Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މޫސާގެ ލަނޑުތަކުން އާޖެންޓީނާއަށް އުއްމީދު

22 ޖޫން 2018 | ހުކުރު 20:32

ނައިޖީރިއާއިން ވަނީ 2-0 އިން އައިސްލޭންޑް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ޖޫން 2018 | ހުކުރު 20:32
ނައިޖީރިއާގެ ލަނޑުތައް ޖެހި އަހުމަދު މޫސާ - އޭނާ ވަނީ މިހާތަނަށް ވާރލްޑް ކަޕްގެ ތަރީހުގައި ހަތަރު ލަނޑު ޖަހާފައި

ނައިޖީރިއާގެ ލަނޑުތައް ޖެހި އަހުމަދު މޫސާ - އޭނާ ވަނީ މިހާތަނަށް ވާރލްޑް ކަޕްގެ ތަރީހުގައި ހަތަރު ލަނޑު ޖަހާފައި

ފީފާ ވާރލްޑް ކަޕްގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ނައިޖީރިއާއިން ކާމިޔާބުކުރުމާއެކު ދެވަނަ ބުރަށް ދިޔުމަށް އާޖެންޓީނާއަށް ފުރުސަތު ބޮޑުވެއްޖެއެވެ.

ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާއި އެއްވަރުކުރި އައިސްލޭންޑް ވަނީ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑް އަތުން ބަލިވި ނައިޖީރިއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އައިސްލޭންޑް އަދި ނައިޖީރިއާގެ މެދުގައި މީގެކުރިން މެޗެއް ކުޅެފައިވަނީ 1981 ވަނަ އަހަރުއެވެ. އެފަހަރުގެ މެޗު 3-0 އިން ކާމިޔާބުކުރީ އައިސްލޭންޑެވެ. މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގައި ނައިޖީރިއާ ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު މޮޅުވެފައިވާ ފަސް މެޗުން ވެސް މޮޅުވެފައިވަނީ ޔޫރަޕުގެ ޓީމުތަކާއި ވާދަކޮށެވެ. ފުރަތަމަ މެޗުގައި ކުޅުނު ތިން ކުޅުންތެރިޔަކު ނައިޖީރިއާގެ ފުރަތަމަ އެގާރައިން ފެނިފައިނުވާއިރު އައިސްލޭންޑްގެ ފުރަތަމަ އެގާރައިން ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ނައިޖީރިއާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އަހުމަދު މޫސާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖެހީ ވިކްޓަރ މޯސެސް ނަގައިދިން ހުރަހަކުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި މޫސާ ފޮނުވާލި ހަމަލާއެއް އައިސްލޭންޑްގެ ހުރަސް ދަނޑީގައި ޖެހުނުއިރު އެޓީމުގެ ދެވަނަ ލަނޑު މޫސާ ޖެހީ އޭގެ މިނެޓެއް ފަހުންނެވެ.

މި ލަނޑަށްފަހު އައިސްލޭންޑުން ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ގިލްފީ ސިގާޑްސަން މި ޕެނަލްޓީ ޖެހީ ބޭރަށެވެ.

ވާރލްޑް ކަޕްގައި ނައިޖީރިއާ އެންމެފަހުން ޖެހި ހަތަރު ލަނޑު ވެސް މޫސާ ޖެހިއިރު އޭނާއަކީ އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ގްރޫޕް ޑީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ނައިޖީރިއާއެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު އެއް ޕޮއިންޓާއެކު އޮތް އާޖެންޓީނާއަށް ލަނޑުގެ ތަފާތުން ލިބެނީ ހަތަރުވަނަ މަގާމެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި ކްރޮއޭޝިއާއިން އައިސްލޭންޑް ބަލިކޮށް ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ އާޖެންޓީނާއެވެ. އައިސްލޭންޑް އަދި އާޖެންޓީނާ ވެސް މޮޅުވެއްޖެނަމަ ބަލާނީ ލަނޑުގެ ތަފާތަށެވެ. ނައިޖީރިއާއަށް ދެވަނަ ބުރަށް ސީދާ ދެވޭނީ އާޖެންޓީނާ ބަލިކޮށްގެންނެވެ. އެއްވަރުވެއްޖެނަމަ އައިސްލޭންޑުން ނެރޭ ނަތީޖާއަކަށް ނައިޖީރިއާ ބަލަން ޖެހޭނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް