Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެންކުންފުނީި

ފެންކުންފުނީގެ ޗެއާމަން މައުސޫމް ވެސް ގޭގައި މަޑުކުރަން އަންގައިފި

20 ފެބުރުއަރީ 2019 | ބުދަ 09:27

މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ފެބުރުއަރީ 2019 | ބުދަ 09:27
ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާ ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މައުސޫމް ގޭގައި މަޑުކުރަން ރައީސް ސޯލިހު އެންގެވީ ބުދަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

ސީޖީޓީއަކީ މައުސޫމް އާއި މއ. ޝޭޑީ ކެބިން ޢަބްދުﷲ ރާފިޢު ޙިއްސާ ވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. އޭގެ އިތުރުން އެ ކުންފުނީގައި ހިއްސާ އޮންނަނީ އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ.

އެމްއެމްޕީއާރުސީއަށް އަށް ލިބެންޖެހޭ 4.9 މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ސީޖީޓީގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޢަބްދުالله ރާފިޢުގެ އެކައުންޓަށް ޖަމާކުރި އައްލައްކަ ޑޮލަރާ އެކު ޖުމްލަ 5.8 މިލިއަން ޑޮލަރު ސ.ޖ.ޓ ޕްރައިވެޓް ލިމިޓެޑުން ބޭނުންކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވެއެވެ.

"އެ ފައިސާގެ ބަދަލުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއަށް ނުވަތަ އެމްއެމްޕީއާރުސީ އަށް އެއްވެސް ފައިސާއެއް ސ.ޖ.ޓ ޕްރައިވެޓް ލިމިޓެޑުން ނުވަތަ ޢަބްދުﷲ ރާފިޢު ދެއްކި ކަމެއް އެނގޭކަށް ނެތް" ކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން އެމްސީ މޯލްޑިވްސް ކުންފުންޏަށް 328،052 ޑޮލަރު ޖަމާކޮށްފައި ކަމަށް ރިޕޯޓުގައިވެއެވެ. ހަމަ އެ ދުވަހު، އެ ފައިސާ، އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އޮމްނިއާ ސްޓެރެޓެޖީ އަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ. އޮމްނިޔާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މޫނުމަތި ރީތިކުރަން ދިވެހި ސަރުކާރުން ހަވާލުކުރި އިނގިރޭސި ވިލާތުގެ ކުންފުޏެކެވެ. އޭރު ދިވެހި ސަރުކާރުން އެ ކުންފުނި ހަޔާކުރީ އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ސަރުކާރު ދިފާއުކުރުމަށާއި ރާއްޖޭގެ ގާނޫނީ ފްރޭމްފޯމް ހަރުދަނާކުރުމަށް ކަމަށް ބުނެއެވެ. އެއީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ކުންފުންޏެކެވެ. އެ ފައިސާ ދެއްކީ އެސްއޯއެފްގެ ހިއްސާ އޮތް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް އިން އޭރު ބުނެފައިވެއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފައިސާ ދެއްކީ ދިވެހި ސަރުކާރުން ކަމަށެވެ.

މއ. ޝޭޑީ ކޭބިން، ޢަބްދުالله ރާފިޢުއަކީ ކުރީގެ ނައިބު ރައީސްއަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ އަނބިކަނބަލުން ފާޠިމަތު ލިޔުޝާގެ ބައްޕަފަރާތު ބޮޑުބޭބެއެކެވެ. ޢަބްދުالله ރާފިޢު ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އޭނާގެ އަމިއްލަ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޖުމްލަ 1.6 މިލިއަން އެމެރިލާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި

04 އޯގަސްޓު 2017
ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި
26 ޖޫން 2017

މއ. ޑުވެލިންގް ގޭގައި ރޯވި އަލިފާން ނިއްވާލައިފި

26 ޖޫން 2017
މއ. ޑުވެލިންގް ގޭގައި ރޯވި އަލިފާން ނިއްވާލައިފި
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
21 އެޕްރީލު 2017

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
09 އެޕްރީލު 2017

މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި

09 އެޕްރީލު 2017
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް