Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ

'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ'ގެ ތަރިންނާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

މިފިލްމު ރިލީޒްކޮށްފައިވަނީ ޖެނުއަރީ 11 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ފެބުރުއަރީ 2019 | ހުކުރު 13:16
ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރގެ ޕޯސްޓަރެއް

ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރގެ ޕޯސްޓަރެއް

'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގިނަ ބަޔަކު ފާޑުކިޔާފައުވާއިރު، މިފިލްމުގެ ތަރިންނާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

މި ފިލްމާއި ދެކޮޅަށް ލޯޔަރު ސުދިރު ކުމާރު ވަނީ މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނޭ އަނޫޕަމް ޚޭރުއާއި، އަކްޝޭ ކަންނާގެ އިތުރުން އިތުރު 12 މީހަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

މިފަރާތްތަކާއި ދެކޮޅަށް މައްސަލަ ހުށަހެޅީ މިފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގއާއި އަދި ސިޔާސީ އެކި ފަރާތްތަކުގެ ނުރަނގަޅު ކަންކަން ދައްކުވައިދީފައިވާތީއެވެ. އަދި މިކަމުން މުޖުތަމައުގެ ތެރޭގައި ތަފާތު މައްސަލަތައް ކުރިމަތިވެފައިވާތީއެވެ.

ޖެނުއަރީ 11 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު މިއީ 2004 ވަނަ އަހަރުން ފެށިގެން 2014އިގެ ނިޔަލަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މަންމޯހަން ސިންގްގެ ބައޮގްރަޕީގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގައި މަންމޯހަން ސިންގްގެ ރޯލުން ފެނިގެންދާ އަނޫޕަމް ކޭރު ވަނީ އޭނާގެ ކުރިއަށް އޮތް މިފިލްމާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ވަނީ އާންމުންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ.

ވިޖޭ ރަތްނަކަރު ޖުއްޓޭ ޑައިރެކްޓަރކުރާ މި ފިލްމުގައި އަކްޝޭ ކަންނާ ފެނިގެންދާނީ ބޮޑު ވަޒީރުގެ މީޑިޔާ އެޑްވައިޒަރުގެ ގޮތުގައެވެ. އަދި ދިވްޔާ ސޭތް ޝާޙް ފެނިގެންދާނީ އަނޫޕަމް އަންހެނުންގެ ރޯލުންނެވެ.

މިފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު 4.50 ކްރޯރް ރުޕީސް ލިބިފައިވާއިރު، ޖެނުއަރީ މަސް ނިމުނުއިރު 31 ކްރޯރް ރުޕީސްވަލީ ލިބިފައެވެ. މިއީ 30 ކްރޯރް ރުޕީސްގެ ބަޖެޓަކުން ތައްޔާރުކުރި ފިލްމެކެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2020

މަލާލާގެ ހަޔާތުގެ މައްޗަށް ހެދި ''ގުލް މަކާއި''ގެ ޑައިރެކްޓަރާ ދެކޮޅަށް ފަތުވާއެއް

30 ޖެނުއަރީ 2020
މަލާލާގެ ހަޔާތުގެ މައްޗަށް ހެދި ''ގުލް މަކާއި''ގެ ޑައިރެކްޓަރާ ދެކޮޅަށް ފަތުވާއެއް
03 ޖެނުއަރީ 2019

'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ': ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެއް

03 ޖެނުއަރީ 2019
'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ': ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެއް
07 ނޮވެމްބަރު 2018

ޒީރޯ އާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

07 ނޮވެމްބަރު 2018
ޒީރޯ އާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި
06 ޖޫން 2018

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018
ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް
25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު