Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދީ ހާލަތު

މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ

ދައުލަތުގެ ކަމަބެހޭ އިދާރާތަކުން އިގްތިޞާދީ ތަފާސް ހިސާބުތައް އާއްމު ނުކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 15:50
އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީގެ ދެ މެމްބަރުން ކަމަށްވާ އަމީރު (ވ) އާއި އަމްރު

އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީގެ ދެ މެމްބަރުން ކަމަށްވާ އަމީރު (ވ) އާއި އަމްރު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކަރުގައި އިގްތިޞާދީ ސިޔާސަތެއް ނެތްކަމަށާއި އިގްތިޞާދީ ކަންކަން ރަނގަޅަށް ދިއުމުގެ ބަދަލުގައި ދަނީ ދިމާ އިދިކޮޅަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އިގްތިޞާދީ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިޞާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު އާއި ޕޮލިސީ ކޮމެޓީގެ މުގައްރިރު ހުސައިން އަމްރު ވިދާޅުވީ މި ސަރުކާރުގައި އެގްތިޞާދީ ސިޔާސަތެއް ނެތްއިރު، އިގްތިޞާދީ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓެމުންދާތަން ފެންނަކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވެސް ދެ މެމްބަރުން ކަމަށްވާ އަމީރު އާއި އަމްރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ދައުލަތައް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ކޮންމެ ހަފްތާއަކު އާއްމު ކުރަމުން ދިޔަ ކަމަށާއި މި ސަރުކަރުން ދައުލަތަށް ވަންނަ ފައިސާ އާއި ޚަރަދުވާ ފައިސާގެ ތަފްސީލްތައް އާއްމު ނުކުރާއިރު، އެ ހިސާބުތައް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން އާއްމުކޮށްފައިވާ ރާއްޖޭގެ އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާނަމަ މިހާރު ރާއްޖޭގެ އިފެއްދުންތެރިކަމުގެ ނިސްބަތުން ތިން ބިލިއަން ޑޮލަރަށް ރާއްޖޭގެ ދަރަނި އަރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަމީރު ވިދާޅުވީ ތަފާސްހިސާބުތައް ސަރުކާރުން އާއްމު ނުކުރާ މައިގަނޑު ސަބަބު ކަމަށް ގަބޫލު ކުރެވެނީ ބޭރުގެ ފަރާތްތަކަށް ޓްރެޒަރީ ބޮންޑު ވިއްކާއިރު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާއިރު، އެ ޚަރަދުތައް ފޫބައްދަން އާމްދަނީވެސް އިތުރުކުރަންޖެހޭއިރު، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރައްޖޭގެ އިތުރު ފަޅުރަށްތަކެއް ލިސްޓްކޮށް، ބިޑަކާ ނުލާ ވިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިފަދަ ކަންކަން ފެންމަތިވުމަކީ ސަރުކާރުން ގެންގުޅޭ އިގްތިޞާދީ ސިޔާސަތު ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުގައްރިރު އަމްރު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވާވަރަކަށް ސަރުކާރަށް ލިބޭ އާމްނީ އިތުރުވާނެ ކަމަށާއި ރައްޔިތުން ގަންނަ މުދާ އަގުބޮޑުވުމަކީ ދައުލަތަށް ޓެކްސްއިން ލިބޭ އާމްދަނީ ވެސް އިތުރުވުން ކަމަށެވެ. ސަރުކާރުގެ ވިސްނުންހުރި އެއްގޮތަކުން ނެތިއްޔާ އަނެއް ގޮތަކުންވެސް ފައިސާ ހޯދުން ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާއްމު ރައްޔިތުން ގޭގެ އަޅަންގެންގުޅޭ ސާމާނުތަކުން ޑިއުޓީ ނަގަމުންދާ ތަން. އޭގެ ބަދަލުގައި ބޮޑެތި ލަގްޒަރީ ފްލެޓްތައް އަޅަން ގެންނަ ސާމާނުން ޑިއުޓީ ކަނޑާލިތަން. މިއީ ސަރުކާރުގެ ސިޔާސަތު. ހަމަ އެގޮތަށް ގެސްޓް ހައުސް އަޅަންގެންނަ ސާމާނުން ޑިއުޓީ ނަގަމުންދާއިރު ބޮޑުތި ލަގްޒަރީ ރިސޯޓްތައް ހެދުމަށް ގެންނަ ސާމާނުން ވަނީ ޑިއުޓީ ކަނޑާލާފަ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާއި އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އިމާރާތްފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން މިހާތަނަށް ރާއްޖޭގެ ރައްޔިތަކަށްވި ފައިސާއެއް ނެތް ކަމަށާއި އެއީ އިގްތިޞާދީ ވާހަކަ ދައްކާއިރު ދެއްކޭނެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

"އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ބެލިކަމަށްވިޔަސް އެހަދަނީ ބޭރުބަޔަކު. ދިވެހިންނެއް ނޫން އެ އިމާރާތް އިމާރާތްކުރަނީކީ. ގެންނަ ހުރިހާ ސާމާނެއް ގެންނަނީ ބޭރުން. އެއަކުން ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް. އެހެންވީމާ އެއީ ރާއްޖެއަށް ވަންނަ ފައިސާއެއް ނޫން. ރާއްޖޭގެ އިގްތިޞާދަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް. ހަމަ އެގޮތަށް ބްރިޖްވެސް، ޗައިނާ މީހުންނަށް ވަކި ސަރަހައްދެއްދީ އެމީހުން އެތިބީ އެތާ ގެ އަޅައިގެން. އެމީހުން ކަންކަން ގެންނަ ސާމާނުވެސް ބޭރުން، ރައްޖޭގައި ދުއްވާ ވެހިކަލަކީ ވެސް އެމީހުންގެ ވެހިކަލް، އެހެންމީވާ ރައްޔިތަކަށްވާ އެއްވެސް ފައިދާއެއް ނެތް،" އަމްރު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު