Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް

އެމްއެމް ޕީއާރުސީގެ ރިޕޯރޓްގައި އެމްޑީޕީން މަޖިލީހަށް ކުރިމަތި ލާފައިވާ މީހެއްގެ ނަމެއް ނުހިމެނޭ: ނަޝީދު

16 ފެބުރުއަރީ 2019 | ހޮނިހިރު 06:43

އެމްއެމްޕީއާރުސީން 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ދައުލަތަށް ވެފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 ފެބުރުއަރީ 2019 | ހޮނިހިރު 06:43
މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ)

މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ)

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ) ގެ ރިޕޯރޓްގައި ތުހުމަތު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޓިކެޓް ލިބިފައިވާ އެއްވެސް މީހެއްގެ ނަން ނުހިމެނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ތަފްސީލީ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާއިރު އެރިޕޯޓްގައި އެކުންފުނީގެ ޚިޔާނާތުގެ ފައިސާ ވަން ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ގިނަ ކެނޑިޑޭޓުންގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ވެސް ހިމެނެއެވެ

Advertisement - newsAdvertisement

ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ.

އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެންޑޯޒްކޮށްގެން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު (916.64 މިލިއަން ރުފިޔާ) ވަނީ ޖަމާ ކޮށްފައެވެ. މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓުން(85.581 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

"އެ ރަށްރަށާއި ފަޅުތަކުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތުގެ އެކައުންޓްތަކަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ޖަމާކޮށްފައި" އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުން އެނގޭ ގޮތުގައި ސ.ފޭދޫ، ބާނި، ޢަބްދުالله ރަޝީދު އަކީ އަމިއްލަ ފަރުދަކަށް އެސް.އޯ.އެފް މެދުވެރިކޮށް އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެންމެ ގިނަ އެމެރިކާ ޑޮލަރު ދީފައިވާ ފަރާތެވެ. އޭނާއަށް ހަތަރު މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. ޢަބްދުالله ރަޝީދުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު އެއްވެސް ވިޔަފާރިއެއް އޮންނަކަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މަޢުލޫމާތުން އެނގޭކަށް ނެތެވެ.

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރަށާއި ފަޅު ހިމެނޭގޮތަށް ޖުމުލަ 49 އެގްރީމެންޓްގެ ދަށުން 57 ތަނެއް ދޫކޮށްފައިވާއިރު، އޭގެ އިތުރަށް އޮފަރ ލެޓަރ ދޫކޮށް، ފައިސާގެ މުޢާމަލާތް ކޮށްފައިވާ 8 ތަނެއްގެ އެގްރީމެންޓް ހަދާފައެއް ނުވެއެވެ. ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ތެރެއިން އެގްރީމެންޓްއެއްގެ ދަށުން އެންމެ ފަހުން ދޫކޮށްފައިވަނީ 8 އޮކްޓޫބަރު 2015 ގައި ދޫކޮށްފައިވާ ފަޅެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް