Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ރައީސް ސޯލިހު ވިލިނގިއްޔަށާއި ކުއްޑޫއަށް ފުރާވަޑައިގެންފި

ފުރާވަޑައިގެންނެވީ މެންދުރުގެ ވަގުތެއްގައި

އަލީ ސަމާޚް
އަލީ ސަމާޚް | 20 ފެބުރުއަރީ 2019 | ބުދަ 10:43
ރައީސް ސޯލިހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި، އެ އަތޮޅު ކޫއްޑޫއަށް މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަސްވެރިންގެ "މަސްދޯނި އެކައުންޓް" އިފްތިތާޙު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތު އޮންނާނީ ގއ. ކޫއްޑޫގައެވެ. ކޫއްޑޫ އަކީ އެއާޕޯޓާއި މަސްފެކްޓްރީ އާއި ސިޓީ ހޮޓާ ރަށެކެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭއެވެ. އަދި މީގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބެންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކުރާ ރައްޔިތުންގެ މަސްވެރިޔާ ކާޑަކީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. މި ކާޑާއެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާ އާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު