Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑެންގީ ހުން

މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 107 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

ޑިސެމްބަރުން ފެށިގެން ޑިންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2019 | އަންގާރަ 08:51
މަދިރި ކޮންޓްރޯލްކުރާ ބޭސް ޖަހަނީ

މަދިރި ކޮންޓްރޯލްކުރާ ބޭސް ޖަހަނީ

ފެބްރުއަރީ މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 107 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލެއް ވިދާޅުވީ ޑިސެމްބަރު މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޑިސެމްބަރު މަހު މާލެ ސަރަހައްދުން އެކަނި ވެސް 237 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އަތޮޅުތަކުން 321 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހު މާލެ ސަރަހައްދުން 194 ކޭސް ރިޕޯޓު ކޮށްފައިވާއިރު، އަތޮޅު ތެރެއިން 322 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަހުގެ މިހާތަނަށް މާލެ ސަރަހައްދުން 16 ކޭސް ރިޕޯޓްކޮށްފައިވާއިރު، 91 ކޭސް އަތޮޅުތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޑެންގީ ހުމުގެ ކޭސް އެންމެ ގިނައިން ފެންނަނީ މާލެ ސަރަހައްދުން ކަމަށާއި، އަތޮޅު ތެރޭގެ ރަށްރަށުން އަލަށް ޑެންގީ ހުން މިފަހަރު ފެނިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ. އަތޮޅާއި، ބ. އަތޮޅުން ކަމަށެވެ. ފ. ފީއަލީގެ ޑެންގީ ހުމުގެ ހާލަތަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ މި ފާއިތުވެދިޔަ އަހަރުތަކުގައި ފީއަލީގައި ޑެންގީ ހުން މާބޮޑަށް ފެތުރިފައިނުވާ ކަމަށާއި، މިއަހަރު ޑެންގީ ހުން މާބޮޑަށް ފެތުރުނީ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދާ ހަމައަށް ފީއަލިން ޑެންގީ ހުމަށް 12 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އިތުރުފަރުވާއަށް މާލެ ގެނެވުނު ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޑެންގީ ހުން ފެތުރެމުންދާއިރު، މި ހުމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ގޯތި ތެރެއާ ރަށުތެރެ ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލަން ޖެހޭ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މަދަރި ކޮންޓްރޯލް ކުރުމަށް ފޮގް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު