Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

ލޭޑީ ގާގާގެ އެންގޭޖްމަންޓް ރޫޅުނީތަ؟

ކެރީނޭ އާއި ގާގާ އެންގޭޖް ކުރިކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ފެބުރުއަރީ 2019 | އާދީއްތަ 03:42
ލޭޑީ ގާގާ އާއި ކްރިސްޓިއަން ކެރީނޭ

ލޭޑީ ގާގާ އާއި ކްރިސްޓިއަން ކެރީނޭ

އެމެރިކަން ސިންގަރ އަދި ސޯންގް ރައިޓަރ ލޭޑީ ގާގާ އާއި އޭނާގެ ލޯބިވެރިޔާ ކްރިސްޓިއަން ކެރީނޯ އެންގޭޖްކުރިތާ ހަތަރު މަސް ފަހުން އެންގޭޖްމަންޓް ރޫޅުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރަކުން އި ނިއުސްއަށް ބުނެފައިވަނީ މި ދެ މީހުން ބްރޭކަޕް ވެފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި ލޭޑީ ގާގާ އާއި އަލުން ގުޅެވޭތޯ ކެރީނޯ ވަރަށް ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެ ދެ މީހުން ވަކިވީ ކަމަށް ފޭނުންނަށް ބޮޑަށް ހީވެފައިވަނީ 2019 ގްރެމީސް އަށް ކެރީނޯ ނުދާތީ ކަމަށާއި އެވޯޑް ހަފްލާގައި ގާގާ އޭނާގެ އެންގޭޖްމަންޓް އަނގޮޓި އަޅާފައި ނުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން މަސްދަރަކުން ބުނެފައިވަނީ އެ ދެ މީހުން ވަކިނުވާ ކަމަށެވެ. ލޭޑީ ގާގާ އެ ހަފްލާގައި އެންގޭޖްމަންޓް ރިންގް އަޅާފައި ނުވަނީ ޕާރފޯމް ކުރަން ޖެހުމުން ކަމަށާއި އެ މީހުންގެ ކައިވެނީގެ ކަންކަން ލަސްކޮށްފައިވަނީ ގާގާ ބިޒީވުމުން ކަމަށެވެ. ނަމަވެސް މިއަހަރު ތެރޭގައި އެދެމީހުން ކައިވެނި ކުރާނެ ކަމަށް މަސްދަރުން ވަނީ ބުނެފައެވެ.

ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕަރފޯމަންސް އެވޯޑް- "ޝެލޯ" އަށް ލިބުމުން ދިން ސްޕީޗްގައިވެސް ގާގާ އޭނާގެ ލޯބިވެރިޔާގެ ނަން ފާހަގަކޮށްފައި ނުވުމުން އެކަން ވަނީ ފަލަސުރުޚީ ތަކަށް އަރާފައެވެ.

މި ޖޯޑު އެންމެ ފަހުން އެއްކޮށްފެނިފައި ވަނީ 2019 ސެގް އެވޯޑްސްގެ ރެޑް ކާޕެޓު އިވެންޓުންނެވެ. އެ އިވެންޓްގައި ގާގާ ވަނީ ކެރީނޯއާއި ދެމީހުން އެކުގައި އޭނާގެ އެންގޭޖްމަންޓް ރިންގް ފެންނަ ގޮތަށް ފޮޓޯއަށް ހުއްޓިފައެވެ.

ކެރީނޭ އާއި ގާގާ އެންގޭޖް ކުރިކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2018

ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!

18 އޯގަސްޓު 2018
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!
15 އޯގަސްޓު 2018

އެންމެ ފަހުން ޕްރިޔަންކާގެ އެންގޭޖްމަންޓް ރިންގް ދައްކާލައިފި

15 އޯގަސްޓު 2018
އެންމެ ފަހުން ޕްރިޔަންކާގެ އެންގޭޖްމަންޓް ރިންގް ދައްކާލައިފި
07 އޯގަސްޓު 2018

އެންގޭޖްމަންޓް ރިންގް ފޮރުވަން މަސައްކަތްކުރާތީ ޕްރިޔަންކާއަށް ފާޑުކިޔައިފި

07 އޯގަސްޓު 2018
އެންގޭޖްމަންޓް ރިންގް ފޮރުވަން މަސައްކަތްކުރާތީ ޕްރިޔަންކާއަށް ފާޑުކިޔައިފި
03 ޖެނުއަރީ 2018

ޕެރިސް ހިލްޓަންގެ އެންގޭޖްމަންޓް އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު

03 ޖެނުއަރީ 2018
ޕެރިސް ހިލްޓަންގެ އެންގޭޖްމަންޓް އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު
26 ޑިސެމްބަރު 2017

ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި

26 ޑިސެމްބަރު 2017
ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް ފޮޓޯތައް އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު