްނުން އެކަކުގެ ފަރާތުން އަނެކާއަށް ފޯރުވައިދިނުމުގެ މެދުވެރިޔަކީ، އެބަޔަކު މޮށެ އުޅޭ ބަސް ކަމަށާއި ސިކުނޑީގައި އުފެދޭ ވިސްނުންތައް، ޙަޤީޤަތަކަށް ހަދައިދިނުމުގެ އެންމެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަނީ އެބަޔަކު ލިޔެއުޅޭ އަކުރުގެ ޒަރީޢާއިން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެހެންކަމުން، އެބައެއްގެ މާދަރީ ބަހަށް ލޯބިކޮށް، އެ ބަހެއް ދިރުވައި އާލާކުރުމަކީ، ކުރިއަރައި ދިޔުމަށް އެދޭ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަކީ ވެސް އަޅުގަނޑުމެންގެ މާދަރީ ބަހަށް ލޯބިކުރާ އަދި މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރާ ބައެއް ކަމުގައި ވާންޖެހޭނެ،" ރައީސް ސ÷ޯލިހް ވިދާޅުވިއެވެ.
"މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާ އިރު، ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތަޢުލީމީ މަރުޙަލާތަކުގައި، ދިވެހި ބަހަށް އިސްކަންދީ ޤަދީމީ ދިވެހި ބަސް ދިރާސާކޮށްގެން. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އާ ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ އޭރުން."

އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާ މެދު ފަޚުރުވެރިވާ ފަދައިން، ދިވެހި ބަހާމެދުވެސް ފަޚުރުވެރިވާންޖެހޭނެ ކަމަށާއި މި ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން ކަމަށާއި އެހެންވެ، ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަޚުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި އަހަރުގެ މާދަރީ ބަހުގެ ިޝިޢާރުން އެނގޭ ގޮތުގައި، އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަހެވެ. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަސް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އުޞޫލުން ބަލާއިރު، ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު ކަމަށާއި ނަމަވެސް، ތަރައްޤީގެ ފަހަތުން އިންސާނުން ހޭރިޔާކުރާއިރު، ތަރައްޤީގެ މޯހިރަށް މާދަރީ ބަސް ދޫކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ބަސްބަހާއި ބަހުރުވަތައް މިހާރުވެސް ވަނީ، ނޭވާހޮޅިއަށް އެޅިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޔުނެސްކޯގެ އެޓްލަސް އޮފް ދަ ވޯލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރގެ އެންމެ ފަހު އިޞްދާރުގައި ބުނެފައިވާ ގޮތުން، 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައި. އަދި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ނެތި ގޮސްފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.
"އިންސާނުން މޮށެއުޅޭ 6000 އަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން، ތަޢުލީމީ ނިޒާމާއި ޢާންމު ޚިދުމަތްތަކުގައި އަހަންމިއްޔަތުކަން ދެވެނީ، ވަރަށް މަދު ބަސްބަހަށް. އަދި ޑިޖިޓަލް ވިއުގައިގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށް ވުރެވެސް މަދު ބަސް. މިއިން އެނގެނީ އެފަދަ ބަސްބަހުގެ މާއުޖާލާ ކުރިމަގެއް ނެތްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ބަހެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ބަހަކުން ލިޔެކިޔުމާއި، ލިޔެކިޔާން ބޭނުންކުރާ އަމިއްލަ އަކުރު ކަމަށާއި އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މާދަރީ ބަހަކީ، އެ ދެ ނަސީބުވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަންޖެހޭނީ ދިވެހިން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން

ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން

02 އޯގަސްޓު 2017
ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

02 އޯގަސްޓު 2017
މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ

މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ

03 ޖުލައި 2017
މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

25 ޖޫން 2017
މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ

މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ

01 ޖޫން 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު