Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި

19 ފެބުރުއަރީ 2019 | އަންގާރަ 10:32

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ފެބުރުއަރީ 2019 | އަންގާރަ 10:32
އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކަމިޝަނުން ދެނީ

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކަމިޝަނުން ދެނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ, ހުންނަވައިގެން އުފައްދަވާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ދީފައި ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށެވެ.

Advertisement - newsAdvertisement

އެ ޕާޓީ އުފެއްދުމަށް ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހެވެ. އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އިބްރާހިމް ހަސަން ވިދާޅުވީ އަންގާރަ ދުވަހު އީސީން އެމްއާރުއެމް އުފައްދަން ހުއްދަ ދީފައިވާ ކަމަށާއި ވަރަށް އަވަހަށް ޕާޓީ އުފެއްދުމަށްފަހު އެކަމިޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.

"މިޕާޓީގެ އެންމެ އިސްކަމަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާ މި ކޯލިޝަން ސަރުކާރު ދެމެހެއްޓުން." އިބްރާޙިމް ހަސަން ވިދާޅުވިއެވެ.

އެމްއާރުއެމް ރެޖިސްޓަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެމްއާރުއެމްގެ މަގުސަދަކަށް ވާނީ އެންމެން ގުޅިގެން އެކަތިގަނޑަކަށްވެގެން ވަރިގަދަ ސިޔާސީ ފިކުރެއްގެ ގޮތުގައި ކުރިއަށް ނެރުންކަމަށެވެ.

ކުރިން ދެ ޕާޓީއެއް އުފައްދަވަފައިވާ މައުމޫނު ވިދާޅުވީ ފުރުސަތު ލިބިވަޑައިގެންފިނަމަ އާ ސިޔާސީ ޕާޓީގެ މަގާމެއްވެސް ފުރުއްވަފާނެ ކަމަށެވެ. މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.

ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މައުމޫނަށް ތާއިރު ކުރައްވާ މެމްބަރުން، އިންތިޚާބުގައި އެމްއާރުއެމްގެ ނަމުގައި ވާދަ ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބައެއް ދާއިރާތަކަށް މައުމޫނުގެ ތާއިދާ އެކު ބޭފުޅުން ވާދަކުރައްވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް