Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑްގެ އާއްމު އިންތިޚާބު

އަމީރާގެ ނަން ހުށައެޅުއްވި މައްސަލައިގައި ތައި ރަކްސާ ޕާޓީ އުވާލަން ހުށައަޅައިފި

13 ފެބުރުއަރީ 2019 | ބުދަ 11:31

ތައި ރަކްސާ ޕާޓީ އުވާލަން ހުށައެޅީ އިންތިހާބުތަކާއި ބެހޭ ގާނޫނާ އެ ޕާޓީން ހިލާފުވެފައިވުމުން

އަމަން ހަލީމް
އަމަން ހަލީމް | 13 ފެބުރުއަރީ 2019 | ބުދަ 11:31
ތައި ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރު ކަމަށް އަމީރާ އުބޮލްރަތަނާގެ ނަން ހުށައަޅަނީ

ތައި ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރު ކަމަށް އަމީރާ އުބޮލްރަތަނާގެ ނަން ހުށައަޅަނީ

ބޮޑުވަޒީރުކަމަށް އަމީރާ އުބޮލްރަތަނާގެ ނަން ހުށައެޅުއްވި މައްސަލައިގައި ތައި ރަކްސާ ޕާޓީ އުވާލަން ތައިލެންޑުގެ އިލެކްޝަންސް ކޮމިޝަނުން އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށައަޅައިފިއެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ތައި ރަކްސާ ޕާޓީ އުވާލަން ހުށައެޅީ އިންތިހާބުތަކާ ބެހޭ ގާނޫނާ އެ ޕާޓީން ހިލާފުވެފައިވުމުން ކަމަށެވެ. މި އަމަލަކީ އެ ގައުމުގެ ގާނޫނު އަސާސީއަށް ކުރިމަތި ކުރުވި ނުރައްކަލެއް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ ދެ ދުވަސް ކުރިން ތައި އިލެކްޝަންސް ކޮމިޝަނުން އުބޮލްރަތަނާގެ ނަންފުޅު އުނިކުރަން ނިންމީ، އެކަމަނާ އިންތިހާބުގައި ވާދަކުރެއްވުން ބަލައެއް ނުގަނެވޭނެ ކަމަށް ތައިލެންޑުގެ ރަސްގެފާނު އަދި އެކަމަނާގެ ބޭބޭފުޅު މަހާ ވަޖިރަލޮންކޯރން ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ނަން އުނިކުރުމުގެ ކުރިން ތައި ރަކްސާ ޕާޓީ އިން ވެސް ވަނީ ރަސްގެފާނު ނުރުހުން ފާޅުކުރެއްވުމުން، އެ ކަމަނާގެ ނަން އަނބުރާ ގެންދަވާފައެވެ.

މި މައްސަލައާ ގުޅިގެން އަމީރާ އުބޮލްރަތަނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަންގާރަ ދުވަހު އުބޮލްތަރަނާގެ އިންސްޓަގްރާމް ޕޭޖްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ކަމަނާ ނިކުންނެވީ ހެޔޮ ހިތުން ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފެންމަތިވީ މައްސަލަތައް އެއީ މި ޒަމާނުގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމުގައި ވެސް އަމީރާ ވިދާޅުވިއެވެ.

ތައި ރަކްސާ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފެށުމާ ގުޅިގެން ކުރިޔަށް އޮތް އާއްމު އިންތިހާބު ސައްހަ ވެދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ތައި ރަކްސާ ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަތްރާ އަދި އޭނާގެ ކޮއްކޯފުޅު ޔިންގލަކް ޝިނަވަތްރާއާ ގުޅުން ހުރި ސިޔާސީ ޕާޓީއެކެވެ.

ތައިލެންޑުގެ ކުރިޔަށް އޮތް އާންމު އިންތިހާބު ވެގެން ދާނީ، ފަސް އަހަރުގެ އަސްކަރީ ވެރިކަމަށް ފަހު، އެ ގައުމުގައި ބޭއްވޭ ފުރަތަމަ އިންތިހާބަށެވެ. މި އިންތިހާބު ވެގެން ދާނީ އަލުން ޑިމޮކްރަސީ އަށް ގައުމު ރުޖޫއަކުރަން ލިބޭ ރަނގަޅު ފުރުސަތަކަށް ކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި އިންތިހާބުގައި އަސްކަރީ ބަޢާވާތުގެ ވެރިޔާ އަދި ކުރީގެ ސިފައިންގެ ޖެނެރަލް ޕްރަޔުތް ޗަން-އޫޗާ ވެސް ކުރިމަތިލައްވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
27 ފެބުރުއަރީ 2017

ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި

27 ފެބުރުއަރީ 2017
ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް