Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ - އިންޑިއާ

ލަންކާގެ ޕޯޓު ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ހޯދަނީ

19 ފެބުރުއަރީ 2019 | އަންގާރަ 15:54

އިންޑިއާއިން 48 މިލިއަން ޑޮލަރުގެ ކްރެޑިޓް ހޯދަން ހަމަޖެހިފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 19 ފެބުރުއަރީ 2019 | އަންގާރަ 15:54
ކަންކެސަންތުރައި ޕޯޓް 

ކަންކެސަންތުރައި ޕޯޓް 

އަވަށްޓެރި ސްރީލަންކާގެ ޖެފްނާގައި އޮންނަ ކަންކެސަންތުރައި ޕޯޓް (ކޭކޭއެސް) ތަރައްގީ ކުރުމަށް އިންޑިއާއިން 48 މިލިއަން ޑޮލަރުގެ ކްރެޑިޓެއް އެހީ ހޯދަން ނިންމާފައިވާ ކަމަށް ލަންކާގެ ސަރުކާރުން ބުނެފިއެވެ.

ޖެފްނާގައި އޮންނަ ކޭކޭއެސް ޕޯޓްއަކީ މަސްބޭނުމުގެ އިތުރުން ރިސޯޓް ހަބެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ.

ނޯތް ޑިވެލޮޕްމެންޓްގެ ސެކެރެޓަރީ ވީ. ސިވަވަގަނޮސްތީ ލަންކާގެ ޑެއިލީ މިރާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިގްތިސާދީ ބޭނުންތަކަށް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ކެބިނެޓުން ދީފައިވާ ކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކުގައި އިންޑިއާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން މި ޕޯޓް ބޭނުން ކޮށްފައި ވަނީ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކޮލަމްބޯ އިން ލަންކާގެ އުތުރު ސަރަހައްދަށް އެއްޗެހި ސަޕްލައި ކުރުމަށެވެ. އޭގެ ފަހުން އެއްޗެހި ސަޕްލައި ކުރި މަގު ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން ސިވަވަގަނޮސްތީ ވިދާޅުވީ، ޕަލަލީ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޝަންސް އަށް ހުޅުވާލުމަށްޓަކައި ސަރުކާރުން ދެ ބިލިއަން ޑޮލަރު ހަރަދު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ދިގުމިނު ގައި 2600 މީޓަރުގެ ރަންވޭއެއް އޮންނަ މި އެއާޕޯޓްގައި އިތުރަށް 950 މީޓަރު މިހާރު ހަދާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ޓެކްސީވޭ އާއި އޭޕްރޯންސް ހެދުމަށް ސަރުކާރުގެ ބަޖެޓުން ދެ ބިލިއަން ރުޕީސް ހަރަދު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރު ކަންކެސަންތުރައި ސަރަހައްދުގައި އިނގިރޭސިން ގެންގުޅޭ އުދުހޭ އުޅަނދުތައް ޖައްސަން ބޭނުން ކުރި އެ އެއާޕޯޓް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް އޮތުމަށް ފަހު ލަންކާގެ ޑިޕާޓްމެންޓް އޮފް ސިވިލް އޭވިއޭޝަނުން އެތަން ނަގައި އެއާޕޯޓްގެ ދަތުރުތައް ފަށާފައި ވަނީ 1947 ވަނަ އަހަރު ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވާނީސް ތަމަޅަ ހަނގުރާމައިގެ ޖަމާއަތެއް ކަމަށްވާ އެލްޓީޓީ އިން ވަނީ އެއާޕޯޓަށް ނުފޫޒު ގަދަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް