Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އޮލިމްޕަސް ހެރިޓޭޖް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

20 ފެބުރުއަރީ 2019 | ބުދަ 23:37

ފޯރަމްތައް ބާއްވައިގެން މުހިންމު މަސައްކަތްތައް ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ފެބުރުއަރީ 2019 | ބުދަ 23:37
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު

އޮލިމްޕަސް ޕަބްލިކް މީޑިއާ ސާވިސް ( ޕީއެސްއެމް)އާ ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެތަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ, މިނިސްޓްރީގެ މެންޑިޑޭޓް ތެރޭގައި ހިމެނިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ތޯރިގު ވިދާޅުވީ, ޖެނުއަރީ 28ގައި ބޭއްވި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ފޯރަމްގައި އެދާއިރާގެ ބޭފުޅުން ދެއްކި ވާހަކަތަކާއި، ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރު ޕީއެސްއެމްގެ ދަށުން އޮލިންޕަސް ނެގުމަށްފަހު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ, ބޭއްވިގެންދާ ފޯރަމްތަކަކީ ވަރަށް މުހިންމު ފޯރަމްތަކެއް ކަމަށާއި، މިފޯރަމްތަކުން އެދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދައި، އެދާއިރާއެއް ކުރިއެރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ, މަސައްކަތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ބޭފުޅުން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި، ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް، އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.

''އެބޭފުޅުންގެ ހުރިހާ އުންމީދުތައް ހާސިލެއް ނުވާނެ. ސަރުކާރު ބަޖެޓަކުން އަޅުގަނޑުމެންނަށް އެތަނަވަސްކަން ނުލިބޭ. އެހެންވީމަ މައިގަނޑު ވިސްނުމަކީ ކޮންމެ ކަމަކާ ދޭތެރޭގައި ވެސް އެކަމެއްގެ މީހުންގެ ހިޔާލާއި ވިސްނުން ހޯދާފަ އެމަގަށް ގެންދިއުމަށްޓަކައި ޕްރޮޖެކްޓްތަކެއް ހަދައިގެން އެޕްރޮޖެކްޓްތަކުގެ އަލީގައި އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ވާސިލްވުން.'' ތޯރިގު ވިދާޅުވިއެވެ.

އޮލިމްޕަސް ޕީއެސްއެމްއާއި ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާއިރު، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އަމާޒު ކޮށްގެން ބޭއްވި ފޯރަމްގައި ގިނަ ފަންނާނުން ޕީއެސްއެމަށް ވަނީ ފާޑު ކިޔާފައެވެ. އަދި އޮލިންޕަސް ޕީއެސްއެމްގެ އަތުން ނެގުމަށް ގިނަ ފަންނާނުން ވަނީ އެދިފައެވެ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފަންނުވެރިންގެ ހާއްސަ ފޯރަމަށް އަލިއަޅުއްވާލައްވައި ތޯރިގު ވިދާޅުވީ, އެދާއިރާއަކީ ވެސް ވަރަށް ފުޅާ ދާއިރާގައި މަސައްކަތްތައް ކުރަމުން އަންނަ ދާއިރާއެއް ކަމަށާއި، އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ތޯރިގު ވިދާޅުވީ, ދިވެހިބަހުގެ އެކަޑަމީން ގިނަގުނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށާއި، އެކަޑަމީގެ މަސައްކަތްތައް މިހާރު ވަރަށް ފުޅާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކިކޮންކޮޅުތަކުގައި، ނުވަތަ އެކިތަންތަނުގައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ބަސް ބޭނުން ކުރާނެ ގޮތާއި، ސްކޫލު، ކޮލެޖް، ޔުނިވާސިޓީގެ އިތުރުން އޮފީސްތަކާއި، މުއައްސަސާތަކުގައި ކޯސްތައް ހިންގާ ކަމަށެވެ.

ބަސް ކުރިއަރުވަން ގިނަ މަސައްކަތްތައް ކުރާއިރު، ރާއްޖޭން ބޭރުގެ ކުދިން ބަސް ދަސްކޮށް، މިދާއިރާގައި މަސައްކަތް ކުރުމަށް އެކަޑަމީއަށް އަންނަ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް