Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންތަނި ޑޭވިސް

ޕެލިކަންސްގެ ކުޅުންތެރިޔާ އެންތަނީ ޑޭވިސްއަށް އަނިޔާވެއްޖެ

އަނިޔާ ވެފައި ވަނީ ވާތު ކޮނޑަށް

މިއުނާ ހަސަން
މިއުނާ ހަސަން | 15 ފެބުރުއަރީ 2019 | ހުކުރު 12:49
އެންތަނީ ޑޭވިސް - އަނިޔާވެފައިވަނީ ވާތު ކޮނޑަށް

އެންތަނީ ޑޭވިސް - އަނިޔާވެފައިވަނީ ވާތު ކޮނޑަށް

ޕެލިކަންސްގެ ތަރި އެންތަނީ ޑޭވިސްއަށް އަނީޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ވާތު ކޮނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ޑޭވިސް އިތުރަށް މެޗުގައި ކުޅެފައެއްނުވެއެވެ.

ޑޭވިސް ގެ ކޮނޑަށް އަނިޔާވެފައިވާކަން ޕެލިކަންސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އަނިޔާވެގެން ފޭބުމުގެ ކުރިން ޑޭވިސް ވަނީ ކުޅުނު 16 މިނެޓުތެރޭ 14 ޕޮއިންޓް ޓީމަށް ހޯދައިދީ، ހަތަރު ރީބައުންޑް ނަގައިދީ އަދި ދެ އެސިސްޓް ކޮށްދީފައެވެ.

ޑޭވިސް ވަނީ ނިމިގެންދިޔަ ޖަނަވަރީ މަހު އަތުގެ އިނގިއްޔަކަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފައެވެ. އަނިޔާގާ ހުރުމުން އޭރު އޭނާއަށް ވަނީ އަށް މެޗު ގެއްލިފައެވެ.

ޑޭވިސްގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވަނިކޮށް ނިއު އޯލިންސް ޕެލިކަންސްއާ އެކު އިތުރަށް ހުންނަން ބޭނުންނުވާ ކަމަށް ޑޭވިސް މީގެ ކުރިން ވަނީ ބުނެފައެވެ.

ޓްރާންސްފާ މާކެޓްގައި ލޭކާސް، މިލްވޯކީ ބަކްސް އަދި ޓޮރޮންޓޯ ރެޕްޓޯސް ވަނީ ޑޭވިސްއަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ޓީމަކާ އެއްކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

ޖެނުއަރީ މަހު 28 ވަނަ ދުވަހު ޑޭވިސް ވަނީ އިތުރަށް ޕެލިކަންސް އަށް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ އަމިއްލަ ގޮތުން އެހެން ޓީމެއް ހޯދުމަށް ހުށައަޅާފައެވެ. ޑޭވިސްގެ މިއަމަލާ ގުޅިގެން ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ 50،000 (ފަންސާސް ހާސް) ޑޮލަރުން ޑޭވިސް ޖޫރިމަނާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު