Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާ - ރާއްޖެ

ލަންކާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެ ގައުމަށްވެސް ބޭނުން ކުރެވެން އެބަ ޖެހޭ: ނަޝީދު

ރާއްޖޭ މީހުންނަށް ލަންކަ ދެނެ ފަރިތަ ކަމަށް ރައީސް ނަޝީދު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 12 ފެބުރުއަރީ 2019 | އަންގާރަ 01:44
ލަންކާގެ މިނިވަން ދުވަހުގެ ހަފްލާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ލަންކާގެ މިނިވަން ދުވަހުގެ ހަފްލާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ލަންކާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެ ގައުމަށްވެސް ބޭނުން ކުރެވޭނެ ގޮތެއް ހޯދެން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ލަންކާ ވަރަށް ރަނގަޅަށް އެނގި ދަސްވެފައިވާ ކަމަށެވެ. ހަމަ އެއާއި އެކު ރާއްޖެއާއި ލަންކާއާ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
''އަހަރުމެން އެބަޖެހޭ ސްރީލަންކާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެ ގައުމަށްވެސް ބޭނުން ކުރެވޭ ގޮތެއް ހޯދަން. އެބަ ޖެހޭ ދެ ގައުމުގެ މަސްވެރިންނަށް ވެސް ރަނގަޅު މާކެޓެއް ހޯދަން. އެމީހުން ވެސް (ލަންކާ މަސްވެރިން) ބާނަ މަސް މިތާގައި (ރާއްޖޭ) ގައި ވިއްކޭ ގޮތްވާން ޖެހޭ. އަހަރުމެން ވެސް އެބަޖެހޭ ބާނަ މަސް ވިއްކޭ ގޮތް ހަދަން އެބަޖެހޭ، ވެއްލަވައްތާގައި ނޫނީ ކޮލަމްބޯގައި ވެސް'' ނަޝީދު ވިދާޅުވިއެވެ.

ދެގައުމުގެ ދޭތެރޭގައި ކިތަންމެ ގިނަ ހުރަސްތަކެއް ހުއްޓަސް ދެގައުމު މަސައްކަތް ކުރަން ޖެހޭނީ އެކަތިގަނޑަކަށް ވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ވޯކް ޕާމިޓް، ވަޒީފާގެ ފުރުސަތު އަދި ވިސާގެ މައްސަލަތަކަކަށް ވިޔަސް އެ ހުރިހާ ކަމެއްވެސް ހައްލުކޮށް، އަމާޒަކަށް ވާންވާނީ އެކަތިގަނޑަކަށް މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކަށް ލަންކާގެ ހިއްސާ ބޮޑުކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މަޖީދީއްޔާ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލަކީ ވެސް ލަންކާ އަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށްވެސް ލަންކާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ނަޝީދު ވަނީ ފާހަގަ ކޮށްފައެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ގައި ލަންކާގެ ހިއްސާ ބޮޑުކަމަށެވެ.

''ރާއްޖޭގެ ރިސޯޓުތަކުގެ 15 ޕަސެންޓް ހިއްސާ ކުރަނީ ލަންކާގެ ކުންފުނިތަކުން. ރާއްޖެއިން އެކަމަށް މަރުހަބާ ކިޔަން ... އަހަރުމެން ބޭނުން އެމީހުން ރާއްޖޭގައި ރަނގަޅު ވިޔަފާރި ކުރުން،'' ނަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔަ ވިދާޅުވީ، ސްރީލަންކާ މީހުން ރާއްޖޭގައި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، ދިވެހިންގެ ފަރާތުން ރަނގަޅު މެހްމާންދާރީއެއް ލިބެމުންދާ ކަމަށެވެ.

''ފާހަގަވޭ ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ މީހުންގެ އަދަދު އިތުރުވަމުންދާ ކަން. އަހަރެން ދެކޭ ގޮތުގައި އެ އަދަދު އިތުރުވެފައި ވަނީ އެމީހުންނަށް ރާއްޖޭގައި މަސައްކަތްކުރަން ފަސޭހަތަކެއްވާތީ'' ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެތައް ބަޔަކު ލަންކާގައި އުޅެމުންދާއިރު، އެމީހުންގެ ދެވަނަ ވަޒަނެއްގެ ގޮތުގައި ލަންކާ ބަލައިގަންނާތީވެ އެކަމާއި މެދު އުފާކުރާ ކަމަށާއި، ދެ ގައުމުގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުން ކަމަށް ތޮރަޑެނިޔަ ވިދާޅުވިއެވެ.

ރާއްޖޭއިން ބޭރުގައި ރާއްޖޭ މީހުން އެންމެ ގިނައިން އުޅޭ ގައުމަކީ ސްރީ ލަންކާއެވެ. އެ ގައުމުގައި ތޭރާހާސް ދިވެހިން ދިރިއުޅެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު