Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖެނިފަރ އެނިސްޓަން - ބްރެޑް ޕިޓް

ޖެނިފަރ އެނިސްޓަންގެ 50ވަނަ އުފަން ދުވަހުގެ ޕާޓީއަށް ބްރެޑް ޕިޓް ދިއުމުން ފޭނުންގެ ހިތްތެޅެން ފަށައިފި

ޖެނިފަރގެ 50 ވަނަ އުފަން ދުވަހުގެ ޕާޓީ ބާއްވާފައިވަނީ ހޯމަ ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2019 | ބުދަ 11:36
ޖެނިފަރ އެނިސްޓަން

ޖެނިފަރ އެނިސްޓަން

އެމެރިކާގެ މަޝްހޫރު ފިލްމީ އަދި ޓީވީ ތަރި ޖެނިފަރ އެނިސްޓަންގެ 50 ވަނަ އުފަން ދުވަސް ހޯމަ ދުވަހު ފާހަގަކޮށްފައިވާއިރު، ޕާޓީއަށް އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ދިއުމުން ދެ މީހުންގެ ފޭނުންތަކުގެ ހިތްތެޅެން ފަށައިފިއެވެ.

ހޮލީވުޑްގެ މަޝްހޫރު ހާޓްތްރޮބާއި 'ފްރެންޑްސް' ޝޯވއިން މަޝްހޫރުވި "އެމެރިކާސް ސްވީޓްހާޓް" ކައިވެނި ކުރީ 2000 ވަނަ އަހަރެވެ. އަދި މި ދެ މީހުން ހޮލީވުޑްގެ "އިޓް ކަޕްލް" އަށް ވެ، އެ މީހުން އަޅާ ހުރިހާ ފިޔަވަޅެއް ޕަޕަރާޒީން ނަގަން ފެށިއެވެ. ނަމަވެސް، 2005 ވަނަ އަހަރު ދެ މީހުންގެ ކައިވެނި ރޫޅިގެން ދިޔައީ ބްރެޑްގެ "މިސްޓަރ އެންޑް މިސިސް ސްމިތް" ފިލްމަށް ފަހުއެވެ. މި ފިލްމްގެ މައި ރޯލްގައި ފެންނަނީ ބްރެޑް ޕިޓާއި މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއެވެ. ފިލްމްގެ ޝޫޓިންގގެ ތެރޭގައި ޖެނިފަރ އާއި ބްރެޑްގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ވާހަކަ ފެތުރެން ފެށިއެވެ. އަދި އެއީ އެންޖެލީނާގެ ސަބަބުން ކަމަށް ރިޕޯޓްތައް ފެތުރުނު ނަމަވެސް، ދެ މީހުން ވެސް އެ ވާހަކަތެއް ދޮގުކުރިއެވެ.

ޖެނިފަރ އާއި ބްރެޑް 2005 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަކިވާން ނިންމިއިރު، އެ އަހަރުގެ އޭޕްރިލް މަހު އެންޖެލީނާގެ ދަރިފުޅު މެޑޮކްސްއާ އެކު އެންޖެލީނާ އާއި ބްރެޑް، ކެންޔާ އަށް ދަތުރުކުރިއެވެ.

އެހާ ހިސާބުން "ޓީމް އެނިސްޓަން" އާއި "ޓީމް ޖޯލީ" އެފެދުނެވެ. އަދި ދެ ތަރިންގެ ފޭނުން "އުމުރަށް" ޓީމެއް ނެގިއެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަސް އެކުގައި އުޅުމަށް ފަހު އެންޖެލީނާ އާއި ބްރެޑް ވަރިވެފައި ވަނީ 2016 ވަނަ އަހަރެވެ. ޖެނިފަރ ވެސް އެހެން މީހުންނާ ރަށްޓެހިވެފައިވާއިރު، އޭނާ އާއި ފިރިމީހާ، ފިލްމީތަރި ޖަސްޓިން ތަރޯ 2018 ވަނަ އަހަރު ވަރިވިއެވެ.

ދެ މީހުން ވެސް އަނެއްކާ ސިންގަލް ވުމަށްފަހު ބްރެޑް ޖެނިފަރއަށް ގުޅާ ކުރިން ކަންތައް ކުރެވުނު ގޮތާ މެދު މައާފަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ކަމާ ގުޅޭ އެއްވެސް ވާހަކައެއް ދެ ތަރިން ދައްކާފައެއް ނުވެއެވެ.

ޖެނިފަރ އެނިސްޓަން އާއި ބްރެޑް ޕިޓް

އެހެންކަމުން، ޖެނިފަރގެ އުފަން ދުވަހުގެ ޕާޓީއަށް ބްރެޑް ދިއުމުން ފޭނުން ދިޔައީ ސިއްސައިގެންނެވެ. ވެސްޓް ހޮލީވުޑްގައި ހުންނަ ސަންސެޓް ޓަވަރގައި އޮތް މި ޕާޓީއަށް ބްރެޑް ގޮސްފައި ވަނީ ވަރުގަދަ ސެކިއުރިޓީއަކާއެކު އެވެ. އަދި ޕާޓީ ތެރޭ ސޯޝަލް މީޑިއާ ބޭނުން ނުކުރުމަށް ޖެނިފަރވަނީ އެދިފައެވެ. އެހެންކަމުން ބްރެޑްގެ ސާފު ފޮޓޯއެއް ލިބިފައެއް ނުވެއެވެ.

ޖެނިފަރގެ 50 ވަނަ އުފަން ދުވަހުގެ ހަފްލާއަށް ބްރެޑް ދިއުމުން ދެ މީހުން އަނެއްކާ އެކުގައި ފެންނާނެކަމަށް ފޭނުންދަނީ އުންމީދު ކުރަމުންނެވެ.

މި ހަފްލާއަށް ދިޔަ އެހެން ތަރިންގެ ތެރޭގައި 'ފްރެންޑްސް'ގައި ޖެނިފަގެ ކޯ-ސްޓާރުން ކަމަށްވާ ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ، ރީސް ވިދަރސްޕޫން، އެލެން ޑިޖެނެރަސް، ޕޯޝާ ރޮސީ، ބާބަރާ ސްޓްރައިސެންޑް، ޑެމީ މުއަރ، ލޯރާ ޑަރން، ރޮބަޓް ޑައުނީ ޖޫނިއަރ، ކޭޓް ހަޑްސަން އަދި ބްރެޑްގެ ކުރީގެ ލޯބިވެރިއެއްކަމަށްވާ ގްވިނެތު ޕަލްޓްރޯ ހިމެނެއެވެ. މީގެ އިތުރުން، ބްރެޑްގެ ވެސް ގާތް އެކުވެރިއެއް ކަމަށްވާ ޖޯޖް ކްލޫނީ އާއި އޭނާގެ އަނބިމީހާ އަމާލް ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

ފައިލް ފޮޓޯ: ޖޯޖް ކްލޫނީ، ޖެނިފަރ އެނިސްޓަން އަދި ބްރެޑް ޕިޓް

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި، ޕާޓީގައި ބްރެޑް ގިނަ ވަގުތު ހޭދަ ކުރީ ޖޯޖް އާއި އަމާލްއާ އެކުގައެވެ.

ބްރެޑް ޖެނިފަރގެ ޕާޓީއަށް ގޮސްފައިވާއިރު، އޭނާގެ ކުރީގެ ފިރިމީހާ ޖަސްޓިން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
"މީ ލޯތްބަކީ"  ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

"މީ ލޯތްބަކީ" ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

10 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު