Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

މެސީ ހުރުމާ އެކު އާޖެންޓީނާއަށް ފުރުސަތު ބޮޑު: ގަލާޑޯ

އާޖެންޓީނާ ވަނީ ބައިނަލްއަގްވާމީ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ތިން އަހަރު ބަލިވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 މާރިޗު 2018 | ހޮނިހިރު 09:55
އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން މެސީ އުފާފާޅުކުރަނީ

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން މެސީ އުފާފާޅުކުރަނީ

މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދޭނީ ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ކަމަށް ރިވަރ ޕްލޭޓްގެ ކޯޗު މާސެލޯ ގަލާޑޯ ބުނެފިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރިއިރު އެ ޓީމުތަކުގައި ހިމެނުނު ގަލާޑޯ ހުނީ އެ ގައުމަކީ އަބަދުވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރާ ޓީމެއް ކަމަށެވެ. އޭނާ ބުނީ މިވަގުތު އާޖެންޓީނާއަށް ވުރެ މޮޅު ޓީމުތަކުގެ ގޮތުގައި ތިބީ އެންމެ ތިން ޓީމު ކަމަށެވެ. އެއީ ބްރެޒިލް އާއި ޖަރުމަނުގެ އިތުރުން ސްޕެއިން ކަމަށް އޭނާ ހާމަކުރިއެވެ.

އޭނާ ބުނީ އާޖެންޓީނާގެ ޓީމުގައި މެސީ ހުރުމާ އެކު އެ ގައުމަށް ވޯލްޑް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުވެގެންދާ ކަމަށެވެ. އެހެން ނަމަވެސް ކުރިން ބުނި ތިން ގައުމު ވެސް އެ މުބާރާތުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ގަލާޑޯ ހާމަކުރިއެވެ. މި ތިން ޓީމާއި އާޖެންޓީނާގެ ހުރި އެންމެ ބޮޑު ތަފާތަކީ މެސީ އެ ގައުމުގެ ފުރަތަމަ އެގާރާގައި މެސީ ކުޅުން ކަމަށާއި އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް މެޗުގެ ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ކޮށްދިނުމުގައި ވެސް މެސީ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން އެ ޓީމު ކޮލިފައިންގައި ކުޅުނު އެންމެ މުހިންމު އަދި އެންމެ ފަހު މެޗުގައި އޭނާ ހެޓްރިކެއް ހެދިއެވެ. ބާސެލޯނާއާއެކު ގިނަ ކާމިޔާބުތަކެއް މެސީ ހޯދި ނަމަވެސް ގައުމީ ޓީމާއެކު އޭނާއަށް އެ ކާމިޔާބުތައް ނުހޯދޭތީ ގިނަ ބަޔަކު މެސީއަށް ފާޑުކިޔައެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން ފައިނަލްއަކުން ބަލިވެފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމު ހިމެނިފައި ވަނީ މިއަހަރުގެ މުބާރާތުގައި ގްރޫޕް ޑީގައެވެ. އެ ޓީމުގެ އިތުރުން މި ގްރޫޕްގައި ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާގެ އިތުރުން ނައިޖީރިއާއެވެ. ދެކުނު އެފްރިކާގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނު އަތުން ބަލިވި އާޖެންޓީނާއިން ވަނީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މެސީ ވަނީ އެ ޓީމަށް 123 މެޗު ކުޅެދީ 61 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވާއިރު ގައުމީ ޓީމާއެކު އޭނާއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު