Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގެ ރޮނގުން ބީއެމްއެލްއިން ޝަރަފްވެރި އެވޯޑް ހާސިލްކޮށްފި

17 ފެބުރުއަރީ 2019 | އާދީއްތަ 13:33

ބީއެމްއެލްގައި 99.5 އިންސައްތަ ދިވެހިން މަސައްކަތްކުރޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ފެބުރުއަރީ 2019 | އާދީއްތަ 13:33
ބީއެމްއިލް އެވޯޑާއި ހަވާލުވަނީ

ބީއެމްއިލް އެވޯޑާއި ހަވާލުވަނީ

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އިން ދޭ ޝަރުފުވެރި އެވޯޑް "އެކްސެލެންސް އިން ޓްރައިނިންގ އެންޑް ޑިވެލޮޕްމަންޓް: އޭން އޯވަރއޯލް އެވޯޑް ފޯރ ބެސްޓް ރިސަލްޓްސް ބޭސްޑް ޓްރެއިނިންގ" ބޭންކް އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި އެވޯޑް ބޭންކަށް ދީފައިވަނީ މުމްބާއީ ގައި ރޭ ބޭއްވި 6 ވަނަ ގްލޯބަލް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑްސް ހަފްލާގައެވެ.

މި ހަފްލާގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި އެވޯޑް ބީއެމްއެލް އަށް ދިނުމުގައި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށްޓަކައި ކޮންމެ މަހަކުވެސް ތާވަލްކޮށްގެން ތަމްރީން ދެވެމުންދެއެވެ.

އަދި މަސައްކަތްކުރާ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހިންގަމުންދާ 'ކިޔަވަމާ' ޕްރޮގްރާމާއި ދާދި ފަހުން ބޭންކިންގ ދާއިރާގެ އިތުރު އިލްމާއި ހުނަރު ބޭނުންވާ ބޭންކުގެ މުވައްޒަފުންނަށާއި އަމިއްލަ ފަރާތްތަކަށް ތައާރަފްކުރި 'ބީއެމްއެލް ރިވެލި' ޕްރޮގްރާމް ފާހަގަކުރެވެއެވެ.

ބީއެމްއެލް އިން ދަނީ މުވައްޒަފުން ބިނާކުރުމަށާއި ރަނގަޅު ކެރިއަރއެއް ހޯދައިދުނުމަށް ބޭނުންވާ ތަމްރީނާއި އެކަމަށް އެކަށޭނެ ވަޒީފާގެ މާހައުލެއް ގާއިމްކޮށްދެމުންނެވެ.

އަދި މީގެ އިތުރުން އަލަށް ގްރެޖުއޭޓްވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ އަހަރު ބޭންކުން ކުރިއަށް ގެންދަމުންދަނީ ކާމިޔާބުކަމާއެކުގައެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ މި އެވޯޑް ބީއެމްއެލް އަށް ލިބިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އެވޯޑުން ދައްކުވައިދެނީ މުވައްޒަފުން ކުރިއެރުވުމަށާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތައް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުންބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސް އިންވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި

19 އޮކްޓޯބަރު 2017
އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
21 ސެޕްޓެމްބަރު 2017

ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
31 ޖުލައި 2017

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
10 އެޕްރީލު 2017

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

10 އެޕްރީލު 2017
ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް