Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާގެ ހަށިގަނޑު އާޖެންޓީނާއަށް ގެންގޮސްފި!

މިއަދުގެ ވަގުތެއްގައި ސަލާގެ ޖަނާޒާ ބާއްވާނެ

މިއުނާ ހަސަން
މިއުނާ ހަސަން | 16 ފެބުރުއަރީ 2019 | ހޮނިހިރު 05:31
އެމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާގެ ހަށިގަނޑު އޭނާގެ އުފަންގައުމަށް ގެންގޮސްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި ސަލާގެ ޖަނާޒާ ބޭއްވިގެން ދާނެއެވެ.

އޭނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ކާޑިފް ސިޓީގެ މެނޭޖާ ނެއިލް ވާރނޮކް ވެސް ބައިވެރިވާނެއެވެ.

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ. މި މަހުގެ ފަސް ވަނަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ހަރަދު ކުރުމަށް އޭނާގެ އޭޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.

ސަލާގެ ހަށިގަނޑު ފެނިފައި ވީނަމަވެސް ޖެޓް ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.

ޕައިލެޓް އިބޮސްޓޮންގެ އާއިލާއާ ހަވާލާދީ ރިޕޯރޓްތައް ބުނާ ގޮތުގައި ސަލާގެ ހަށިގަނޑު ފެނުމުން ސާޗް ހުއްޓާލުމުން އާއިލާ އަށް ކުރިމަތިވީ އިތުރު ހިއްދަތިކަމަކާއެވެ. އާއިލާއިން ބޭނުން ވަނީ އިބޮސްޓޮންގެ ހަށިގަނޑު ހޯދަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިބޮސްޓޮން ހޯދުމަށް އާއިލާއިން ހުޅުވާފައިވާ ފަންޑަށް ގިނަ އަދަދެއްގެ މީހުން އެހީތެރިވަމުންދާއިރު ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބަޕޭ ވަނީ 27،000 (ހަތާވިސް ހާސް) ޔޫރޯ ފަންޑަށް ދީފައެވެ. މި ނޫނަސް އިތުރު ފުޓުބޯޅަ ކުޅުންތެރިން ވަނީ ފަނޑަށް އެހީ ވެދީފައެވެ.

އިތުރަށް ކިޔާލަން

22 ޖޫން 2018

ވާރލްޑް ކަޕް: މޫސާގެ ލަނޑުތަކުން އާޖެންޓީނާއަށް އުއްމީދު

22 ޖޫން 2018
ވާރލްޑް ކަޕް: މޫސާގެ ލަނޑުތަކުން އާޖެންޓީނާއަށް އުއްމީދު
09 ޖޫން 2018

ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި

09 ޖޫން 2018
ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި
29 މެއި 2018

ލިވަޕޫލްއަށް ފަބީނިއޯ ގެންގޮސްފި

29 މެއި 2018
ލިވަޕޫލްއަށް ފަބީނިއޯ ގެންގޮސްފި
02 މެއި 2018

ރޭންޖާސްއާއެކު ޖެރާޑް މަޝްވަރާތައް ކުރިޔަށް ގެންގޮސްފި

02 މެއި 2018
ރޭންޖާސްއާއެކު ޖެރާޑް މަޝްވަރާތައް ކުރިޔަށް ގެންގޮސްފި
03 މާރިޗު 2018

މެސީ ހުރުމާ އެކު އާޖެންޓީނާއަށް ފުރުސަތު ބޮޑު: ގަލާޑޯ

03 މާރިޗު 2018
މެސީ ހުރުމާ އެކު އާޖެންޓީނާއަށް ފުރުސަތު ބޮޑު: ގަލާޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު