Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަރްހާން އަޚްތަރު

ފަރްހާން އަޚްތަރާއި ޝިބާނީ ކައިވެނި ކުރަނީ؟

ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ ޖޫންމަހު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ފެބުރުއަރީ 2019 | ބުދަ 03:47
ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރު

ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރު

މަޝްހޫރު ޑައިރެކްޓަރ އަދި އެކްޓަރ ފަރްހާން އަޚްތަރު ކައިވެނި ކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިިފި އެވެ.

ދާދި ފަހުން ފަރުހާން ރައްޓެހިވެގެން އުޅޭ ކަމަށް ސޯޝަލް މީޑިޔާގައި އާއްމުކޮށްފައިވަނީ ޝިބާނީ ޑަންޑޭކަރު އާއި އެވެ. ދެ މީހުން އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އިންސްޓަރގްރާމުގައި ޕޯސްޓްކޮށްފައި ހުރެއެވެ. އެގޮތުން ފަރުހާނު ކޮށްފައިވާ ޕޯސްޓަކަށް ޝިބާނީ ވަނީ އޭނާވެސް ދެން އެންމެ ކުރާ ހިތްވާ ކަމަކީ ކައިވެނިކުރުން ކަމަށް ބުނެފައެވެ. އެހެންކަމުން މިދެތަރިންގެ ކައިވެނި ވަރަށް އަވަހަށް ކުރެވިގެންދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ޝިބާނާއަށް ވުރެ ކުރިން އޭނާގެ ކޮއްކޮ އަޕެކްޝާގެ ކައިވެނީގެ ފޮޓޯއަށް ކޮމެންޓް ކުރަމުން ޝިބާނީ ބުނެފައިވަނީ ކައިވެނިކުރާނެ ކަމަށް އުއްމީދުކުރަނީ އަންނަ ސަމާރގެ ތެރޭގައި ކަމަށެވެ.

މިކަމާއި ގުޅިގެން ރަސްމީކޮށް އަދި ވަކިއެއްޗެއް ފަރުހާންވެސް ޝިބާނީވެސް ބުނެފައެއް ނުވެއެވެ.

ފަރްހާން އަހްތަރުގެ 16 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވަނީ އޭޕްރިލް 2017 ވަނަ އަހަރުގައެވެ. އޭނާގެ ކުރީގެ އަންހެނުން އަދްނާ ބަބާނީގެ ކައިވެނި ނިމުމަކަށް އައިސްފައި ވަނީ ދެ މީހުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހި، އެކަންކަން ހައްލު ނުވެ އެންމެ ފަހުން ވަކިވާން ދެ މީހުން އަމިއްލަ އަށް ނިންމުމާ ގުޅިގެންނެވެ.

ފަރްހާނަކީ މަޝްހޫރު ޅެންވެރިޔާ އަދި ސްކްރީން ރައިޓަރު ޖާވިދް އަހްތަރުގެ ދަރިއެކެވެ. ފަރްހާންގެ މައިންބަފައިންގެ ކައިވެނި ވެސް ރޫޅިފައިވާ އިރު، އޭނާގެ ބައްޕަ މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ޝަބާނާ އަޒްމީ އާ އެވެ.

ފަރްހާން އާއި އަދްނާގެ ކައިވެނި ރޫޅުނު އިރު އެ ދެ މީހުންނަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

ވަރިޔަށް ފަހު ދަރިން ތިބޭނެ ކަމަށް ކޯޓުން ނިންމާފައިވަނީ އަދޫނާ ކައިރި އެވެ. އަދި ފަރްހާން ބޭނުން ކޮންމެ އިރަކު އޭނާގެ ދެކުދިންނާ ބައްދަލުކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"

14 ފެބުރުއަރީ 2017
ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު