Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު ރާއްޖެ ވަޑައިގަންނަވަނީ

19 ފެބުރުއަރީ 2019 | އަންގާރަ 10:55

ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މަހާތީރު ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ދެއްވި ދައުވަތުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ފެބުރުއަރީ 2019 | އަންގާރަ 10:55
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް އިން) ބުނެފިއެވެ.

މަހާތީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހާމަކުރެއްވީ އެމްއާރުއެމް އުފެއްދުމަށް އިލެކްޝަންސް ކަމިޝަނުން ހުއްދަ ދިނުމުން، އެޕާޓީން ދިން އިންޓަވިއުއެއްގައި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ނާދިރާ އާއި އަބްދުﷲ ކަމާލުއްދީންއެވެ.

Advertisement - newsAdvertisement

އެމްއާރުއެމްގައި ހިމެނިވަޑައިގަންނަވާ ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ދެ ބޭފުޅުން ވަޏީ ރައީސް މައުމޫނާ އެކު މަހާތީރާ ބައްދަލުކުރައްވާފައެވެ.

ކަމާލުއްދީން ވިދާޅުވީ މަހާތީރު ރާއްޖެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް ސޯލިހުގެ ފަރާތްޕުޅުން ދެއްވި ސިޓީފުޅެއް ރައީސް މައުމޫން އެރުއްވި ކަމަށެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ވަޑައިގަންނަވާނީ ކޮން ދުވަހެއްގައި ކަމެއް ވިދާޅުވެފައި ނުވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑާއި ނާދިރާ މިއައީ ރޭ މެލޭޝިއާ އިން. މެލޭޝިއާއަށް ކުރި ދަތުރަކީ މައުމޫން އަރިހުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މައުމޫނަށް އެރުއްވި ދައުވަތެއްގައި އެމަނިކުފާނުގެ އަރިހުގައި އަޅުގަނޑުމެން ދެމީހުން އެމަނިކުފާނުގެ ފައިންޕުޅުދެކިލުމަށް އައި ދަތުރެއް...އެބައްދަލުވުމުގައި ރައީސް މައުމޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތެއް އަރުއްވާފައިވާ ސިޓީފުޅެއް ދެއްވި. ދެން އެސިޓީފުޅުގައިވާ ދައުވަތު ބޮޑުވަޒީރު ވަނީ ގަބޫލުކުރައްވާފައި،" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާ ޑރ. މަހާތީރު މުހައްމަދު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ގައެވެ. މަހާތީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ވެސް ވަނީ މީގެ ކުރިން ރާއްޖެވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް